logo
MPL

MPL

ޚަބަރު

އެމްޑީޕީ ވެރިކަމުގައި ފެނަކަ އޮޑިޓްނުކުރާތާ ހަތަރު އަހަރު ވެފައިވޭ: ޝުޖާއު

އަޙުމަދު ރިޝާން
8 ޖުލައި 2026 - 07:46
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވާހަކަ ދައްކަވަނީ. -ފޮޓޯ/މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވާހަކަ ދައްކަވަނީ. -ފޮޓޯ/މަޖިލިސް

 އެމްޑީޕީ ވެރިކަމުގައި ފެނަކަ އޮޑިޓްނުކުރާތާ ހަތަރު އަހަރު ވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިމޭރުމުން ވާހަކަ ދައްކަވާފައި ވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ. ޝުޖާއު ވިދާޅުވީ މިސަރުކާރުން ކުންފުނިތައް ބަރާބަރަށް އޮޑިޓް ކުރަމުން ގެންދާ ކަމަށެވެ. ނަމަވެސް އެމްޑީޕީ ސަރުކާރުގައި ކުންފުނިތައް އޮޑިޓްނުރާ ކަމަށް ވިދާޅުވެ، ޝުޖާއު ވިދާޅުވީ ކޮންމެ ތަނެއްގައި ކެމެރާ ސިސްޓަމް ހަރުކޮށްފައި ހުންނައިރު އާރުޑީސީގެ ސިސްޓަމް ވަގަން ނެގުމުގެ ސަބަބުން އޮޑިޓް ނުކެރެވިފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްޑީޕީ ސަރުކާރުގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އާއި ކުންފުނިތަކާއި ޗެނެލް ދިމާނުވާ ކަމަށާއި އެ ބޯޑާއި ގުޅުން ކުޑަވުމުގެ ސަބަބުން ކުންފުނިތައް ބަނގުރޫޓް ވެފައިވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ ޕީސީބީއާ ކުންފުނިތަކާ ގުޅުމެއް ނެތް ނަމަށް ޕީސީބީ އެއް އޮތުމުގެ ބޭނުމެއް ނެތް ކަމަށެވެ. ޝުޖާއު ވިދާޅުވީ މިސަރުކާރުން ކުންފުނިތައް ހިންގަނީ ވަރަށް ބޮޑަށް މޮނީޓަރކޮށްގެން ކަމަށެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްމާލޭ މުޅި މަޝްރޫއުއާ ދެކޮޅުވުމަކީ ސިޔާސީވުން، ކަންބޮޑުވުން ހުރިނަމަ މަޝްވަރާކުރެވިދާނެ: ޝުޖާއުޚަބަރު | 3 ދުވަސް ކުރިންރައީސް މުއިއްޒަކީ ގައުމުގެ ހަރުމުދާ ވިއްކަވާނެ ވެރިއެއް ނޫން: ޝުޖާއުޚަބަރު | 18 ދުވަސް ކުރިންއެމްޑީޕީން އުޅެންވީ މުންޑުގެ ބަދަލުގައި ގޯނި އަނދެގެން: ޝުޖާޢުޚަބަރު | މަހެއް ކުރިންޔާމީންގެ ވާހަކަފުޅުތަކަށް އެމްޑީޕީ އާއި ޖަމީލުމެން ވެސް ޖޯކު ޖަހާ: ޝުޖާއުޚަބަރު | މަހެއް ކުރިން