logo
E-Platinum
ދުނިޔެ

ތައުލީމީ ނިޒާމު ފުނޑުފުނޑުވެފައި އޮތް ޣައްޒާގައި ދަރިވަރުންތަކެއް އިމްތިހާނެއްގައި ބައިވެރިވަނީ

އަޙްމަދު ޒަލީފް
20 ޖުލައި 2025 - 05:31
ޣައްޒާގެ ތަޢުލީމީ ނިޒާމު ވަނީ އެއްކޮށް ފުނޑުފުނޑުވެފައި
ޣައްޒާގެ ތަޢުލީމީ ނިޒާމު ވަނީ އެއްކޮށް ފުނޑުފުނޑުވެފައި

ޔަހޫދީން މެދުކެނޑިިމެއްނެތި ޙަމަލާދެމުންދާ ފަލަސްޠީނުގެ ޣައްޒާގެ ދަރިވަރުން ސާނަވީ ތަޢުލީމު ނިންމާ އިމްތިޙާނެއް ހަނގުރާމައިގެ ޙާލަތުގައި ހަދަން ތައްޔާރުވެއްޖެއެވެ.

ޣައްޒާގެ ތަޢުލީމާބެހޭ ވުޒާރާއިން ބުނީ 1،500 އެއްހާ ދަރިވަރުން އިމްތިޙާނުގައި ބައިވެރިވުމަށް ނަން ދީފައިވާ ކަމަށެވެ. އިމްތިޙާނު ބާއްވަނީ ޚާއްޞަ ސޮފްޓްވެއަރއެއްް ބޭނުންކޮށްގެން އޮންލައިންކޮށެވެ. އިމްތިޙާނުގެ ކަންކަން އޮމާންކޮށް ގެންދިޔުމަށް ޓެކްނިކަލް ތައްޔާރީތައް ދުރާލައި ނިންމާފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މި އިމްތިޙާނު އިންތިޒާމުކޮށްފައި ވަނީ ޣައްޒާގެ ތަޢުލީމާބެހޭ ވުޒާރާއިންނެވެ. އިމްތިޙާނު ބާއްވާނެ ކަމަށް ޣައްޒާގެ ތަޢުލީމީ ވުޒާރާއިން އިޢުލާނުކޮށްފައި ވަނީ މި މަހުގެ ކުރީކޮޅެވެ. މިއީ ޣައްޒާގެ ރައްޔިތުން ނަސްލުހޭދުކުރުމަށް 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފެށި ފަހުން ބާއްވައި މި ފަދަ ފުރަތަމަ އިމްތިޙާނެވެ.

ޔަހޫދީންގެ ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ ތަޢުލީމީ ނިޒާމު ވަނީ އެއްކޮށް ފުނޑުފުނޑުވެފައެވެ. މަދަރުސާތަކާއި އެ ފަދަ އެހެން އިމާރާތްތައް ވަނީ ސުންނާފަތިވެފައެވެ. އެހެންކަމުން، ޣައްޒާގެ ތަޢުލީމީ ވުޒާރާއިން މި އިމްތިޙާނު އިންތިޒާމުކޮށްފައި ވަނީ ހައި ސްކޫލު ނިންމުމުގެ ފުރުޞަތު މި ދަރިވަރުންނަށް ދިނުމަށްޓަކައެވެ.

މި އިމްތިޙާނަކީ މަތީ ތަޢުލީމު ޙާޞިލް ކުރުމަށް ބޭނުންވާ ޣައްޒާގެ ދަރިވަރުންނަށް ކޮންމެހެން މުހިންމު އިމްތިޙާނެކެވެ. އެ އިމްތިޙާނުން ރަނގަޅު ނަތީޖާއެއް ހޯދިއްޖެނަމަ ސްކޮލަޝިޕްތައް ހޯދުމުގެ ފުރުޞަތު ވެސް ފަހިވެގެންދާނެއެވެ. ހަނގުރާމައިގެ މައިދާނެއްގައި، ކުލާސްރޫމެއް، ފޮތެއް ނެތި، އަދި އިންޓަނެޓު ވެސް ރަނގަޅަށް ނުލިބުނު ނަމަވެސް، ޣައްޒާގެ ދަރިވަރުން ދަނީ ހަނގުރާމައިގެ ސަބަބަުން އެ ދަރިވަރުންގެ މުސްތަޤުބަލު ބަނަވިޔަ ނުދިނުމަށް އަދި ވެސް ހިތްވަރާއެކު މަސައްކަތް ކުރަމުންނެވެ.

އިންޓަނެޓު ރަނގަޅަށް ނުލިބޭއިރު، އަދި އިމްތިޙާނު ހެދުމަށް ބޭނުންކުރާނެ އާލާތެއްް ގިނަ ދަރިވަރުންގެ އަތުގައި ނެތުމަކީ ވެސް ކުރިމަތިވާ ގޮންޖެހުމެއް ކަމަށް އެ ދަރިވަރުން ފާހަގަކުރެއެވެ. އަދި އިމްތިޙާނު ހަދަން ތިބޭނެ ރައްކާތެރި ސަރަޙައްދެއް ނެތް ކަމަށް ވެސް އެ ދަރިވަރުން ބުނެއެވެ. ބޮމުގެ ޙަމަލާތަކުގައި ދަރިވަރުންގެ ފޮތްތައް ނެތިގޮސްފައިވާ ކަމަށް ވެސް ބައެއް ދަރިވަރުން ބުނެއެވެ.

ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބައެއް މުދައްރިސުން ވަނީ ގެއްލުން ލިބިފައިވާ ބައެއް ކުލާސްރޫމުތައް ހުޅުވާލައި، ދަރިވަރުން ކައިރީގައި ބައިތިއްބައިގެން އިމްތިޙާނަށް ތައްޔާރުވުމަށް އެހީތެރިކަން ދެމުންނެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޣައްޒާއިން ޝަހީދުކުރި މީހުންގެ އަދަދު 60،000 އިން މައްޗަށް ދުނިޔެ | ދުވަހެއް ކުރިންބަނޑަށްޖެހި، ފަހުނޭވާގައި ވަނިކޮށް އެންމެ ފަހުން އަރަބި ޤައުމުތަކުގެ އެހީ ޣައްޒާއަށް ދުނިޔެ | 3 ދުވަސް ކުރިންޣައްޒާގައި ބަހާނެ އެއްވެސް އެއްޗެއް ނެތް، އެންމެން ބަނޑަށް މަރުވަނީ ދުނިޔެ | 8 ދުވަސް ކުރިންތައުލީމީ ނިޒާމު ފުނޑުފުނޑުވެފައި އޮތް ޣައްޒާގައި ދަރިވަރުންތަކެއް އިމްތިހާނެއްގައި ބައިވެރިވަނީ ދުނިޔެ | 11 ދުވަސް ކުރިން