logo
E-Platinum
ޚަބަރު

ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން 982 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

ޝަހްޒާ މުހައްމަދު
20 ޖުލައި 2025 - 05:56
ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން  982 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

މަތީ ތަޢުލީމާއި، މަަސައްކަތްތެރިކަމާއި ހުނަރުތައްތަރައްގީކުރުމާއި ބެހޭ ވުޒާރާއިން ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން މިހާތަނަށް 982 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.

އެ މިނިސްޓްރީން 17 ޖުލައި 2025 ގައި އަދާހަމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެ ސްކީމުގެ ދަށުން މިހާރު ކިޔަވަމުންދަނީ ޖުމްލަ 1،642 ދަރިވަރުންނެވެ. މީގެ ތެރޭގައި 664 ފިރިހެން ދަރިވަރުންނާއި 978 އަންހެން ދަރިވަރުން ހިމެނެއެވެ.

2025 ވަނަ އަހަރު އެކަނި 274 ދަރިވަރުންނަށް ލޯނު ދޫކޮށްފައިވާއިރު، މީގެ ތެރެއިން 112 ދަރިވަރުންނަކީ ފިރިހެން ދަރިވަރުންނެވެ. އަދި 162 ދަރިވަރުންނަކީ އަންހެން ދަރިވަރުންނެވެ. މި އަހަރު ތެރޭގައި 281 ދަރިވަރުން ވަނީ ކިޔެވުން ނިންމާފައެވެ.

މިހާތަނަށް މި ސްކީމްގެ ދަށުން ޖުމްލަ 1،151 ދަރިވަރުންނަށް ލޯނު ދޫކޮށްފައިވާއިރު، 863 ދަރިވަރުން ވަނީ ކިޔެވުން ނިންމާފައެވެ. ގްރެޖުއޭޓް ވެފައިވާ ދަރިވަރުންގެ ތެރޭގައި 500 ފިރިހެން ދަރިވަރުންނާއި 363 އަންހެން ދަރިވަރުން ހިމެނެއެވެ.

2025 ވަނަ އަހަރަށް މި ސްކީމްގެ ދަށުން 282 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ދޫކުރުމަށް ވަނީ ކަނޑައަޅާފައެވެ. މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ސްކީމްގެ ދަށުން ކިޔަވާ ދަރިވަރުންގެ ތެރެއިން ގިނައީ އަންހެން ދަރިވަރުންނެވެ.

ސަރުކާރުން ދެއްވާ ސްކޮލަރޝިޕާއި، ލޯނުގައި ކިޔަވަމުން އަންނަ ކުދިންގެ އިތުރުން ރާއްޖެއިން ބޭރުގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރުންގެ ދަފްތަރެއް މިދިޔައަހަރުގެ އޭޕްރީލްމަހުވަނީ އެކުލަވާލާފައެވެ. ރާއްޖެއާ ރާއްޖޭން ބޭރުން ތަޢުލީމާ ތަމްރީނު ހޯދުމަށް ހަޔައެޑިއުކޭޝަން މިނިސްޓްރީން މަތީ ތަޢުލީމަށް ދޫކުރާ ލޯނުތަކަކީ އިސްލާމީ ހަމަތަކަށް ފެތޭ ލޯންތަކަކަށް ހެއްދެވުމަށް ރައީސުލް ޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

93 ސްކޮލަރޝިޕް ސްކީމަށް 344 މިލިއަން ރުފިޔާ ހޭދަކޮށްފިޚަބަރު | 4 ދުވަސް ކުރިންސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން 982 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިޚަބަރު | 13 ދުވަސް ކުރިންސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައި އެސަސަރެއްގެ ގޮތުގައި ދަފްތަރުވުމުގެ ފުރުސަތު ޚަބަރު | 3 މަސް ކުރިންހުއްދަ ދޫކޮށްފައިވާ މަތީ ތަޢުލީމުދޭ މަރުކަޒުތައް އައު ދަފްތަރުގައި ރަޖިސްޓްރީވާން އެދިއްޖެޚަބަރު | 7 މަސް ކުރިން