logo
MPL

MPL

ޚަބަރު

މެދުއިރުމަތީގެ މަސްރަހު ފިނިކުރުމަށް ވަގުތުން ފިޔަވަޅު އެޅުމަށް ރާއްޖެއިން ގޮވާލައިފި

މުޙައްމަދު އަފްރާޙް
28 ފެބްރުއަރީ 2026 - 18:02
މެދުއިރުމަތީގެ މަސްރަހު ފިނިކުރުމަށް ވަގުތުން ފިޔަވަޅު އެޅުމަށް ރާއްޖެއިން ގޮވާލައިފި

މެދުއިރުމަތީގެ މަސްރަހު ފިނިކުރުމަށް ވަގުތުން ފިޔަވަޅު އެޅުމަށް ރާއްޖެއިން ގޮވާލައިފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި މިފަދައިން ބުނެފައިވަނީ މެދުއިރުމަތީގައި މިއަދު ފަށާފައިވާ ހަނގުރާމައާ ގުޅިގެންނެވެ. އެމެރިކާ އާއި އިސްރާއީލު ގުޅިގެން އިރާނަށް ހަމަލާދޭން ފަށާފައިވާއިރު، އެހަމަލާގެ ބަދަލެއްގެ ގޮތުން އިރާނުން ވެސް ވަނީ އިސްރާއީލާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް އަމާޒުކޮށް ހަމަލާދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާގުޅިގެން އެ މިނިސްޓްރީން ވަނީ މެދުއިރުމަތީގައި މަސްރަހު ގޯސްވެ، ހަމަނުޖެހުންތައް އިތުރުވަމުންދާ ދިއުމާ މެދު ދިވެހި ސަރުކާރުން ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އަދި ހުރިހާ ފަރާތްތަކަކުން ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، މަސްރަހު ފިނިކުރުމަށްޓަކައި އެޅެންހުރި ހުރިހާ ފިޔަވަޅެއް ވަގުތުން އެޅުމަށް ދިވެހިރާއްޖެއިން ވަނީ ގޮވާލާފައެވެ.

މީގެއިތުރުން އެ ސަރަހައްދުގެ ސުލްހަވެރިކަމާއި ހަމަޖެހުން އަލުން ގާއިމުކުރުމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ.ގެ ހަމަތަކުގެ ދަށުން ކަނޑައަޅާފައިވާ އިލްތިޒާމުތަކަށް ހުރިހާ ފަރާތްތަކުން ފުރިހަމައަށް ބޯލަނބައި އިހުތިރާމްކުރުމަށް ވެސް ރާއްޖެއިން ބާރުއަޅާފައި ވެއވެ. ހަމައެއާއެކު، ދައުލަތްތަކުގެ މިނިވަންކަމާއި އިސްތިގުލާލަށް ހުރިހާ ފަރާތްތަކުން އަބަދުވެސް ފުރިހަމައަށް އިހުތިރާމްކުރަންޖެހޭނެކަން ރާއްޖެއިން ފާހަގަކޮށްފައި ވެއެވެ.

ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނުގައި އިތުރަށް ބުނީ ދެބަސްވުންތަކާއި މައްސަލަތައް ސުލްހަވެރިކަމާއެކު ހައްލުކުރުމަށް ރާއްޖެއިން ގެންގުޅޭ ދެމިއޮތް ސިޔާސަތު އައުކުރާ ކަމަށެވެ. ސަރަހައްދީ އަދި ދުނިޔޭގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި އެންމެހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ދިވެހިރާއްޖެއިން ހާމަކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލަސްތީނަށް މިނިވަން ދައުލަތެއް ހޯދައިދޭން ގުޅިގެން މަސައްކަތް ކުރުމަށް އޯއައިސީގައި ރާއްޖެއިން ގޮވާލައިފިޚަބަރު | 12 ދުވަސް ކުރިންމިނިސްޓަރު އިރުތިޝާމު އިރާގުގައިޚަބަރު | 12 ދުވަސް ކުރިންސައޫދީގެ ދެ އެއާޕޯޓަކަށް ދިން ހަމަލާ: އެއްވެސް ދިވެއްސަކަށް އަސަރެއް ނުކުރޭ!ޚަބަރު | 18 ދުވަސް ކުރިންއިތުރު ހަތަރު ގައުމެއްގައި އެމްބަސީތައް ގާއިމު ކުރަނީޚަބަރު | 19 ދުވަސް ކުރިން