logoEN
ޚަބަރު

މައްސަލަތަކުގެ ތަޙުޤީޤު ނިމުމަށްފަހު، ދަޢުވާކުރުން މިހާރަށް ވުރެ އަވަސްކުރުމުގެ ތަޞައްވުރު ގެންގުޅޭނަން - ޕީޖީ

އައިޝަތު އަޙްމަދުއައިޝަތު އަޙްމަދު

22 ސެޕްޓެމްބަރު 2024 - 12:01

މައްސަލަތަކުގެ ތަޙުޤީޤު ނިމުމަށްފަހު، ދަޢުވާކުރުން މިހާރަށް ވުރެ އަވަސްކުރުމުގެ ތަޞައްވުރު ގެންގުޅުއްވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ރިޓަޔަރޑް) އަލްއުސްތާޛު ޢައްބާސް ޝަރީފު ވިދާޅުވެއްޖެއެވެ.

ޕީޖީ މިހެން ވިދާޅުވީ މިއަދު ފުލުުންގެ މައި އިދާރާ ޝަހީދު ހުސައިން ބިލްޑިންގގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއާއާ ބައްދަލުކުރައްވާ، ކުރެއްވި މަޝްވަރާގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ފޮލިސް ވަނީ އައު ޕްރޮސިކިއުޓަރ ޖެނެރަލަށް މަރުޙަބާ ދަންނަވައި، ދެ މުއައްސަސާގެ ދެމެދުގައި އޮތް ގާތް ގުޅުން ދަމަހައްޓަވާނެކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ގުޅުން އިތުރަށް ބަދަހިކޮށް، ހަރުދަނާ ކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

އަދި ޖިނާއީ ތަޙުޤީޤުތައް މިހާރަށްވުރެ އަވަސްކޮށް ކުރިއަށްގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވެދެއްވެންއޮތް އެންމެ ފުޅާ ދާއިރާއެއްގައި އެހީތެރިކަން ދެއްވާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވިއެވެ. މީގެ އިތުރުން މައްސަލަތަކުގެ ތަޙުޤީޤު ނިމުމަށްފަހު، ދަޢުވާކުރުން މިހާރަށް ވުރެ އަވަސްކުރުމުގެ ތަޞައްވުރު ގެންގުޅުއްވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތުގެ އެންމެ މުހިންމު ބައިވެރިޔާއެވެ. އެގޮތުން ޕީޖީ އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ 90 އިންސައްތައަށްވުރެ ގިނަ މައްސަލައަކީ ފުލުހުން ތަޙުޤީޤުކޮށް ހުށަހަޅުއްވާ މައްސަލައެވެ.

ކޮމެންޓް

871x217_placeholder