logo
E-Platinum
ދުނިޔެ

ބަނޑަށްޖެހި، ފަހުނޭވާގައި ވަނިކޮށް އެންމެ ފަހުން އަރަބި ޤައުމުތަކުގެ އެހީ ޣައްޒާއަށް

އަޙްމަދު ޒަލީފް
28 ޖުލައި 2025 - 06:43
ބަނޑަށްޖެހި، ފަހުނޭވާގައި ވަނިކޮށް އެންމެ ފަހުން އަރަބި ޤައުމުތަކުގެ އެހީ ޣައްޒާއަށް

ޣައްޒާއަށް އެހީގެ ސާމާނު އެތެރެކުރުމަށް ޔަހޫދީން ދިން ފުރުޞަތުގައި ޢުރުދުންނާއި އެކުވެރި ޢަރަބި އިމާރާތުން, ވައިކުޑަތަކުގައި އައްސައި ޣައްޒާއަށް 25 ޓަނުގެ އެހީގެ ސާމާނު ފޮނުވައިފިއެވެ.

މިއީ ފާއިތުވި މަސްތަކުގެ ތެރޭގައި ވައިގެ މަގުން މި ގޮތަށް ޣައްޒާއަށް އެހީގެ ސާމާނު ފޮނުވި ފުރަތަމަ ފަހަރެވެ. ޢުުރުދުންގެ ސަރުކާރުގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވީ ވައިކުޑަ މެެދުވެރިކޮށް ޣައްޒާއަށް އެހީ ފޮނުވުމަކީ އެއްގަމު މަގުން އެހީގެ ސާމާނު އެތެރެކުރުމަށް އެދެވޭ ބަދަލެއް ނޫން ކަމަށެވެ.

ފަލަސްޠީނުގެ ޞިއްޙީ އިދާރާތަކުން ބުނީ އެހީގެ ސާމާނު އަޅާފައިވާ ފޮށިގަނޑުތައް ވައިކުޑަ މެދުވެރިކޮށް ބިމަށް އަޅަމުންދިޔުމުގެ ތެރޭގައި އެ ފޮށިގަނޑުތަކުން ޖެހި މިހާތަނަށް 10 ވަރަކަށް މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސަމުންދާތީ ބައިނަލްއަޤްވާމީ ފިއްތުންތައް އިތުރުވުމުގެ ސަބަބުން، ޣައްޒާގައި ވަކި ގަޑިތަކެއްގައި ޙަމަލާ ދިނުން ހުއްޓާލައި އެހީ ފޯރުކޮށްދިނުމަށް ޔަހޫދީންނަށް ވަނީ މަޖުބޫރުވެފައެވެ. އެއާއެކު، އެތައް މަހަކަށް ފަހު ބައެއް ޢަރަބި ޤައުމުތަކުން ވަނީ ވައިކުޑަތަކުގައި ޣައްޒާއަށް އެހީގެ ސާމާނު ފޮނުވަން ފަށައިފައެވެ.

ޔަހޫދީންގެ ޢުދުވާންތަކަށް ކެތް ނުކުރެވިގެން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ޔަހޫދީންނަށް އަމާޒު ކޮށް ދިން ޖިހާދީ ޙަމަލާއަކާ ގުޅިގެން، އެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް ޤަތުލުޢާންމެއް ފަށާފައެވެ. ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު ޢަމަލު ކުރަން ފެށި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ.

އދގެ އިންސާނީ އެހީ ފޯރުކޮށްދޭ އިދާރާގެ އިސްވެރިޔާ، ޓޮމް ފްލެޗަރ ވިދާޅުވީ މި ވަގުތުތަކުގައި ޣައްޒާގެ ބަނޑަށް ޖެހިފައިވާ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ކުރާ މަސައްކަތް އެ އިދާރާއިން އިތުރުކުރާނެ ކަމަށެވެ. ޣައްޒާގައި ޙަރަކާތްތެރިވާ އެ އިދާރާގެ މުވައްޒަފުން ވީހާ ވެސް ގިނަ މީހުންނަށް އެހީ ފޯރުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޣައްޒާއިން ޝަހީދުކުރި މީހުންގެ އަދަދު 60،000 އިން މައްޗަށް ދުނިޔެ | ދުވަހެއް ކުރިންބަނޑަށްޖެހި، ފަހުނޭވާގައި ވަނިކޮށް އެންމެ ފަހުން އަރަބި ޤައުމުތަކުގެ އެހީ ޣައްޒާއަށް ދުނިޔެ | 3 ދުވަސް ކުރިންޣައްޒާގައި ބަހާނެ އެއްވެސް އެއްޗެއް ނެތް، އެންމެން ބަނޑަށް މަރުވަނީ ދުނިޔެ | 8 ދުވަސް ކުރިންތައުލީމީ ނިޒާމު ފުނޑުފުނޑުވެފައި އޮތް ޣައްޒާގައި ދަރިވަރުންތަކެއް އިމްތިހާނެއްގައި ބައިވެރިވަނީ ދުނިޔެ | 11 ދުވަސް ކުރިން