logo
Bank of Maldives

Bank of Maldives

ޚަބަރު

އިސްރާޢިލުން ޣައްޒާގައި ހިންގަނީ ނަސްލުނައްތާލުމުގެ ޢަމަލުތަކެއް: އދ.ގެ މިނިވަން ތަހްގީގު ޓީމު

މުހައްމަދު މޫސާމުހައްމަދު މޫސާ
16 ސެޕްޓެމްބަރު 2025 - 09:16
އިސްރާޢިލުން ޣައްޒާގައި ހިންގަނީ ނަސްލުނައްތާލުމުގެ ޢަމަލުތަކެއް: އދ.ގެ މިނިވަން ތަހްގީގު ޓީމު

އިޒްރޭލުން ޣައްޒާގައި ހިންގަމުންދަނީ ނަސްލު ނައްތާލުމުގެ (ޖެނޮސައިޑް) ޢަމަލުތަކެއް ކަމަށް، އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުން އައްޔަންކުރި މިނިވަން މާހިރުންގެ ޓީމަކުން އަންގާރަ ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.

ތިން މެންބަރުންގެ މި ޓީމުން އެއްކުރި ތަފްސީލީ ހެކިތަކުގެ މައްޗަށް ބިނާކޮށް ނެރުނު މި ރިޕޯޓުގައި، ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލާފައިވަނީ މި ޖެނޮސައިޑް ހުއްޓުވައި، އެކަމަށް ޒިންމާވާ ފަރާތްތަކަށް އަދަބު ދިނުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ ހަމާސްއާ ދެކޮޅަށް އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގައި އެތަކެއް ހާސް މީހުން މަރުވެފައިވާ ހިނދު، ބެންޖަމިން ނެތަންޔާހޫގެ ސަރުކާރާ ދެކޮޅަށް އިންސާނީ ޙައްޤުތަކުގެ ޖަމާޢަތްތަކުން އުފުލަމުންދާ އެންމެ ފަހުގެ ތުހުމަތެވެ.

އެހެންނަމަވެސް، އިޒްރޭލުން މި ރިޕޯޓާމެދު ދެކޮޅު ހަދައި، މިއީ ދޮގު އަދި އޮޅުވާލައިގެން ތައްޔާރުކޮށްފައިވާ އެއްޗެއްކަމަށް ބުނެފައިވެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ފަލަސްޠީނުގެ ބިންތަކާއި އިޒްރޭލާ ގުޅޭގޮތުން ތަޙްޤީޤުކުރުމަށް 4 އަހަރު ކުރިން އުފެއްދި ކޮމިޝަނުން، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން އިޒްރޭލަށް ދިން ނުރައްކާތެރި ހަމަލާއަށްފަހު، ޣައްޒާގައާއި އެހެނިހެން ފަލަސްޠީނު ސަރަޙައްދުތަކުގައި ހިނގަމުންދާ އިންސާނީ ޙައްޤުތަކުގެ އަނިޔާތަކާއި ޚިލާފުވުންތައް ތަކުރާރުކޮށް ފާހަގަކުރަމުން އައިސްފައިވާކަމެވެ.

މި ރިޕޯޓު ނެރުމާއެކު، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފަރާތުން އިތުރު ފިޔަވަޅުތަކެއް އެޅުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިކަމުގައި އިޒްރޭލުގެ މައްޗަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ގިނަ ޤައުމުތަކުން ގޮވާލަމުންދާކަންވެސް ފާހަގަކުރެވެއެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުން އަންނަ ލާއިންސާނީ ހަނގުރާމައިގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް 64،871 މީހުން ޝަހީދުކޮށްލާފައިވެއެވެ. އަދި 164،610 މީހުން ޒަހަމްވެފައިވާއިރު، އިތުރު އެތައް ހާސް ބަޔަކު ޣައްޒާގެ ފުނޑުފުނޑުކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތިބި ކަމަށް ބެލެވެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ފަންޑް ފޯ ރެސްޕޮންޑިންގ" ފަދަ ވަސީލަތްތަކަށް ފައިސާ ހަމަޖެއްސުމަށް ރާއްޖެއިން ގޮވާލައިފިޚަބަރު | 5 ގަޑިއިރު ކުރިންއިސްރާއީލުން ހުޅަނގު އައްސޭރީގެ ދެ މިސްކިތެއްގައި ހުޅުޖަހައި ހުރުމަތް ކަނޑައިފިޚަބަރު | 3 ދުވަސް ކުރިންއިސްރާއީލުން ލުބްނާނުގެ ޞަލީބީންގެ ޒަމާނުގެ ކިއްލާއެއް ހިފައިފި، މިއީ 26 އަހަރު ތެރޭގައި އެ ގައުމުގެ އެންމެ އެތެރެއަށް ވަދެގަތް ފަހަރުދުނިޔެ | 20 ދުވަސް ކުރިންއީރާނަށް އަލުން ހަމަލާދޭނެ، އެއީ ޝައްކެތް އޮތް ކަމެއްނޫން: އިސްރާއީލްގެ މީޑިއާދުނިޔެ | މަހެއް ކުރިން