logo
Bank of Maldives

Bank of Maldives

ޚަބަރު

93 ސްކޮލަރޝިޕް ސްކީމަށް 344 މިލިއަން ރުފިޔާ ހޭދަކޮށްފި

އާމިނަތު ޝަފާ
29 ޖުލައި 2025 - 07:23
މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންތަކެއް
މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންތަކެއް

މިހާތަނަށް ޖުމްލަ 93 ސްކޮލަރޝިޕް ސްކީމަށް 344 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިންވަނީ ސްކޮލަރޝިޕްތަކާއި ގުޅޭ ތަފާސް ހިސާބުތައް ޝާޢިއުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިހާތަނަށް މަތީ ތަޢުލީމާއި ބެހޭ ވުޒާރާގެ ފަރާތުން ޖުމްލަ 93 ސްކޮލަރޝިޕް ސްކީމެއް ވަނީ އިޢުލާންކޮށްފައެވެ. އަދި 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 10 އަކާއި ހަމައަށް ޖުމްލަ 36 ސްކޮލަރޝިޕް ސްކީމެއް ވަނީ އިޢުލާންކުރެވިފައެވެ.

ސްކޮލަރޝިޕްގެ އެކި ސްކީމްތަކުގެ ދަށުން، މިހާތަނަށް ޖުމްލަ 305 ދަރިވަރުން މަތީ ތަޢުލީމު ހާޞިލުކޮށްފައިވާއިރު، 131 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. އަދި 2025 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މި ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 45 ދަރިވަރުން ވަނީ އެކި ސްކޮލަރޝިޕް ސްކީމްތަކުގެ ދަށުން ކިޔެވުން ފަށާފައެވެ. މި ދަރިވަރުންގެ ތެރޭގައި 34 އަންހެންކުދިންނާއި 11 ފިރހެންކުދިން ހިމެނެއެވެ. މި ވަގުތު ސްކޮލަރޝިޕް ސްކީމްތަކުގެ ދަށުން، ޖުމްލަ 607 ދަރިވަރުން ދަނީ ދިވެހިރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާޞިލުކުރަމުންނެވެ. މި ދަރިވަރުންގެ ތެރޭގައި، 387 އަންހެން ދަރިވަރުންނާއި، 220 ފިރިހެން ދަރިވަރުން ހިމެނެއެވެ.

ސްކޮލަރޝިޕްގެ އެކި ސްކީމްތަކުގެ ދަށުން، މިހާތަނަށް ޖުމްލަ 268 ދަރިވަރުން މަތީ ތަޢުލީމު ހާޞިލުކޮށްފައިވާއިރު، 357 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.

މި ވަގުތު ސްކޮލަރޝިޕް ސްކީމްތަކުގެ ދަށުން، ޖުމްލަ 607 ދަރިވަރުން ދަނީ ދިވެހިރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާޞިލުކުރަމުންނެވެ. މި ދަރިވަރުންގެ ތެރޭގައި، 387 އަންހެން ދަރިވަރުންނާއި 220 ފިރިހެން ދަރިވަރުން ހިމެނެއެވެ.

ދިވެހިރާއްޖެ ހިމެނެހޭހެން 27 ޤައުމަކުން މަތީ ތަޢުލީމު ހާޞިލުކުރަމުންދާ ދިވެހި ދަރިވަރުންނަށް މި އަހަރުހެ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 95.3 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ދޫކުރެވިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

93 ސްކޮލަރޝިޕް ސްކީމަށް 344 މިލިއަން ރުފިޔާ ހޭދަކޮށްފިޚަބަރު | 2 މަސް ކުރިންސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން 982 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިޚަބަރު | 2 މަސް ކުރިންސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައި އެސަސަރެއްގެ ގޮތުގައި ދަފްތަރުވުމުގެ ފުރުސަތު ޚަބަރު | 4 މަސް ކުރިންހުއްދަ ދޫކޮށްފައިވާ މަތީ ތަޢުލީމުދޭ މަރުކަޒުތައް އައު ދަފްތަރުގައި ރަޖިސްޓްރީވާން އެދިއްޖެޚަބަރު | 8 މަސް ކުރިން