އާ ޓާމިނަލް ހުޅުުވުމުގެ މުނާސަބަތުގައި މާދަމާ ރޭ މާލެ ވަށައިގެން 6 މިނެޓަށް ހަވާ އަރުވަނީ
އާމިނަތު ޝަފާ
25 ޖުލައި 2025 - 14:47

ވެލާނާ އިންޓަނޭޝަނަލް ވައިގެބަނދަރުގެ އައު ޓާމިނަލް ހުޅުވުމުގެ މުނާޞަބަތުގައި މާދަމާ ރޭ މާލެ ވަށައިގެން 6 މިނެޓަށް ހަވާ އަރުވާނެކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނީ ކަނޑުގެ 16 ސަރަހައްދެއްގައި، އަދި ވައިގެބަނދަރު ކައިރިން 3 ސަރަހައްދެއްގައި، މާދަމާރޭ 20:30 ހާއިރު، 6 މިނެޓް ވާންދެން ހަވާއަރުވާ ގޮތަށް ހަމަޖެހިފައިވާކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަސައްކަތް ނިންމައި ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެވަޑައިގެންނެވި ވައުދުފުޅު ފުއްދަވައި ދިވެހީންގެ މިނިވަން ކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅުވައިގެން އާ ޓާމިނަލް ހުޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ.