logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް ޔާމީން މިނިވަންކުރަން އަޑުއުފުލަން ޔާމީންގެ ދަރިކަލުންނެއް ނާދޭ

އާމިނަތު ޝަފާ
1 އޯގަސްޓު 2025 - 10:55
ރައީސް ޔާމީން މިނިވަންކުރަން  އަޑުއުފުލަން ޔާމީންގެ ދަރިކަލުންނެއް ނާދޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން އޭރު ޕީޕީއެމްއިން ކުރި މުޒާހަރާތަކުގައި ބައިވެރިވެ ރައީސް ޔާމީންގެ ހައްގުގައި އަޑުއުފުލަން އެމަނިކުފާނުގެ ދަރިކަލުން ނާންނަކަމަށާއި އެކަން ކުރީ ޕީއެންސީގެ އާއްމު މެމްބަރުންކަމަށް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

މެންދުރު ޓީވީގެ ޖަވާބުދާރީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީ ޝަކީލް ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ އެމްޑީޕީ ސަރުކާރުގެ 5 އަހަރުގެ ތެރެއިން ގާތްގަނޑަކަށް 3 އަހަރު ރައީސް ޔާމީން ހޭދަކުރެއްވީ ޖަލުގައިކަމަށެވެ. އެހެންނަމަވެސް ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު ވެރިކަމަށް ހޮވިވަޑައިގަތުމާ އެކުހެން އެންމެ ފުރަތަމަވެސް ކުރެއްވިކަމަކީ ރައީސް ސާލިހްގެ އަރިހުން އެދިގެން ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވުންކަމަށް އެމްޑީ ޝަކީލް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވީ ރައީސް ސާލިހްކަމަށް ދޭހަވާ މޭރުމުން އެމަނިކުފާނުވެސް އަދި އެމްޑީޕީންވެސް ވާހަކަ ދައްކާއިރު ރައީސް ސާލިހަކީ ތެދުބަހުން ވާހަކަދައްކަން ނޭނގޭ ބޭފުޅެއްކަމަށް ޝަކީލް ވިދާޅުވިއެވެ.

ރައީސް ޔާމީން އޭރު ހުންނެވީ ޖަލުގައިކަމަށް ވުމާއެކު އެމަނިކުފާނު މިނިވަންކުރަން ރައީސް މުއިއްޒު ކުރެއްވި މަސައްކަތްތަކެއް ޔާމީނަށް އެނގިވަޑައިނުގަންނަވާނެކަން ޝަކީލް ފާހަގަކުރެއްވިއެވެ.

" އަޅުގަނޑުމެން ޔާމީންގެ ހައްގުގައި އުފުލި ތަކުލީފުތައް. އަޅުގަނޑުމެންގެ ތެރެއިން ކިތައް އާއްމު ރައްޔިތުންނަށްތޯ ސާލިހުގެ ސަރުކާރުން ދައުވާތައް އުފުލީ. ތަކުރާރުކޮށް ކުރި މުޒާހަރާތަކުގައި ކިތައް މީހުންގެ އަތްފައި ބިނދުނުތޯ؟ ކިތަށް މީހުންގެ ލޮލަށް ޕެޕާ ސްޕްރޭ ޖެހިތޯ؟ ކިތައް މީހުންތޯ ހޮސްޕިޓަލަށް ގެންދަންޖެހުނީ. މިއަދު އެއިން އެއްވެސް ވާހަކައެއް ނުދައްކާ".

ރައީސް ޔާމީންގެ ހައްގުގައި ޕާޓީގެ އާއްމު މެމްބަރުންނާއި ލީޑަރޝިޕުން ކުރި މަސައްކަތްތަކުގެ އަގު އެމަނިކުފާނު މިއަދު ވަޒަން ނުކުރާކަމަށާއި އޭގެ ބަދަލުގައި ފެންނަނީ ހިޔާނާތްތެރިންނާއެކު ރައީސް މުއިއްޒަށް ފާޑުކިޔާ މަންޒަރުކަމަށް ޝަކީލް ވިދާޅުވިއެވެ.

"ރައީސް ޔާމީން ޖަލު ގޮޅީގައި ހޭދަކުރެއްވިއިރު އެމަނިކުފާނުގެ ދަރިކަލުންނެއް ނާދޭ އެމަނިކުފާނުގެ ހައްގުގައި މުޒާހަރާކުރާކަށް. އަޅުގަނޑުމެން މީހުން ހައްޔަރުކުރީމަ އެމީހުން ސަލާމަތްކޮށްގެން ނޫނީ ނުނިދަން. އާއްމު މެމްބަރުން ކުރިހާ މަސައްކަތުގެ ވާހަކައެއް ނުދައްކައޭ. ދައްކަނީ ރައީސް ސާލިހުގެ ރަނގަޅުކަމުން ގެއަށް ބަދަލުކުރި ވާހަކަ".

ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެއަށް ބަދަލުކުރީ 2023 ވަނަ އަހަރުއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު ތަސްދީޤުކުރައްވައިފިޚަބަރު | ގަޑިއިރެއް ކުރިންބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވައިފިޚަބަރު | 7 ގަޑިއިރު ކުރިންޤަޠަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފިޚަބަރު | 13 ގަޑިއިރު ކުރިންރާއްޖޭގެ އެއްބާރުލުން ޤަޠަރަށް ލިބެމުންދާނެކަމުގެ ޔަޤީންކަން ރައީސްދެއްވައިފިޚަބަރު | ދުވަހެއް ކުރިން