ބީއެމްއެލްގެ ކާނިވާ ކާމިޔާބުކަމާ އެކު ނިންމާލައިފި
15 ނޮވެމްބަރު 2026 - 04:49

ބޭންކު އޮފް މޯލްޑިވުސް އަށް 44 އަހަރުފުރިގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިޔައްގެންދިޔަ "ކާނިވާ 44" ކާމިޔާބު ކަމާއެކު ނިންމާލައިފި ކަމަށް އެ ބޭންކުން ބުނެފި އެވެ.
މިފެސްޓިވަލް ކުރިޔަށް ގެންގޮސްފައި ވަނީ މިމަހުގެ 11އިން 14ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ކާނިވާ ހުޅުވާލާފައި ވަނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 12:00 އެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ކާނިވަލަށް ޒިޔާރަތް ކުރި ފަރާތްތަކަށް ތަފާތު އިނާމުތައް ލިބޭނެ ނިޒާމެެއް ވެސް ބޭންކުން ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން ކާނިވާގެ ތެރެއިން 50 ރުފިޔާއިން މަތީގެ ސްވައިޕް ޓްރާންސެކްޝަނެއް ހަދާ ކޮންމެ ފަރާތަކަށްވެސް ހާއްސަ ލަކީޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވެ އެވެ.

ބީއެމްއެލްއިން ފާހަގަކުރާ ގޮތުގައި މިއީ ބޭންކާއި އާންމު ރައްޔިތުންނާ އޮތް ގުޅުން ބަދަހިކުރުމަށާއި ކުދި ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ދިނުމަށް ބޭއްވި ކާނިވަލެކެވެ. ބީއެމްއެލް އިން ބުނީ ކާނިވާގެ މައިގަނޑު މަގުސަދަކީ އާންމުން އެއްވެ، އާއިލާއާ އެކީގައި ވަގުތު ހޭދަކޮށްލާނެ ރަނގަޅު މާހައުލެއް ގާއިމުކުރުމުގެ އިތުރުން ކުދި ވިޔަފާރިތަކަށް އިތުރަށް ސަަޕޯޓްދިނުން ކަމަށެވެ.

-01.jpg&w=3840&q=75)
