logo
ދުނިޔެ

''ގްރޭޓަރ އިސްރާއީލް'' ޕްލޭނަށް މިސްރުން ދެެކޮޅު ހަދައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
19 އޯގަސްޓު 2025 - 03:25
''ގްރޭޓަރ އިސްރާއީލް'' ޕްލޭނަށް  މިސްރުން ދެެކޮޅު ހަދައިފި

އިސްރާއީލްގެ ''ގްރޭޓަރ އިސްރާއީލް'' (ބޮޑު އިސްރާއީލް) ވިޝަން އަށް މިސްރުން ދެކޮޅުހަދާކަން ހާމަކޮށްފިއެވެ.

މިސްރުގެ ފޮރިން މިނިސްޓަރ ބަދުރު އަބްދުއްލަތީފް ހޯމަ ދުވަހު ވަނީ ފަލަސްތީނުގެ ބޮޑުވަޒީރު މުޙައްމަދު މުސްތަފާއާއެކު ބްލޮކޭޑް ކުރެވިފައިވާ ގާޒާ ސްޓްރިޕްގެ ރަފާ ބޯޑަރު ކްރޮސިންގ އަށް ޒިޔާރަތް ކުރަށްވާފައެވެ. އަދި އެތަނުގައި ހުންނަވައި އޭނާ ވަނީ އިސްރާއީލްގެ ''ގްރޭޓަރ އިސްރާއީލް'' ވިޝަންއާއި މިސްރުން ދެކޮޅު ހަދާކަން ހާމަކުރަށްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އަޅުގަނޑުމެން ޣާއްޒާއިން ފަލަސްތީނު ރައްޔިތުން ނެރުމަށް ކުރެވޭ އެއްވެސް މަސައްކަތެއް ބަލައެއް ނުގަންނަން،" ބަދުރު އަބްދުއްލަތީފް ވިދާޅުވިއެވެ.

ފާއިތުވި ހަފްތާގައި އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވަނީ އޭނާ "ގްރޭޓަރ އިސްރާއީލް" ގެ ވިސްނުމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށް ބުނެފައެވެ. އަދި އޭނާ އަމިއްލަ ނަފްސު ދެކެނީ އެއީ ތާރީޚީ އަދި ރޫޙާނީ މިޝަނެއްގެ ގޮތުގައި ކަމަށް ބުނެފަވެއެވެ.

"މިތަނަށް އައުމަށް ހުވަފެން ދެކުނު ޖީލުތަކެއްގެ ޔަހޫދީންނާއި، އަހަރެމެންގެ ފަހުން އަންނާނެ ޖީލުތަކެއްގެ ޔަހޫދީންނާއެކު" އޭނާ ބުނެފަވެއެވެ.

"ގްރޭޓަރ އިސްރާއީލް" އަކީ އިސްރާއީލްގެ ސިޔާސީ މައިދާނުގައި ބޭނުންކުރާ ބައިބަލްގެ ބަހެކެވެ. މި ބަސް ބޭނުންކުރަނީ އިސްރާއީލްގެ ސަރަޙައްދު ފުޅާކޮށް، ވެސްޓް ބޭންކާއި، ޣާއްޒާއާއި، ސީރިއާގެ ގޮލާން ހައިޓްސްއާއި، މިސުރުގެ ސިނާއީ ޕެނިންސުލާއާއި، އަދި ޖޯޑަންގެ ބައެއް ސަރަޙައްދުތައް ހިމެނުމަށެވެ.

މިސްރުގެ ފޮރިން މިނިސްޓަރު އަބްދުއްލަތީފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި އިސްރާއީލުން ވަނީ ޣާއްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްތަކެއް އަޅާފައެވެ.

"އިސްރާއީލްގެ ހުރަސްތައް ނައްތާލެވުމާއެކު މިސުރުން ޣާއްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ތައްޔާރަށް މިތިބީ،" އޭނާ އިތުރުކުރެއްވިއެވެ.

 

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''ގްރޭޓަރ އިސްރާއީލް'' ޕްލޭނަށް މިސްރުން ދެެކޮޅު ހަދައިފިދުނިޔެ | ދުވަހެއް ކުރިންޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އިސްރާއީލުގައި އެތައް ހާސް ބަޔަކު މުޒާހަރާކޮށްފިދުނިޔެ | 2 ދުވަސް ކުރިންޣައްޒާގެ ހާލަތު ދުނިޔެއަށް ފޯރުކޮށްދޭ އިސް ނޫސްވެރިންތަކެއް ޝަހީދުކޮށްލައިފިދުނިޔެ | 9 ދުވަސް ކުރިންޣައްޒާގެ ހާލަތު ނިމުމަކަށް ގެނައުމަށް އިތުރު ފިޔަވަޅުތައް އަޅަން ދިވެހިރާއްޖެއިން ގޮވާލައިފިޚަބަރު | 20 ދުވަސް ކުރިން