logo
ކުއްލި ޚަބަރު: ރާއްޖެ އެތެރެކުރަން އުޅުނު 40 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިBank of Maldives

Bank of Maldives

ޚަބަރު

ތަރިކައިން ނެރެދޭ މާނައަކީ ބައެއްގެ ދިރިއުޅުމުގައި ހުންނަ ހަރުދަނާ ގޮތްތަކާއި ސިފަތައް: އާދަމް ނަސީރު

އާމިނަތު ޝަފާ
31 މާރިޗު 2025 - 06:21
ތަރިކައިން ނެރެދޭ މާނައަކީ ބައެއްގެ ދިރިއުޅުމުގައި ހުންނަ ހަރުދަނާ ގޮތްތަކާއި ސިފަތައް: އާދަމް ނަސީރު

ސަގާފަތާއި، އާދަކާދައާއި ތަރިކައިން ނެރެދޭ މާނަތަކަކީ އެބައެއްގެ ދިރިއުޅުމުގައި އެކުލެވިގެންވާ ސިފަތަކާއި ގޮތްތައް ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވަނީ ހިއްޗަށް ވަޑައިގަތުމުގެ ދަރުބާރުގެ ތެރެއިން, ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ. ދިވެހީންގެ ސަގާފަތާއި މި ފަދަ ތަރިކަތަކުން އަދުގެ ޒުވާން ޖީލަށް ދަސްކޮށްދޭ ކަންކަމަކީ ކޮބާތޯ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ދިވެހިންނަކީ ވަކި ގޮތަކަށް ތަރުތީބުވެގެން ވަކި ގޮތަކަށް އުސޫލުތަކެއްގައި ހިފަހައްޓައިގެން ތިބި ބައެއްކަމެވެ. އަދި ކިޔަމަންތެރި ބައެއްކަމެވެ. އެއް ސަފެއްގައި އެއް އަމާޒަކަށް އެކުގައި ކުރިޔަށް ދިޔަ ބައެއްކަމެވެ. މި ހުރިހާ މާނައެއް މި ކުޅިވަރުގެ ތެރެއިން ދައްކާދޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރަށް ތަހުޒީބު ޙަޟާރަތެއްގެ ސަގާފަތާއި، އާދަކާދައާއި ތަރިކައިން ނެރެދޭ މާނަތަކަކީ އެބައެއްގެ ދިރިއުޅުމުގައި ހުންނަ އެ ފަދަ ހަރުދަނާ ގޮތްތަކާއި ސިފަތައްކަން ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އިންޓަވިއުގައި ހިއްޗަށް ވަޑައިގަތުމާ ބެހޭ ގޮތުން ވަޒީރު ވަނީ މަޢުލޫމާތު ދެއްވާފައެވެ.

އެގޮތުން ހިއްޗަށް ވަޑައިގަތުމަކީ ރަސްކަމުގެތެރޭގައި ބޭއްވޭ އަދި ރަސްގެފާނު ބައިވެރިވެވަޑައިގަންނަވާ ވަރަށް ހައިބަތު ހުރި ރަސްމިއްޔާތެއްކަމަށާއި ނަމަވެސް މިރޭ މި ބޭއްވެނީ ހަމައެކަނި އަދުގެ ޖީލުތަކަށް އޭގެ ތަމްސީލީ ދައްކާލުމެއްކަމަށް ވިދާޅުވިއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ރާއްޖޭގެ ތަރިކަ އަދުގެ ޒުވާނުންނަށް ތައުލީމެއްގެ ގޮތުގައި ފޯރުވައިދިނުމުގެ ވިސްނުންފުޅަށް ބައްޓަން ކުރެވިގެން، ހިއްޗަށް ވަޑައިގަތުމުގެ ދަރުބާރު އަދުގެ ޒުވާން ޖީލާ ހަމަޔަށް ފޯރުވައިދިނުމަށެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ތާރީޚުގައި މި ހަރަކާތަކީ ރަމަޟާން މަހުގެ ފަހު ދިހައިގެ ވަކި ދުވަސްތަކެއްގައި، ނުވަތަ ރޭތަކެއްގައި އޮންނަ ހަރަކާތެކެވެ.

މިކަމާ ގުޅިގެން ތަފާތު ކެއްކުންތައް ކައްކާ، ހިތި ގެއެއްވެސް އޭރު ތައްޔާރު ކުރާކަން ވަޒީރު ފާހަގަ ކުރެއްވިއެވެ. އަދި ބަތް ފިޔަފާޅި ކިޔާ ތަނެއް އޭރު ތައްޔާރު ކުރާ ކަމަށާއި މިނޫންވެސް ބައެއް ރަސްމުތައް ހިމެނޭކަން ތާރީޚުން އެނގޭކަމަށް ވިދާޅުވިއެވެ.

މި ތަމްސީލު ގެނެސްދީފައިވަނީ ގިނަ މުއައްސަސާތަކަކުން ގުޅިގެން ވުޒާރާގެ އިސްނެންގެވުމުގެ މަތީންކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން މިކަންކަން އުފެދިގެން އައިގޮތަކާއި އޭރު މިކަންކަމުން ނެގުނު މާނަތަކަކާ ދިވެހިންގެ ދިރިއުޅުމުގެ ހަޔާތުގައި މިކަންކަން އަދާ ކުރި ދައުރު އެއީ ދިރާސާކޮށް ބަލަން ޖެހޭ ކަންކަން ކަމަށާއި ހިއްޗަށް ވަޑައިގަތުމުގައި އިހު ޒަމާނުގައި ދީނީ ބައެއްވެސް ހިމެނޭ ކަމަށާއި މިހާރު މިގެނެވެނީ ހަމައެކަނި ތާރީޚީ ދައްކާލުމެއްގެ ގޮތުގައިކަން ވަޒީރު ފާހަގަ ކުރެއްވިއެވެ. ހަމައެހެން އެކި ޒަމާނުގައި އެކި ތަފާތާއެކު ހިއްޗަށް ވަޑައިގަތުން ކުރިޔަށް ކުރިޔަށް ގެންދެވިފައިވާކަން ވެސް ފާހަގަ ކުރެއްވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤައުމެއް ދެމިއޮތުމުގައި ތަރިކަ މުހިންމު ދައުރެއް އަދާކުރޭ: ވަޒީރު އާދަމް ނަސީރު ޚަބަރު | 14 މިނިޓު ކުރިންދިވެހި ދައުލަތަކީ އުފެދުނީއްސުރެ މިނިވަންކަން ކަށަވަރުކުރަމުންއައި ދައުލަތެއް: ވަޒީރު އާދަމް ނަސީރުޚަބަރު | 5 މަސް ކުރިންސަގާފީ ކުޅިވަރުތަކުގެ އަސްލު ގެއްލުވާ ނުލުމަށް އިލްތިމާސްކުރައްވައިފިޚަބަރު | 7 މަސް ކުރިންތަރިކައިން ނެރެދޭ މާނައަކީ ބައެއްގެ ދިރިއުޅުމުގައި ހުންނަ ހަރުދަނާ ގޮތްތަކާއި ސިފަތައް: އާދަމް ނަސީރުޚަބަރު | 9 މަސް ކުރިން