ޤައުމެއް ދެމިއޮތުމުގައި ތަރިކަ މުހިންމު ދައުރެއް އަދާކުރޭ: ވަޒީރު އާދަމް ނަސީރު
26 ޑިސެމްބަރު 2025 - 04:23

ތަރިކައަކީ ޤައުމެއް ދެމިއޮތުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެއްކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވެފައިވަނީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހާ ބެހޭ ހަރަކާތްތައް ޝަރަފުވެރުކޮށްދެއްވުމަށް ބ.ތުޅާދޫއަށް ވަޑައިގެން، ރޭ ބ.ތުޅާދޫއިން ރ.މީދޫގެ ރައްޔިތުންނަށް ދެއްވި ޚާއްޞަ މަލާފަތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation
ވަޒީރުގެ ވާހަކަފުޅުގައި ތަރިކައިގެ ދެ ބާވަތެއްކަމުގައިވާ އުމްރާނީ ތަރިކައާއި މާނަވީ ތަރިއަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.
މިގޮތުން ވަޒީރު ވިދާޅުވީ ޤައުމެއްގެ ބަޔަކު އެއްބައެއްގެ ގޮތުގައި ހަދާދޭ އެއްޗަކީ އެ ބައެއްގެ ތަރިކަ ކަމުގައެވެ. މި ގޮތުން އެބައެއްގެ ނިޝާންތަކާއި އަސަރުތަކާއި އެ ބައެއްގެ ކާބަފައިންގެ ޤާބިލުކަމާއި ކުޅަދާނަކަމުގެ ރަމުޒުތަކާއި އެއިން ލިއްބަދޭ މާނަތަކުގެ އިތުރުން ކާބަފައިން އުފުއްލެވި ތަކުލީފުތަކާއި ވެދެއްވި ޤުރުބާނީތައް ހިތްތަކަށް ގެނެސްދޭ ގެނެސްދިނުން ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
މާނަވީ ތަރިކައާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވެފައިވަނީ އެއްބަޔަކު އަނެއްބަޔަކާ ބަދަލުކުރައްވާ ވާހަކަފުޅުތަކާއި ހިއްސާކުރައްވާ ވާސްތާތަކުގެ އިތުރުން ތަޖުރިބާ ކުރައްވާ ތަޖުރިބާތަކަކީ މާނަވީ ތަރިކަ ކަމުގައެވެ. އެގޮތުން އެ ބައެއްގެ ހަނދާންތަކާއި ދިރުންތަކުން ގެނެސްދެނީ އެ ބައެއްގެ ޤައުމިއްޔަތު، އެ ބައެއްގެ އަޚުލާޤު އަދި އެ ބަޔަކީ ކޮންކަހަލަ އިޚްލާސްތެރި ހިތްތަކެއްގެ ބައެއްކަންކަމުގައި ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ތަރިކައިގެ ޤައުމީ މަޝްރޫޢުގެ މާނައަކީ ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވެވި ކަންކަންކަމާއި އެމަނިކުފާނުގެ ޤައުމީ މަޝްރޫޢޫގެ މަޤުޞަދަކީ އެ ޒަމާނަށް މީހުން ގެންދިއުމުގެ އިތުރުން އެންމެންގެ ހިތްތައް އޯގާތެރިކަމާއި އިހުސާންތެރިކަމުން ފުރުން ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.


