logo
Bank of Maldives

Bank of Maldives

ޚަބަރު

ޣައްޒާގެ ހާލަތު ނިމުމަކަށް ގެނައުމަށް އިތުރު ފިޔަވަޅުތައް އަޅަން ދިވެހިރާއްޖެއިން ގޮވާލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
31 ޖުލައި 2025 - 01:34
ޣައްޒާގެ ހާލަތު ނިމުމަކަށް ގެނައުމަށް އިތުރު ފިޔަވަޅުތައް އަޅަން ދިވެހިރާއްޖެއިން ގޮވާލައިފި

ފަލަސްޠީނު މައްސަލައަށް އަވަސް ހައްލެއް ހޯދައި، ޣައްޒާގެ ހާލަތު ނިމުމަކަށް ގެނައުމަށް އިތުރު ފިޔަވަޅުތައް އަޅަން ދިވެހިރާއްޖެއިން ގޮވާލައިފައެވެ.

ރާއްޖެއިން މިގޮތަށް ގޮވާލާފައި ވަނީ އދ. ގެ މައި މަރުކަޒުގައި ޖުލައި މަހުގެ 28 އިން 30 އަށް ކުރިއަށްދިޔަ ހައި-ލެވެލް އިންޓަރނޭޝަނަލް ކޮންފަރެންސް ފޮރ ދަ ޕީސްފުލް ސެޓަލްމަންޓް އޮފް ދަ ކުއެސްޝަން އޮފް ޕަލަސްޓައިން އެންޑް ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ-ސްޓޭޓް ސޮލިއުޝަންގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ކޮންފަރެންސްގައި އދ. އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ޢަލީ ނަޞީރު މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި، އިސްރާއީލުން ފަލަސްޠީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ޤަތުލުއާންމު ނިމުމަކަށް ގެނައުމަށް ޑިޕްލޮމެޓިކް މަސައްކަތްތަކާއި ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމަށް ގޮވާލެއްވިއެވެ.

މި ކޮންފަރެންސްގައި ޑރ. ނަޞީރު ވަނީ 1967 ވަނަ އަހަރުގެ ކުރީގެ އިންތަކުގެ މަތިން، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ފަލަސްޠީނު އޮތުމުގެ ޙައްޤު ކަށަވަރުކޮށްދިނުމަށް ގޮވާލައްވާފައެވެ. އަދި އަންރުވާ އިން ފޯރުކޮށްދޭ އެހީތެރިކަން ދެމެހެއްޓުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.

އަރަބް ރީކޮންސްޓްރަކްޝަން ޕްލޭން ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަން ދިވެހިރާއްޖެއިން ވީ މިންވަރަކުން ފޯރުކޮށްދޭން ތައްޔާރަށް ތިބިކަންވެސް ޑރ. ނަޞީރު ވަނީ ފާހަގަކުރައްވާފައެވެ.

މި ކޮންފަރެންސަކީ 2024 ވަނަ އަހަރުގެ ޑިސެމްބަރު 3 ވަނަ ދުވަހު އދ. ގެ ޢާންމު މަޖިލީހުން ފާސްކުރި ޤަރާރުގެ ދަށުން ބޭއްވި ކޮންފަރެންސެކެވެ.

ފްރާންސް އަދި ސަޢުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރުން ޗެއަރކުރައްވާ މި ކޮންފަރެންސް ވަނީ މެދު އިރުމަތީގެ ހާލަތު ގޯސްވުމާ ގުޅިގެން ޖޫން މަހު މެދުކަނޑާލުމަށްފަހު، ޖުލައި 28 ވަނަ ދުވަހު އަލުން ފަށާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަހަރެމެން މިދަނީ އެކަނިވަމުން، ހަތިޔާރު އުފެއްދުންނޫންގޮތެއްނެތް: ނަތަންޔާހޫޚަބަރު | 7 ގަޑިއިރު ކުރިންއިސްރާޢިލުން ޣައްޒާގައި ހިންގަނީ ނަސްލުނައްތާލުމުގެ ޢަމަލުތަކެއް: އދ.ގެ މިނިވަން ތަހްގީގު ޓީމުޚަބަރު | 8 ގަޑިއިރު ކުރިންއައިއޭއީއޭގެ މެމްބަރުކަން ހޯދަން ރާއްޖެއިން ހުށަހެޅި ހުށަހެޅުން ބަލައިގަންނަން ފާސްކޮށްފިޚަބަރު | ދުވަހެއް ކުރިންއަރަބި އިސްލާމީ ގައުމުތަކުގެ ކުއްލި ބައްދަލުވުމަށް ފޮރިން މިނިސްޓަރު ގަތަރަށްޚަބަރު | 2 ދުވަސް ކުރިން