logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރާއްޖޭގައި ބާސްކެޓް އެރީނާއެއް ތަރައްގީކޮށް ބާސްކެޓަށް އެހީވުމުގެ އެއްބަސްވުމެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
31 ޖުލައި 2025 - 01:57
އެއްބަސްވުމުގައި ސޮއިކުރުން، ފޮޓޯ: ބީއެމްއެލް
އެއްބަސްވުމުގައި ސޮއިކުރުން، ފޮޓޯ: ބީއެމްއެލް

ރާއްޖޭގައި ބާސްކެޓްބޯޅަ ކުރިއަރުވައި، ވަސީލަތްތައް ގާއިމުކުރުމަށްޓަކައި ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް ޕާޓްނަޝިޕް އެއްބަސްވުމެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ޝަރީފެވެ. އަދި އެމްބީއޭގެ ފަރާތުން ސޮއިކުރެއްވީ އެސޯސިއޭޝަންގެ ރައީސް އަޙްމަދު އާދަމް (އެޑަމް) އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެއްބަސްވުމުގެ ދަށުން ބީއެމްއެލްއިން އިންޑޯ ބާސްކެޓްބޯޅަ އެރީނާއެއް ތަރައްގީކޮށްދިނުމަށް ހަމަޖެހިފައިވާއިރު، މި އެރީނާއަކީ ބާސްކެޓްބޯޅަ ގައުމީ ޓީމާއި ކުޅުންތެރިންގެ ޕްރެކްޓިސްއަށް ޚާއްސަ ކުރެވިފައިވާ ތަނަކަށް ވެގެންދާނެއެވެ. އަދި ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ދެ ބާސްކެޓްބޯޅަ މުބާރާތް ކަމަށްވާ ނެޝަނަލް ބާސްކެޓްބޯޅަ ލީގާއި ނެޝަނަލް 3 އޮން 3 ލީގު ކުޅުމަށްވެސް މި އެރީނާ ބޭނުންކުރެވޭނެއެވެ.

"މިއާއެކު ކުޅުންތެރިން ތަރައްގީ ކުރުމަށް މަގުފަހިކޮށްދެވި މުޅި ރާއްޖޭގައި މި ކުޅިވަރު އިތުރަށް ކުރިއެރުވުމަށް މަގުފަހިވެގެންދާނެ،" ބީއެމްއެލްއިން މިކަމާ ގުޅޭގޮތުން ބުނެފައިވެއެވެ.

މީގެއިތުރުން، ރާއްޖޭގެ މައި ދެ ޓޯނަމަންޓް ކުރިޔަށް ގެންދިއުމަށް އެހީތެރިވެދިނުމާއި، ވާދަވެރި ޕްލެޓްފޯމުތައް އުފައްދައި، ރާއްޖޭގެ އެތުލީޓުން ތަމްރީނުކޮށްދިނުމަށްވެސް ބީއެމްއެލްއިން އެހީތެރިވެދޭގޮތަށް ދެފަރާތުން ވަނީ އެއްބަސްވެފައެވެ.

މި އެއްބަސްވުމަކީ ރާއްޖޭގެ ބާސްކެޓްބޯޅައަށް އައު ހަރުފަތަކަށް އެޅޭ ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަރލްޑް ޓްރެވަލް އެވޯޑްސް 2026ގެ ޕްލެޓިނަމް ޓައިޓަލް ސްޕޮންސަރަކަށް ބީއެމްއެލްޚަބަރު | ދުވަހެއް ކުރިންޑޮލަރު ޓްރާންސްފާތަކަށް ހެދަވާ ވަގުތު، އަންނަ ހަފާތާގެ ނިޔަލަށް ހަމައަކަށް އެޅޭނެޚަބަރު | 3 ދުވަސް ކުރިންސަރުކާރުން އެސްބީއައިއަށް ޓީ-ބިލަށް ފައިސާ ދެއްކުމާއި، ބީއެމްއެލް އާ އެއްވެސް ގުޅުމެއް ނެތްޚަބަރު | 4 ދުވަސް ކުރިންމެއިންޓެނެންސް މަސައްކަތެއް ކުރާތީ މިރެއާ މާދަމާ ކާޑުގެ ޚިދުމަތްތަކަށް ބުރޫ އަރާނެ: ބީއެމްއެލްވިޔަފާރި | 5 ދުވަސް ކުރިން