logo
ޚަބަރު

ސަރުކާރު ހިންގަންވީ ގޮތް ފައްޔާޒު ކިޔައިދިނުމުން ވަރަށް ހިނިއާދޭ:ޝުޖާއު

މުހައްމަދު މޫސާމުހައްމަދު މޫސާ
30 ޖުލައި 2025 - 02:01
ސަރުކާރު ހިންގަންވީ ގޮތް ފައްޔާޒު ކިޔައިދިނުމުން ވަރަށް ހިނިއާދޭ:ޝުޖާއު

ސަރުކާރު ހިންގަންވީ ގޮތް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ކިޔައިދިނުމުން ވަރަށް ހިނިއަންނަ ކަމަށް ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ "ރިބޫޓް" ގެ ނަމުގައި ކުރިއަށްގެންދާ ޕޮޑްކާސްޓެއްގައި ފައްޔާޒު އިސްމާއިލް ދައްކަވާފައިވާ ވާހަކަތަކާ ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

 ސަރުކާރުތައް ހިންގަންވީ ނިޒާމާއި ކޮރަޕްޝަން ކުޑަކުރުމަށް ގެންގުޅޭގޮތުން ފައްޔާޒު ދެއްކެވި މިވާހަކަތަކާއި ގުޅުވައި އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީއާއެކު ވެރިކަން ލިބުނު ނަމަވެސް، އެ ޕާޓީން ކުރި މައިގަނޑު ކަމަކީ ދައުލަތުގެ ދަރަނި އިތުރުކުރުން ކަމަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް "ފުނޑާލި" ކަމަށެވެ.

"ސަރުކާރު ހިންގާނެގޮތުގެ މޮޅު ގޮތް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު ކިޔާދިނީމާ އަޅުގަނޑުމެންގާތަށް ވަރަށް ހިނި އާދޭ! މަޖިލީހުގެ ސުޕަރ މެޖޯރިޓީއާއެކު ވެރިކަން ލިބުމުން ބޮޑު ކުރީ ދަރަނި. ފުނޑާލީ އެސްއޯއީ ތައް. ހިންގާލި މުޑުދާރު ވެރިކަމުގެ ސަބަބުން ޤައުމު އޮތީ ބަނގުރޫޓުގެ ތުންފަތްމަތީ! މޮޔަ ނުގޮވާ!" ޝުޖާއު ވިދާޅުވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަތޮޅުތައް އުވާލާކަށްނޫޅެން، ގެންނާނީ ރައްޔިތުން އެދޭ ހެޔޮބަދަލު: ޝުޖާއުޚަބަރު | ދުވަހެއް ކުރިންމީޑިއާ ބިލު ފާސްކުރި ނަމަވެސް އެމްޑީޕީ ވެރިކަމެއްގައި އުވާލާނެކަމަށް މިހާރު ބުންޏަސް އެ ހަދަނީ ދޮގު: ޝުޖާއުޚަބަރު | 9 ދުވަސް ކުރިންމޫނަށް ރުލެއް އަރުވާނުލާ ޔާމީން ހައްދަނީ އިތުރުފުޅުކަން ރައްޔިތުންނަށް އެނގޭ: ޝުޖާއުޚަބަރު | 23 ދުވަސް ކުރިންއެމްޑީޕީން ކުރިކަމަކީ ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލުން: ޝުޖާޢުޚަބަރު | މަހެއް ކުރިން