logo
E-Platinum
ޚަބަރު

ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ބީއެމްއެލްއަށް 558 މިލިއަން ރުފިޔާ

އާމިނަތު ޝަފާ
29 ޖުލައި 2025 - 09:58
ބީއެމްއެލް
ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް އިން މި އަހަރުގެ ދެވަނަ ކުއާޓަރގައި ހިންގުމުގެ ފައިދާގެ ގޮތުގައި 790 މިލިއަން ރުފިޔާ ހޯދައިފިއެވެ. މި މުއްދަތުގައި ސާފު ފައިދާގެ ގޮތުގައި ބޭންކަށް ވަނީ 558 މިލިއަން ރުފިޔާ ލިބިފައެވެ.

މިއީ މިދިޔަ އަހަރާ އަޅައިބަލާއިރު 24 އިންސައްތައި ގެ ކުރިއެރުމެކެވެ. މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި ބޭންކަށް 1.05 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހާ އަޅައިބަލާއިރު 12އިންސައްތައިގެ ކުރިއެރުމެކެވެ. މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހިންގުމުގެ ފައިދާގެ ގޮތުގައި ބީއެމްއެލްއަށް 1.4 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ކުރީ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 6 އިންސައްތައި ގެ ކުރިއެރުމެކެވެ.

ދެވަނަ ކުއާޓަރ ނިމުނުއިރު ބޭންކުން ޖުމްލަ ދޫކޮށްފައިވާ ލޯނުގެ އަދަދުވަނީ 21.3 ބިލިއަން ރުފިޔާއެވެ. އަދި 33.6 ބިލިއަން ރުފިޔާގެ ޑިޕޮސިޓާއެކު ޖުމްލަ އެސެޓް ހުރީ 51 ބިލިއަން ރުފިޔާގައެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ބޭންކުންވަނީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް މުޅިން އަލަށް 3 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ. ބޭންކުގެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންގަނޑަށްވުރެ މަތީގައި ދެމެހެއްޓިފައިވެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގައަކާއި، ރާއްޖޭގެ 20 އަތޮޅެއްގައި 40 ބްރާންޗް، 133 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، 188 އޭޓީއެމް، އެޖެންޓް ބޭންކިންގ ޚިދުމަތްތަކާއެކު ބޭންކް އޮފް މޯލްޑިވްސްއިން ފުރިހަމަ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދެއެވެ. ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އީޖާދީ ބޭންކިންގ ހައްލުތައް ގާއިމުކޮށް މުޖުތަމަޢު ބާރުވެރިކުރުވުމަށެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެންސްޕާ ޕޭޝަންޓުންނަށް ބޭންކުން ދޭ ޑޮލަރުގެ ލިމިޓް މިއަދުން ފެށިގެން ބޮޑުވާނެޚަބަރު | 5 ގަޑިއިރު ކުރިންރާއްޖޭގައި ބާސްކެޓް އެރީނާއެއް ތަރައްގީކޮށް ބާސްކެޓަށް އެހީވުމުގެ އެއްބަސްވުމެއްކުޅިވަރު | ދުވަހެއް ކުރިންދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ބީއެމްއެލްއަށް 558 މިލިއަން ރުފިޔާޚަބަރު | 3 ދުވަސް ކުރިންބީ.އެމް.އެލްއިން އެސް.ޑީ.އެފް.ސީގެ ހިއްސާ ގަތުން: ބިދޭސީން ގިނަ ދާއިރާތަކަށް ދިވެހިން ނެރުމަށް ލޯނު ސްކީމެއްޚަބަރު | 10 ދުވަސް ކުރިން