logo
ދުނިޔެ

ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އިސްރާއީލުގައި އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
18 އޯގަސްޓު 2025 - 08:00
އިސްރާއީލްގެ ތެލްއަވީވްގައި ހަނގުރާމަ ހުއްޓާލަން ގޮވާލައި މުޒާހަރާ ކުރަނީ
އިސްރާއީލްގެ ތެލްއަވީވްގައި ހަނގުރާމަ ހުއްޓާލަން ގޮވާލައި މުޒާހަރާ ކުރަނީ

2023 ވަނަ އަހަރުގެ އޮކްޓޯބަރު އިސްރާއީލުން ފަލަސްތީނާއި ދެކޮޅަށް ކުރަމުން އަންނަ ނިރުބަވެރި ހަނގުރާމަ ފެށިފަހުން އެ ހަނގުރާމަ ނިމުމަކަށް ގެންނަން ގޮވާލައި އެ ޤައުމުގައި ބޭއްވި އެންމެ ބޮޑު އެއް މުޒާހަރާ އާދީއްތަ ދުވަހުގެ ރޭ ބާއްވައިފިއެވެ.

އިސްރާއީލްގެ ޓެލް އަވީވުގައި ބޭއްވި މި މުޒާހަރާގައި 500,000 އަށް ވުރެ ގިނަ މީހުން ބައިވެރިވިކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އާދީއްތަ ދުވަހުގެ ރޭ ބޭއްވުނު މި މުޒާހަރާއަކީ ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލްގެ ސަރުކާރަށް ޕްރެސަރ ކުރުމަށްޓަކައި ޤައުމީ ފެންވަރުގައި ބޭއްވުނު މުޒާހަރާތަކާއި އާންމު ހަޅުތާލުގެ ނަތީޖާކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ސިފަކޮށްފަވެއެވެ.

"އެންމެން ގެއަށް ގެނެސްދީ! ހަނގުރާމަ ހުއްޓާލާ!" ޓެލް އަވީވުގެ "ހޮސްޓޭޖް ސްކުއެއަރ" ކިޔާ މައިދާނަށް އެއްވެފައިވާ އެތައް ހާސް މީހުން އެއް އަޑަކުން ގޮވާފައި ވެއެވެ. މި މައިދާނަކީ ހަނގުރާމަ ފެށުނީއްސުރެ މުޒާހަރާކުރާ މީހުން އެއްވާ މައި މަރުކަޒެވެ.

މި މުޒާހަރާ އިންތިޒާމުކުރި "ހޮސްޓޭޖް އެންޑް މިސިންގ ފެމިލީސް ފޯރަމް" އިން ލަފާކުރާ ގޮތުގައި ޓެލް އަވީވުގެ މުޒާހަރާގައި ބައިވެރިވީ 500,000 އެއްހާ މީހުންނެވެ. ނަމަވެސް މި އަދަދު ފުލުހުން ކަށަވަރުކޮށްފައެއް ނުވެއެވެ.

"އަޅުގަނޑުމެން ޑިމާންޑް ކުރަނީ ފުރިހަމަ އަދި ޙާޞިލުކުރެވޭނެ އެއްބަސްވުމަކާއި ހަނގުރާމަ ނިންމާލުމަށް،" ރަހީނެއްގެ ގޮތުގައި ހިފެހެއްޓިފައިވާ މަތާންގެ މަންމަ އަދި މުޒާހަރާގެ އިސް ފަރާތެއް ކަމުގައިވާ އައިނާވް ޒަންގައު ބުނެފަވެއެވެ.

"އަޅުގަނޑުމެން ޑިމާންޑް ކުރަނީ އަޅުގަނޑުމެންގެ ޙައްޤުގައިވާ އެއްޗެއް ހޯދަން، އަޅުގަނޑުމެންގެ ދަރިން. އިސްރާއީލު ސަރުކާރުން ކުރަމުން އަންނަނީ ބޭކާރު ހަނގުރާމައެއް." މުޒާހަރާގެ އެއް ބައިވެރިއަކު ބުނެފަވެއެވެ.

"މިއީ ފަހަރެއްގައި ރަހީނުން ސަލާމަތްކުރުމަށް އޮތް އެންމެ ފަހު މިނެޓު ކަމަށް ވެދާނެ،" މުޒާހަރާގެ އިތުރު ބައިވެރިއަކު ބުނެފަވެއެވެ.

މި މުޒާހަރާތައް ބޭއްވިފައިވަނީ، ޣައްޒާގެ އިންސާނީ ޙާލަތު ނުހަނު ދަށްވެފައިވާ ދަނޑިވަޅެއްގައި، ޣައްޒާ ސިޓީ ހިފުމުގެ ޕްލޭން އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ފާސްކުރިތާ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. މިހާރު ހަނގުރާމަ ފެށިތާ 22 މަސް ވެއްޖެއެވެ.

"ހޮސްޓޭޖަސް އެންޑް މިސިންގ ފެމިލީސް ފޯރަމް" ކެމްޕޭން ގްރޫޕުން އާދީއްތަ ދުވަހު ބުނެފައިވަނީ ރަހީނުން އަނބުރާ ގެނައުމަށާއި ހަނގުރާމަ ނިންމާލުމުގެ މަޤްޞަދުގައި މުޒާހަރާކުރާ މީހުން "ޤައުމު ހުއްޓުވާލާނެ" ކަމަށެވެ.

އިސްރާއީލުގެ އެކި ކަންކޮޅުތަކުގައި މުޒާހަރާކުރާ މީހުން މަގުތައް ބަންދުކޮށް، ޓަޔަރު އަންދައި، ފުލުހުންނާ ކުރިމަތިލާފައިވެއެވެ. މުޒާހަރާކުރާ މީހުންގެ ތެރެއިން 30 ހަކަށް މީހުން ހައްޔަރުކުރެވުނު ކަމަށް ޤާނޫނު ތަންފީޒުކުރާ ފަރާތްތަކުން ބުނެފައިވެއެވެ.

އިސްރާއީލްގެ ބޮޑުވަޒީރު ތަންޔާހޫ މުޒާހަރާކުރާ މީހުންނަށް ދު ފާޑުކިޔައި ބުނެފައިވަނީ އެމީހުންގެ ޢަމަލުތަކުން ހަމާސް އަށް ހިތްވަރު ލިބޭކަމަށެވެ.

 

 

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''ގްރޭޓަރ އިސްރާއީލް'' ޕްލޭނަށް މިސްރުން ދެެކޮޅު ހަދައިފިދުނިޔެ | ދުވަހެއް ކުރިންޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އިސްރާއީލުގައި އެތައް ހާސް ބަޔަކު މުޒާހަރާކޮށްފިދުނިޔެ | 2 ދުވަސް ކުރިންޣައްޒާގެ ހާލަތު ދުނިޔެއަށް ފޯރުކޮށްދޭ އިސް ނޫސްވެރިންތަކެއް ޝަހީދުކޮށްލައިފިދުނިޔެ | 9 ދުވަސް ކުރިންޣައްޒާގެ ހާލަތު ނިމުމަކަށް ގެނައުމަށް އިތުރު ފިޔަވަޅުތައް އަޅަން ދިވެހިރާއްޖެއިން ގޮވާލައިފިޚަބަރު | 20 ދުވަސް ކުރިން