logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލެ ހޮސްޕިޓަލްގައި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
4 އޯގަސްޓު 2025 - 11:47
ހުޅުމާލެ ހޮސްޕިޓަލްގައި މެޑިކަލް އިންޓާންޝިޕް ފަށައިފި

ހުޅުމާލެ ހޮސްޕިޓަލްގައި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ހޯމަ ފަށައިފައެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން މިއަދު އެ ހޮސްޕިޓަލްގައި އޮރިއެންޓޭޝަން ޕްރޮގްރާމެއް ބޭއްވުނު ކަމަށް ހެލްތް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޑޮކްޓަރުކަމުގެ ދާއިރާއިން ތަމްރީނު ހޯދުމަށް ކޮންމެހެން ބޭނުންވާ މި މުހިންމު ޕްރޮގްރާމަކީ ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނަށް ޑޮކްޓަރުކަމުގެ ފާސް ހޯދުމަށް ކޮންމެހެން ފުރިހަމަކުރަންޖެހޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފުރިހަމަކުރުމަކީ ޑޮކްޓަރުކަމުގެ ފާސް ލިބުމުގެ އަސާސީ ޝަރުތެކެވެ.

މާލެ ސަރަހައްދުގައި މިހާރު މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ކުރިއަށްދަނީ ތިން ހޮސްޕިޓަލެއްގައެވެ. އެއީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)، އޭޑީކޭ ހޮސްޕިޓަލް އަދި އަލަށް މި ޕްރޮގްރާމް ފެށުނު ހުޅުމާލެ ހޮސްޕިޓަލެވެ. އަދި އަތޮޅުތެރޭގައި މިފަދަ ޕްރޮގްރާމެއް ފުރަތަމަ ފަހަރަށް ފަށާފައިވަނީ މިދިޔަ މަހު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައެވެ.

ޞިއްޙީ ދާއިރާގެ މާހިރުން ފާހަގަކުރާ ގޮތުގައި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް އިތުރު ހޮސްޕިޓަލްތަކުގައި ފެށުމަކީ ޞިއްޙީ ދާއިރާގެ ކުރިއެރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. މީގެ ސަބަބުން ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނަށް އިންޓާންޝިޕް ފުރިހަމަކުރުމުގެ ފުރުސަތު އިތުރުވެ، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިތުރު 17 ރަށަކަށް އައު އެމްބިއުލާންސް ހަވާލުކޮށްފިޚަބަރު | 18 ދުވަސް ކުރިންހެލްތް މިނިސްޓްރީގެ ޑިޖިޓަލް ޕޯޓަލް، "އިތާ" އިފްތިތާހުކޮށްފިޚަބަރު | 19 ދުވަސް ކުރިންރާއްޖޭގެ އާބާދީގެ މައްސަލަތަކަށް ހައްލު ހޯދުމަށް "ސްމާޓް ކެއަރ ޕޮލިސީ" ތަކެއް އެކުލަވާލަނީޚަބަރު | 24 ދުވަސް ކުރިންސިއްހަތަށްކުރާ ހޭދައަކީ ދުޅަހެޔޮ ރައްޔިތެއް ބިނާ ކުރުމަށް ކުރާ ބޮޑު އިންވެސްޓްމެންޓެއް: ޑރ. ގީލާޚަބަރު | މަހެއް ކުރިން