logo
Bank of Maldives

Bank of Maldives

ޚަބަރު

އެންސްޕާ ޕޭޝަންޓުންނަށް ބޭންކުން ދޭ ޑޮލަރުގެ ލިމިޓް މިއަދުން ފެށިގެން ބޮޑުވާނެ

އާމިނަތު ޝަފާ
1 އޯގަސްޓު 2025 - 05:36
ބީއެމްއެލް
ބީއެމްއެލް

މިއަދުން ފެށިގެން އެންސްޕާ ޕޭޝަންޓުންނަށް ވެސް ބޭންކުތަކުން 2000 ޑޮލަރާ ހަމައަށް ޑޮލަރު ލިބޭނެ ގޮތް ހަމަޖައްސައިފިއެވެ.

ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ދާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި ލުއިފަސޭހަކޮށް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާރު ވެސް އާސަންދަ ޕޭޝަންޓުންނަށް ބޭންކު މެދުވެރިކޮށް 2000 ޑޮލަރު ލިބެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެންސްޕާ ޕޭޝަންޓުންނަށް ވެސް ބޭންކުތަކުން 2000 ޑޮލަރާ ހަމައަށް ޑޮލަރު ލިބޭނެ ގޮތް ހަމަޖައްސަން ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ޖުލައިމަހުގެ ފަހުކޮޅުގައެވެ.

މިކަމާއި ގުޅިގެން ސޯސަލް މީޑިއާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރި ޕޯސްޓެއްގައި ބުނީ އިންޓަނެޓް ނުވަތަ މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް އެކަމާ ގުޅޭ ލިޔެކިޔުންތައް ހުށަހަޅައިގެން ބޭސްފަރުވާއަށް ދާ މީހުންނަށް ޑޮލަރު ގަންނަން ލިބޭނެކަމަށެވެ.

އެންސްޕާ ޕޭޝަންޓުންގެ އިތުރުން އަމިއްލަ ޚަރަދުގައި ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް ދާ ފަރާތްތަކަށްވެސް އޯގަސްޓުމަހުގެ 1 ވަނަ ދުވަހުން ފެށިގެން 1،000 ޑޮލަރު ބޭންކުތައް މެދުވެރިކޮށް ހަމަޖެހިގެންދާނެއެވެ.

އާސަންދައިގެ ދަށުން ބޭހަށްދާ މީހެއް ނަމަ ބަލިމީހާ އަދި އެހީތެރިޔާގެ ޓިކެޓް އަދި ޕާސްޕޯޓް ކޮޕީގެ އިތުރުން އާސަންދަ އެޕްރޫވަލް ނުވަތަ ރިކޮމެންޑޭޝަން ލެޓާ ހުށަހަޅަން ޖެހޭނެ އެވެ.

އެންސްޕާގެ އެހީ ލިބިގެންދާ މީހުން ޑޮލަރު ގަންނަން އެންސްޕާއިން އެހީ ހަމަޖެހުނު ކަމުގެ ލިޔުން، ބަލިމީހާ އާއި އެހީތެރިޔާގެ ޓިކެޓާއި ޕާސްޕޯޓް ކޮޕީ ހުށަހަޅަންޖެހޭނެ އެވެ.

އެއްވެސް އެހީއެއް ނުލިބި އަމިއްލަ ހަރަދުގައި ބޭހަށްދާ މީހަކު ނަމަ ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހޭ ކަމަށް ބަޔާންކޮށް ޑޮކްޓަރު ދީފައިވާ ލިޔުން އަދި މި ލިޔުމުގައި ބައްޔާއި ބަލީގެ ހިސްޓްރީ އެނގެން ނެތް ނަމަ އެކަން އެނގޭނެ ވަކި ލިޔުމެއް، ޑޮކްޓަރުގެ ނުވަތަ ފަރުވާގެ އެޕޮއިންޓްމެންޓް ހަމަޖެހިފައިވާ ކަމުގެ ލިޔުން، ބަލިމީހާގެ ޓިކެޓާއި ޕާސްޕޯޓް ކޮޕީ ބޭނުންވާނެ އެވެ.

އަމިއްލަ ހަރަދުގައި ފަރުވާއަށް ދާ މީހުންނަށް މީގެކުރިން ބީއެމްއެލް މެދުވެރިކޮށް ލިބެނީ، ޓިކެޓަށް ލިބޭ 500 ޑޮލަރު އެކަންޏެވެ. މި ނިންމުމާއެކު ބޭހަށްދާ ދިވެހިންނަށް އިއިތުރު ލުއިފަސޭހަކަމެއްލިބިގެންދާނެކަމަށް ބޭންކުން ލަފާކުރެއެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އަކީ ބޭސްފަރުވާގެ އިތުރުން ވެސް، ދައުލަތުގެ އާސަންދަ ސްކީމްގެ ދަށުން އެހެނިހެން މުހިންމު ކަންކަމުގައި އާންމުންނަށް މާލީ އެހީ ފޯރުކޮށްދޭ ސަރުކާރުގެ މުހިންމު އޭޖެންސީއެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ އެޕްތަކެއް މަނާކުރުން: ރައްކާތެރި ޑިޖިޓަލް ޖީލެއް ބިނާކުރުމަށް އެޅޭ ބިންގަލެއްރިޕޯޓް | 4 ގަޑިއިރު ކުރިންމަރްހޫމް އާސިފް ގެ އާއިލާއަށް ރައީސް ގެ ތައުޒިޔާޚަބަރު | ދުވަހެއް ކުރިންރައީސް ވިދާޅުވީ ޓީމަކީ އާޖެންޓީނާ ކަމަށް، އެކަމަކު ތަށި ނެގުމުގެ ފުރުސަތު ބޮޑީ ފްރާންސް ކަމަށް!ޚަބަރު | 2 ދުވަސް ކުރިންކެނެޑާގެ 31 ވަނަ ގަވަރނަރ ޖެނެރަލަށް ރައީސް މަރުހަބާ ވިދާޅުވެއްޖެޚަބަރު | 2 ދުވަސް ކުރިން