logo
MPL

MPL

ޚަބަރު

ލައިސެންސް ނެތި ބައެއް ނަރުހުން މަސައްކަތްކުރޭ: ހެލްތު މިނިސްޓްރީ

ނުހާ އަޙްމަދު
20 އޯގަސްޓު 2025 - 13:47
ފޮޓޯ--// އައިޖީއެމްއެޗް
ފޮޓޯ--// އައިޖީއެމްއެޗް

ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަފަރުދުންގެ މުއައްސަސާތަކުގައި ނަރުހެއް ނުވަތަ މިޑްވައިފެއްގެ ހައިސިއްޔަތުން ބައެއް ފަރާތްތަކުން މޯލްޑިވްސް ނާރސިންގް އެންޑް މިޑްވައިފްރީ ކައުންސިލްގެ ދަފުތަރުގައި ރަޖިސްޓަރީވެ އަދާހަމައަށް ލައިސެންސް ނެތި މަސައްކަތްކުރައްވަމުން ގެންދަވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

އެގޮތުން ހެލްތް މިނިސްޓްރީން ބުނީ، ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ނަރުހެއް ނުވަތަ މިޑްވައިފެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރެވޭނީ، ގާނޫނާއި، މިގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ކައުންސިލްގައި ރަޖިސްޓްރީކޮށް، ކައުންސިލުން ދޫކުރާ ލައިސަންސެއްގެ ދަށުން ކަމަށާއި، އަދި ލައިސަންސްގައިވާ ޝަރުތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. ހަމައެފަދައިން ލައިސަންސްގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުން ލައިސަންސް އައުނުކޮށް މަސައްކަތްކުރުމަކީ އެގާނޫނުގެ 93 މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ކުށެއްކަމުގައި ވެސް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންކަމުން ކައުންސިލުގައި ރަޖިސްޓްރީ ނުކޮށް އަދި އަދާހަމަ ލައިސަންސެއް ނެތި ނަރުހެއް ނުވަތަ މިޑްވައިފެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރުމަކީ ގާނޫނީގޮތުން މަނާކަމެއްކަން ހެލްތް މިނިސްޓްރީން ވަނީ އާންމުކޮށް އަންގައި އިއުލާނުކޮށްފައެވެ.

މީގެ އިތުރުން، ނަރުހުންނާއި މިޑްވައިފުން ތެރޭގައި އިދާރީ މަސައްކަތްކުރާ ނަރުހުން އަދި ތަމްރީނުކުރުމުގައިއުޅޭ ނަރުހުންވެސް މީގެ ތެރޭގައި ހިމެނެ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ ރިވެލި އެވޯޑު 8 ފަރާތަކަށް، އެވޯޑު ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާޚަބަރު | 2 ދުވަސް ކުރިންސިއްހީ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން, ހެލްތު އެކްސްޕޯ ނިންމާލީ ބޮޑު ކާމިޔާބީއަކާއެކުޚަބަރު | 3 ދުވަސް ކުރިންސިއްހީ ނިޒާމަށް ބޮޑު ބަދަލެއް: މާލެއާއި އަތޮޅުތަކުގެ ބޮޑެތި ހޮސްޕިޓަލްތައް އެއް ބޯޑެއްގެ ދަށަށްޚަބަރު | 8 ދުވަސް ކުރިންކެންސަރު ބަލި ދެނެގަނެ ފަރުވާދޭނެ ޒަމާނީ ބޮޑު މަރުކަޒެއް ހުޅުމާލޭގައި ގާއިމުކުރަން ސޮއިކޮށްފިޚަބަރު | 12 ދުވަސް ކުރިން