logo
E-Platinum
ދުނިޔެ

ޣައްޒާގައި ބަހާނެ އެއްވެސް އެއްޗެއް ނެތް، އެންމެން ބަނޑަށް މަރުވަނީ

އަޙްމަދު ޒަލީފް
23 ޖުލައި 2025 - 14:39
ޣައްޒާގައި ބަހާނެ އެއްވެސް އެއްޗެއް ނެތް، އެންމެން ބަނޑަށް މަރުވަނީ

ފަލަސްޠީނުގެ ޣައްޒާއިން ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ހުސްވެ، މުވައްޒަފުން ވެސް ހައިހޫނުގައި ޖެހިފައިވާ ކަން ނޯވީޖިިޔަން ރެފިއުޖީ ކައުންސިލް (އެންއާރްސީ)ން ހާމަކޮށްފިއެވެ.

އެއީ، ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ބޮޑެތި ޖަމުޢިއްޔާތަކުގެ ތެރޭގައި ހިމެނޭ ޖަމުޢިއްޔާއެކެވެ.

އެންމެ ފަހު ކާނާ ޕާރުސަލް، އަދި އެހީގެ ސާމާނު ބަހައި ހުސްވެއްޖެ. މިހާރު ބާކީ އެކައްޗެއް ވެސް ނެތް،" އެންއާރްސީގެ ސެކްރެޓަރީ ޖެނެރަލް ޔާން އެގެލަންޑް ވިދާޅުވިއެވެ. ޣައްޒާގައި އެ ޖަމުޢިއްޔާގެ 66 މުވައްޒަފުން ދަނީ ހަރަކާތްތެރިވަމުންނެވެ. އޭގެ ތެރޭގައި 64 ޣައްޒާގެ ރައްޔިތުންނާއި، ބޭރުގެ ދެ މުވައްޒަފުން ހިމެނެއެވެ. 

މާރިޗު 2 ވަނަ ދުވަހު ޔަހޫދީން ޣައްޒާގެ ފުރަބަންދު ހަރުކަށި ކޮށްފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުންނެވެ.

ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެ ސަހަރަށް އެތެރެ ކުރުމަށް ޔަހޫދީން އޮތީ ހުރަސް އަޅާފައެވެ. މި ވަގުތު މަދު އަދަދެއްގެ ކާބޯތަކެތި އެތެރެ ކުރަނީ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފު)ން އެކަންޏެވެ.

ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ދިނުމަށް ޔަހޫދީން ބޭނުން ނުވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އެންއާރްސީގެ ގުދަންތަކުން ސާފު ބޯފެން ހުސްވަމުންދާ ކަމަށާއި، ފެން އުފައްދާ ޕްލާންޓުތައް ހިންގުމަށް ބޭނުންވާ ތެޔޮ ވެސް ހަލުވިކަމާ އެކު ހުސްވަމުންދާ ކަން އެ ޖަމުޢިއްޔާއިން ހާމަކުރިއެވެ. 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޣައްޒާއިން ޝަހީދުކުރި މީހުންގެ އަދަދު 60،000 އިން މައްޗަށް ދުނިޔެ | ދުވަހެއް ކުރިންބަނޑަށްޖެހި، ފަހުނޭވާގައި ވަނިކޮށް އެންމެ ފަހުން އަރަބި ޤައުމުތަކުގެ އެހީ ޣައްޒާއަށް ދުނިޔެ | 3 ދުވަސް ކުރިންޣައްޒާގައި ބަހާނެ އެއްވެސް އެއްޗެއް ނެތް، އެންމެން ބަނޑަށް މަރުވަނީ ދުނިޔެ | 8 ދުވަސް ކުރިންތައުލީމީ ނިޒާމު ފުނޑުފުނޑުވެފައި އޮތް ޣައްޒާގައި ދަރިވަރުންތަކެއް އިމްތިހާނެއްގައި ބައިވެރިވަނީ ދުނިޔެ | 11 ދުވަސް ކުރިން