logoEN
ޚަބަރު

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން ޝަމީމް އަމިއްލަފުޅަށް އިސްތިއުފާ ދެއްވައިފި

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް --- ފޮޓޯ/ ސަން

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް --- ފޮޓޯ/ ސަން

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ

22 އޯގަސްޓު 2024 - 16:03

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން ހުސައިން ޝަމީމް އަމިއްލަފުޅަށް އިސްތިއުފާ ދެއްވައިފިއެވެ.

ޝަމީމް އިސްތިއުފާ ދެއްވައިފައިވަނީ ޕީޖީ ކަމުގެ މަގާމުން ޝަމީމް ވަކިކުރުމަށް އެޖެންޑާކޮށް އެ ޖަލްސާ ކުރިއަށް ގެންދަނިކޮށް މިރޭ އެވެ.

ޝަމީމް މަގާމުން ވަކިކުރަން މަޖިލީހަށް މައްސަލަ ހުށަހެޅުއްވީ ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ. އޭނާ ވަނީ ޝަމީމް ވަކިކުރަން ޖެހޭ އަށް ސަބަބެއް ބަޔާންކުރައްވައިފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަކީ:

  • ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލި ޖިންސީ ގޯނާ ކުރުމުގެ ދައުރާ އަނބުރާ ގެންނަން ނިންމުމުގެ ސަބަބުގެ ތަފްސީލް
  • ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް އުފުލި ހިޔާނާތުގެ ދައުވާ އަނބުރާ ގެންނަން ނިންމި ނިންމުމުގެ ތަފްސީލް
  • ވެންޓިލޭޓަރު މައްސަލާގައި ތުހުމަތު ކުރެވޭ މީހުނަށް ދައުވާ ނުކުރަން ނިންމި ނިންމުމުގެ ތަފްސީލް
  • ސަފާރީ ރޭޕް ކޭސް މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރަން ނިންމުން
  • ޕީޖީ އޮފީހުގެ ޕްރޮސިކިއުޓަރު އަހުމަދު ޝަފީއު އެއް ޖިންސުން ގުޅުން ހިންގައި، މަސްތުވާތަކެތި ބޭނުންކޮށް، ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި ކަމަށް އަމާޒުވި ތުހުމަތުތަކާއެކު ވެސް، އެ މައްސަލަތައް ބަލަން ދެކޮޅުހެދުން

ޝަމީމު ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަންކޮށްފައިވަނީ ކުރީގެ ސަރުކާރުގައި، 2019 ވަނަ އަހަރު، އޭރުގެ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ 74 މެންބަރުންގެ ޣައުލަބިއްޔަތުންނެވެ. މިރޭ ޝަމީމު މަގާމުން ވަކިކުރިއިރު، އެ މަގާމުގެ ދައުރު ހަމަވުމަށް ބާކީ އޮތީ އެންމެ ތިން މަސް ދުވަހެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder