logo
E-Platinum
ދުނިޔެ

މުޅި ދުނިޔެ ކުރިމަތީގައި ޔަހޫދީން ބޭޒާރުވަނީ، ނަތަންޔާޙޫގެ ޢަމަލުތަކާ ދެކޮޅަށް އިސްރާޢީލުގެ ހިއުމަން ރައިޓްސް އިދާރާތަކުން ނިކުމެއްޖެ

އަބްދުﷲ ޣާނިމް
30 ޖުލައި 2025 - 03:32
މުޅި ދުނިޔެ ކުރިމަތީގައި ޔަހޫދީން ބޭޒާރުވަނީ، ނަތަންޔާޙޫގެ ޢަމަލުތަކާ ދެކޮޅަށް އިސްރާޢީލުގެ ހިއުމަން ރައިޓްސް އިދާރާތަކުން ނިކުމެއްޖެ

އިސްރާޢީލުން ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންގެންދާ ލާއިންސާނީ ޢަމަލުތަކާއި ގުޅިގެން މުނި ދުނިޔެއަށް ޔަހޫދީ ދަޢުލަތް ބޭޒާރުވާން ފަށައިފިއެވެ.

ފަހަކަށް އައިސް ދުނިޔޭގެ އެންމެ ވަރުގަދަ މީޑިޔާތަށްކަމުގައިވާ ބީބީސީ، ސީއެންއެން، ސްކައި ނިއުސް އަދި ވޮޝިންގްޓަން ޕޯސްޓް ފަދަ ބޮޑެތި މީޑިޔާތަކަން ކުރިމަތިވި ޕްރެޝަރާހުރެ، އެމީޑިޔާތަކުން މިހާރު އިސްރާއީލަށް ފާޑުކިޔަން ފަށާފައިވާއިރު، ފާއިތުވެ ދިޔަ ދެދުވަސް ތެރޭގައި ޔޫރަޕުގެ ގަދަ ދެބާރުކަމަށްވާ ފްރާންސް އާއި އިނގިރޭސި ވިލާތުން ފަލަސްޠީނަކީ ވަކި ދަޢުލަތެއްގެ ގޮތުގައި ބަލައިގަންނަށް ވަނީ އިޢުލާން ކޮށްފައެވެ. މީގެ އިތުރުންވެސް އިސްރާޢީލުގެ ލާއިންސާނީ ޢަމަލުތަކާއި ދެކޮޅަށް ފާއިތުވެދިޔަ ދުވަސްތަކުގައި ގިނަބަޔަކުވަނީ ނިކުމެފައެވެ.

މިހުރިހާ ކަންކަމަށް ދުނިޔޭގެ އެތަށް ބައެއް ކުރިމަތީގައި ދޮގުތަށް ހަދަމުން ގެންދިޔައިރު، އެކަންކަން ފަސްއަޅައި ފޮރުވުމަށް އެތަކެއް މަސައްކަތްތަކެއް ފާއިތުވެދިޔަ ދުވަސްތަކުގައި އިސްރާޢީލުން އައީ ކުރަމުންނެވެ.

ނަމަވެސް މިހާރު ދުނިޔެ ކުރިމަތީގައި ފެންނަމުން ދަނީ އެހެން މަންޒަރެކެވެ. ނަތަންޔާހޫގެ ސަރުކާރުން ހަދަމުންގެންދާ ދޮގުތަކާއި ދެކޮޅަށް އެންމެ ފަހުން އަމިއްލަ ޤައުމުގެ ހިއުމަން ރައިޓްސް ޖަމްއިއްޔާތަކުން ނިކުމެ، ނަތަންޔާހޫ މުޅި ދުނިޔެއަށް މިހާރުވަނީ ބޭޒާރުކޮށްލާފައެވެ.

އިސްރާއީލުގެ ހިއުމަން ރައިޓްސް ދެ ޖަމްއިއްޔާއަކުން ބުނެފައިވަނީ އެ ގައުމުން ޣައްޒާގެ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ޖެނޮސައިޑް ހިންގަމުންދާ ކަމަށާއި މިއީ މިހާރު ދެބަހެއް ނުވެވޭނެ ހަޤީގަތެއް ކަމަށެވެ.

ބީ'ސެލެމް އަދި ފިޒިޝަންސް ފޯ ހިއުމަން ރައިޓްސް (ޕީއެޗްއާރު) އިން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ޣައްޒާގެ ފަލަސްތީނު މުޖުތަމައު ފުނޑާލުމަށް އިސްރާއީލުން ރޭވުންތެރިކަމާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ. ހަމާސްއާ ދެކޮޅަށް ފެށި ހަނގުރާމައިގެ 22 މަސް ފާއިތުވެގެން ދިޔައިރު، އިސްރާއީލު ތެރެއިން މިފަދަ ތުހުމަތެއް ކުރި ފުރަތަމަ ބޮޑެތި ޖަމްއިއްޔާތަކަކީ މި ދެ ޖަމްއިއްޔާއެވެ.

ބީ'ސެލެމްގެ ޑިރެކްޓަރު ޔޫލީ ނޮވަކް ވިދާޅުވީ "އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ އާންމު ރައްޔިތުންނަށް ގަސްތުގައި ހަމަލާދީ، އެ ބަޔަކު ނައްތާލުމަށް ކުރާ މަސައްކަތް" ކަމަށެވެ. އަދި މި ރިޕޯޓަކީ އެ ޖަމްއިއްޔާއިން ލިޔަން ޖެހިދާނެ ކަމަށް ހީވެސް ނުކުރާ ރިޕޯޓެއް ކަމަށް ވިދާޅުވިއެވެ.

އިސްރާއީލުން ޖެނޮސައިޑް ހިންގަމުންދާ ކަމުގެ ތުހުމަތުތައް ވަނީ ގަދައަށް ދޮގުކޮށްފައެވެ. އިސްރާއީލު ސަރުކާރުގެ ތަރުޖަމާނު ޑޭވިޑް މެންސަރ ވިދާޅުވީ މި ތުހުމަތުތަކަކީ އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ ޖެނޮސައިޑްގެ މައިގަނޑު ސިފައަކީ ގަސްތުގައި އެކަން ކުރުން ކަމަށާއި، 1.9 މިލިއަން ޓަނުގެ އެހީ، އޭގެ ތެރެއިން ގިނަ އަދަދެއްގެ ކާބޯތަކެތި ފޮނުވާ ގައުމަކުން ޖެނޮސައިޑް ހިންގަން މަސައްކަތް ކުރާނެ ކަމަކަށް ނުބެލެވޭނެ ކަމަށެވެ.

މީގެ އިތުރުންވެސް ޣާޒާގައި ހިންގާ ލާއިންސާނީ ޢަމަލުތަކާގުޅިގެން ނަތަންޔާހޫ ހައްޔަރުކުރުމަށް މިދިޔަ އަހަރުގެ ނޮވެންބަރުމަހުގައި ދުނިޔޭގެ އެންމެ މަތީ ކޯޓުކަމަށްވާ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ވަނީ އަމުރުނެރެފައެވެ. މިއާއެކު ދުނިޔޭގެ ގިނަ ޤައުމުތަކުން ވަނީ ނަތަންޔާހޫ އާއި ސަރުކާރުގެ އިސްފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅަން ފަށާފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގެފަހުން އިސްރާއީލުން ޣާޒާގައި މިހާތަނަށް 60،000 އަށްވުރެ ގިނަ މީހުން ވަނީ ގަތުލުކޮށްފައެވެ. މީގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި ޣައްޒާގެ ގިނަ އަދަދެއްގެ އުމްރާނީ ވަސީލަތްތައް ވަނީ ހަލާކުވެފައެވެ. އަދި ދެ މިލިއަނަށްވުރެ ގިނަ އާބާދީގެ ގިނަ ބަޔަކު ވަނީ ނިކަމެތި ހާލުގައި ޖެހިފައެވެ. މީގެ އިތުރުން މުޅި ޣާޒާ ގައި މިހާރުދަނީ ބަނޑަށްޖެހި، އެތަކެއް ބައެއް ކޮންމެ ދުވަހަކުވެސް ޝަހީދުވަމުންނެވެ.

ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި މަދުވެގެން 14 މީހުން ވަނީ ބަނޑުހައިހޫނުކަމާއި ކެއުމުގެ ދަތިކަމުގެ ސަބަބުން މަރުވެފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޣައްޒާގެ ހާލަތު ނިމުމަކަށް ގެނައުމަށް އިތުރު ފިޔަވަޅުތައް އަޅަން ދިވެހިރާއްޖެއިން ގޮވާލައިފިޚަބަރު | 2 ދުވަސް ކުރިންމުޅި ދުނިޔެ ކުރިމަތީގައި ޔަހޫދީން ބޭޒާރުވަނީ، ނަތަންޔާޙޫގެ ޢަމަލުތަކާ ދެކޮޅަށް އިސްރާޢީލުގެ ހިއުމަން ރައިޓްސް އިދާރާތަކުން ނިކުމެއްޖެދުނިޔެ | 3 ދުވަސް ކުރިންޣައްޒާގައި ހުރި ހަމައެކަނި ހޮސްޕިޓަލްވެސް ސުންނާފަތި ކޮށްލައިފި World | 4 މަސް ކުރިންއިސްރާއީލުގެ އެތެރޭގެ އިންޓެލިޖެންސް އޭޖެންސީ ޝިން ބެޓްގެ ވެރިޔާ މަގާމުން ދުރުކުރަނީ ދުނިޔެ | 4 މަސް ކުރިން