ދިވެހި ދައުލަތަކީ އުފެދުނީއްސުރެ މިނިވަންކަން ކަށަވަރުކުރަމުންއައި ދައުލަތެއް: ވަޒީރު އާދަމް ނަސީރު
27 ޖުލައި 2025 - 04:11
.jpeg&w=3840&q=75)
ދިވެހި ދައުލަތަކީ އުފެދުނީއްސުރެ މިނިވަންކަން ދިވެހީން ކަށަވަރުކުރަމުންއައި ދުވަސްވީ ޤަދީމީ ދައުލަތެއްކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ފުރަތަމަ ދުވަހުވެސް އެމަނިކުފާނުވަނީ ދިވެހިންނަށް އިސްކަންދޭ ސިޔާސަތެއް ގެންގުޅުއްވާނެކަމަށާއި އަދި ރާއްޖޭގެ ސިޔާދަތާއި މިިނިވަންކަން ދިފާއުކުރައްވާނެކަމަށް ވިދާޅުވެފައިކަމަށެވެ.

Ad by Hajj Corporation
" މި ދެ އަސާސްގެ މަތީގައި ކުރެވޭކަންކަން މި ފެންނަނީ. ގައުމެއް ދިފާއުކުރުމަށް ބޭނުންވާ އިލްމާއި، ހުނަރާއި ، ކެތްތެރިކަމާ މިކަންކަން ލިބިފައި އޮތުމާއި ގައުމާއި ފަސްގަނޑު ދިފާއުކުރުމަށް ފިޔަވަޅު އަޅަމުން ދިއުމަށް. ސަލާމަތެއް ދެމެހެއްޓުމަށް އެއްބައިވަންތަކަން ވަރަށް މުހިންމު."
ވަޒީރު ވިދާޅުވީ ރައީސް މީގެ ކުރިން ދެއްކެވި ވާހަކަފުޅުގައިވެސް އެއްބައިވަންތަވުމަށް ބާރުއަޅުއްވާފައިވާކަމަށެވެ.
ރާއްޖޭގެ މިނިވަން ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ އިނގިރޭސީންގެ ޙިމާޔަތުން އަލުން އަނބުރާ ދިވެހިންނަށް މިނިވަންކަން ލިބުނު ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ. މިފަހަރު މި ފާހަގަކުރަނީ ރާއްޖޭގެ 60 ވަނަ ފަޚުރުވެރި މިނިވަން ދުވަހެވެ.


