logo
Bank of Maldives

Bank of Maldives

ޚަބަރު

އަތޮޅުތައް އުވާލުމަކީ ކުރަންއުޅޭކަމެއްނޫން، ގެންނާނީ ރައްޔިތުން އެދޭ ހެޔޮބަދަލު: ޝުޖާއު

މުހައްމަދު މޫސާމުހައްމަދު މޫސާ
4 ސެޕްޓެމްބަރު 2025 - 16:20
އަތޮޅުތައް އުވާލާކަށްނޫޅެން، ގެންނާނީ ރައްޔިތުން އެދޭ ހެޔޮބަދަލު: ޝުޖާއު

އަތޮޅުތައް އުވާލުމަކީ ކުރަންއުޅޭކަމެއްނޫންކަމަށާއި، ގެންނާނީ ރައްޔިތުން އެދޭ ހެޔޮބަދަލުކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ޝުޖާޢު މިފަދައިން ވިދާޅުވީ، ރާއްޖޭގެ އަތޮޅުތައް އުވާލަން އުޅޭކަމަށް ދޭހަވާ މޭރަމަކުން އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އެކްސްގައި ކުރެއްވި ޕޯސްޓަކާއި ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަހީދުގެ ޕޯސްޓަށް ރައްދުދެއްވައި ޝުޖާޢު ވަނީ، އަތޮޅު އުވާލަން އުޅެނީ ކޮންބައެއްތޯ ސުވާލުކުރަށްވާފައެވެ. އަދި އަތޮޅު އުވާލުމަކީ މި ސަރުކާރުން ކުރަން އުޅޭ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.

ޝުޖާޢު ވިދާޅުވީ، ގެންނާނީ ރައްޔިތުން ތާޢީދު ކުރާނެ ހެޔޮ ބަދަލު ކަމަށެވެ. އަދި އެބަދަލަށް ހިޔާލު ދިނުމުގެ ފުރުސަތު ވަހީދުމެންނަށް ވެސް އޮންނާނެކަމަށް ވިދާޅުވިއެވެ.

‏’’އަޅުގަނޑު ދެރަވަނީ ވައްޑެ އިންނެވި މަޖިލީހަކުން ޤާނޫނަށް ބާރުދެއްވައި އެތަންފީޒު ކުރުމަށް އަޅުގަނޑު އިން ކައުންސިލަކުން މަސައްކަތް ކުރުމުން އެކަމަށް ވައްޑެމެންގެ ސަރުކާރުން ހުރަސް އެޅީމަ.އެދުވަހު ވައްޑެ އަނގައިން އެއްވެސް ބަހެއް ނުނިކުތޭ އިނގޭތޯ؟ހަމަ ނުނިކުތީއޭ އިނގޭތޯ!އެހެން ވީމާ ނިޒާމާ ބީރައްޓެހީ ކޮން ބައެއްތޯ؟މިމަޢުޟޫގައި ސިޔާސީ ވާހަކަ ނުދައްކަވަމާ ބަހީ!’’ ޝުޖާޢު ވިދާޅުވެފަވެއެވެ.

ޝުޖާއު ވަނީ މި ސަރުކާރުން (ޕީއެންސީ) އާއި މިހާރުގެ އިދިކޮޅު (އެމްޑީޕީ) ކުރި ތަޖުރިބާގެ އަލީގައި ރައްޔިތުން ބޭނުންވާ ނުވަތަ އެދޭގޮތައް ބަދަލު ގެންނައުމަށް ދެބައި މީހުން އެކުގައި މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި ކުރެވޭ އިންވެސްޓުމެންޓުތައް އިތުރުކުރުމަށް އެސްއީޒެޑް ގާނޫނަށް އިސްލާހު ހުށަހަޅުއްވައިފި ޚަބަރު | 2 ދުވަސް ކުރިންރައީސް މުއިއްޒު ވެރިކަމާ ހަވާލުވިއިރު، ތެލެސީމިއާ ސެންޓަރުގައި ވެރިއެއް ވެސް ނެތް: ސުޖާއުޚަބަރު | 3 ދުވަސް ކުރިންރައީސް މުޢިއްޒަކީ އޯގާތެރި ވެރިއެއް، ޔާމީނުނަމަ މޫނު ކުނިކުރާނެ، އިބޫ ނަމަ މުޅިތަން ބަންދުކުރާނެ: ޝުޖާޢުޚަބަރު | މަހެއް ކުރިންޝިއާރުތައް ހިމެނޭ ބެނާތައް ދެމުން އެންމެ އައުލާކަން ބޮޑީ އެމްޑީޕީ ހަރުގެ ކުރިމަތީގަ: ޝުޖާޢުޚަބަރު | މަހެއް ކުރިން