logo
MPL

MPL

ޚަބަރު

ޔޫއެއީ ކޮންސިއުލޭޓަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

މުޙައްމަދު އަފްރާޙް
11 މާރިޗު 2026 - 09:16
ޔޫއެއީ ކޮންސިއުލޭޓަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

އެކުވެރި ޢަރަބި އިމާރާތުގެ ކޮންސިއުލޭޓަށް ދިން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.


އިރާގުގެ ކުރުދީން އުޅޭ ސަރަޙައްދުގައި ހުންނަ މި ކޮންސިއުލޭޓަށް މި ހަމަލާ ކުށްވެރިކޮށް ދިވެހި ޚާރިޖީ ވުޒާރާއިން ނެރެނު ބަޔާނުގައި ވަނީ ޤައުމުތަކުގައި ހުންނަ ޑިޕްލޮމެޓިކް މަރުކަޒުތަކަށް ހަމަލާ ދިނުމަކީ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސްއާ ޚީލާފު ކަމެއް ކަމަށެވެ. އަދި މިއީ ބައިނަލްއަޤްވާމީ ގޮތުން ގަބޫލުކުރެވޭ ޑިޕްލޮމެޓިކް އުސޫލުތަކަށް ހުރަސްއެޅޭ ނުރައްކާތެރި އަމަލެއްގެ ގޮތުގައި ޚާރިޖީ ވުޒާރާގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ.

އެ ބަޔާނުގައި ދިވެހި ސަރުކާރުން ވަނީ ބޭރު ޤައުމުތަކުގައި ހުންނަ ޑިޕްލޮމެޓިކް މަރުކަޒުތައް ހިމާޔަތް ކުރުން މުހިންމުކަން ފާހަގަކޮށްފައެވެ. އަދި މި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ، ޔޫއޭއީ ސަރުކާރާއި ރައްޔިތުންނާއި އެކުގައި ކަމަށް ވެސް ބުނެފައި ވެއެވެ.

އިރާގުގެ ކުރުދީން އުޅޭ ސަރަޙައްދުގައި ހުންނަ ޔޫއޭއީ ކޮންސިއުލޭޓަށް ޑްރޯން ހަމަލާއެއް ދީފައިވަނީ ހޯމަ ދުވަހުގެ ދަންވަރު ވަގުތެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އދގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ޔޫއޭއީގެ ނުސައިބާ ގެންނަން ރާއްޖެ ތާއީދުކޮށްފިޚަބަރު | 11 ދުވަސް ކުރިންފަލަސްތީނަށް މިނިވަން ދައުލަތެއް ހޯދައިދޭން ގުޅިގެން މަސައްކަތް ކުރުމަށް އޯއައިސީގައި ރާއްޖެއިން ގޮވާލައިފިޚަބަރު | 18 ދުވަސް ކުރިންމިނިސްޓަރު އިރުތިޝާމު އިރާގުގައިޚަބަރު | 19 ދުވަސް ކުރިންސައޫދީގެ ދެ އެއާޕޯޓަކަށް ދިން ހަމަލާ: އެއްވެސް ދިވެއްސަކަށް އަސަރެއް ނުކުރޭ!ޚަބަރު | 24 ދުވަސް ކުރިން