logo
MPL

MPL

ޚަބަރު

ހެވީލޯޑް ކުންފުނީގެ ކުޑަފަރެސް ރިސޯޓު ވިއްކާލަން ބީއެމްއެލްއިން އިއުލާނުކޮށްފި

އައިޝަތު ނަޝާ
15 ނޮވެމްބަރު 2026 - 11:11
ހެވީލޯޑް ކުންފުނީގެ ކުޑަފަރެސް ރިސޯޓު ވިއްކާލަން ބީއެމްއެލްއިން އިއުލާނުކޮށްފި

ހެވީލޯޑް ކުންފުނީގެ ތިން ރަށެއް ވިއްކާލަން ސިވިލް ކޯޓުން ބީއެމްއެލްއަށް ދިން ހުއްދައާ އެކު، ލ. ކުޑަފަރެސް ވިއްކާލަން އެ ބޭންކުން މިއަދު އިއުލާނުކޮށްފި އެވެ.

ހެވީލޯޑް ކުންފުންޏަށް ބީއެމްއެެލްއިން ދޫކުރި 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ގެ ލޯނެއް ނުދެއްކުމުން އެ ކުންފުނީގެ ތިން ރަށެއް ވިއްކާލަން ސިވިލް ކޯޓުން ކުރިން ވެސް ހުއްދަ ދިނެވެ. އެހެންނަމަވެސް އެ ހުކުމް ހައި ކޯޓުން ވަނީ ބާތިލުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސިވިލް ކޯޓުން މިދިޔަ މަހުގެ 28 ވަނަ ދުވަހު އަނެއްކާވެސް ވަނީ ތިން ރަށް ވިއްކާލަން ބީއެމްއެލްއަށް ހުއްދަ ދީފަ އެވެ. ކޯޓުން އެ އަމުރު ނެރުނުއިރު ރަށްތައް ވިއްކާލުމަށާއި އެ އަށް ބީއެމްއެލްއިން އެދުނު އަގަށް ހެވީ ލޯޑް ކުންފުނިން ވަނީ އެއްބަސްވެފައެވެ.

ބީއެމްއެލް މިއަދު ކުރި އިއުލާނުގައި ވާގޮތުން ކުޑަފަރެސް ވިއްކާނެ އެންމެ ކުޑަ އަގަރީ 45.6 މިލިއަން ޑޮލަރެވެ. އެ ރަށް ގަންނަން އެދޭ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ދެވަނަ ދުަވަހުގެ މެންދުރު 12:00 އެވެ. 

ހެވީލޯޑަށް ދޫކޮށްފައިވާ ކުޑަފަރެސް ތިން މަސް ތެރޭގައި ވިއްކާލުމުގެ ހުއްދަ ދީފައިވާއިރު، ކޯޓު އަމުރުގައިވާ ގޮތުން ފުރަތަމަ މަހު ރަށްތައް ވިއްކުމުގެ ފެށޭ އަގަކީ 46 މިލިއަން ޑޮލަރެވެ. ފުރަތަމަ މަހުގެ ތެރޭ ނުވިކިއްޖެ ނަމަ ދެން ފެށޭ އަގަކީ 40 މިލިއަން ޑޮލަރެވެ. ތިން މަސްތެރެއަށް ބަލާއިރު ވިއްކުމުގެ ފެށޭ އަގަކީ 38 މިލިއަން ޑޮލަރު ކަމަށް އަމުރުގައިވެ އެވެ. 

ވިއްކާލަން ހުއްދަދީފައިވަނީ ކުޑަފަރެސްގެ އިތުރުން ފަރެސް އަދި ބޮޑުހުރާ އެވެ. އޭގެ ތެރެއިން ފަރެސް އާއި ކުޑަފަރެސްއަކީ ރަހާ ރިސޯޓް ހިންގަމުންދާ ދެ ރަށެވެ. ބޮޑުހުރާ ދޫކޮށްފައިވަނީ ދަނޑުވެރި ކަމަށެވެ. އެ ރަށްރަށުގެ ހެޑް ލީޒް ހަމަވަނީ 2064 ވަނަ އަހަރު އެވެ.

މި ތިން ރަށުގެ ވެރިފަރާތަކީ ހެވީލޯޑް ކުންފުންޏާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އަދި އޭނާގެ ތިން ދަރިންނެވެ. ހެވީލޯޑް ކުންފުނީގައި ވެސް މޫސަ އާއި އޭނާގެ ކުދިންގެ ހިއްސާ އޮވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހެވީލޯޑް ކުންފުނީގެ ކުޑަފަރެސް ރިސޯޓު ވިއްކާލަން ބީއެމްއެލްއިން އިއުލާނުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންބީއެމްއެލްގެ ކާނިވާ ކާމިޔާބުކަމާ އެކު ނިންމާލައިފިވިޔަފާރި | 9 ގަޑިއިރު ކުރިންބީއެމްއެލްގެ އަހަރީ ދުވަސް ފާހަގަކުރުމަށް ޚާއްޞަ ކާނިވަލެއް!ވިޔަފާރި | 5 ދުވަސް ކުރިން25,000ރ. ގެ އިނާމާއެކު ބީއެމްއެލްގެ "ސްވައިޕް. ސްޕެންޑް. ވިން." ޕްރޮމޯޝަން ފަށައިފިވިޔަފާރި | 14 ދުވަސް ކުރިން