logo
Bank of Maldives

Bank of Maldives

ޚަބަރު

ލާމަރުކަޒީ ނިޒާމުގެ ވާހަކަ ދައްކަން އެމްޑީޕީ ބޭފުޅުން ލަދު ގަންނަން ޖެހޭނެ: މެމްބަރު ޝުޖާއު

އައިޝަތު ނަޝާ
22 ޖުލައި 2026 - 11:42
 ލާމަރުކަޒީ ނިޒާމުގެ ވާހަކަ ދައްކަން އެމްޑީޕީ ބޭފުޅުން ލަދު ގަންނަން ޖެހޭނެ: މެމްބަރު ޝުޖާއު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ލާމަރުކަޒީ ނިޒާމުގެ ބާރުވެރިކަން ކަށަވަރު ކުރެއްވުމަށް ކުރެއްވި އަދި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅާ ގާތަށްވެސް ކުރީގެ ސަރުކާރުތަކަށް މަސައްކަތް ކުރެވިފައި ނުވާ ކަމަށާއި، އަދި ލާމަރުކަޒީ ނިޒާމުގެ ވާހަކަ ދައްކަން އިދިކޮޅު ފަރާތްތަކުން ލަދު ގަންނަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާލުވެއްޖެއެެވެ.

ޝުޖާއު މިފަދައިން ފާޑުވިދާޅުވީ، އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ ފަރާތުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލް.ޖޭ.އޭ) އާ ބައްދަލުކުރަން ނިންމާފައިވާ ކަމަށް ބުނެ ކުރީގެ މެންބަރު އަލީ ނިޔާޒު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓަކާ ގުޅިގެންނެވެ. އަލީ ނިޔާޒު ވިދާޅުވެފައިވަނީ އެމްޑީޕީގެ ގިނަ ކަންބޮޑުވުންތަކަކާއެކު އެލްޖޭއޭ އާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، އުއްމީދަކީ ކައުންސިލްތައް ހިންގުމަށް ޖާގަ ދިނުން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

View post on Twitter

 

ލާމަރުކަޒީ ނިޒާމާ ގުޅޭގޮތުން ނިޔާޒު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ޝުޖާއު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 19 ވަނަ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރަކަށް އަލީ ނިޔާޒު ހުންނެވިއިރު، މުޅި ނިޒާމު ފުޑާލައި ޤާނޫނުން ދީފައިވާ ބާރުތައް "ބޭބޭފުޅުގެ މުށުތެރެއަށް" ލައްވައިގެން ވެރިކަން ހިންގަމުން ދިޔަ ހިނދު އެވާހަކަ ދެއްކުމުންވެސް ހުންނެވީ ހަނު ކަމަށެވެ.

އަދި ރާއްޖޭގައި ލާމަރުކަޒީ ނިޒާމު ބާރުވެރިކޮށް، ލާމަރުކަޒީ އުސޫލުން ގައުމު ހިންގަމުންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށް ވެސް މެމްބަރު ސުޖާއު ފާހަގަކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީން އުޅެންވީ މުންޑުގެ ބަދަލުގައި ގޯނި އަނދެގެން: ޝުޖާޢުޚަބަރު | 4 ދުވަސް ކުރިންޔާމީންގެ ވާހަކަފުޅުތަކަށް އެމްޑީޕީ އާއި ޖަމީލުމެން ވެސް ޖޯކު ޖަހާ: ޝުޖާއުޚަބަރު | 10 ދުވަސް ކުރިންޑޮލަރުގެ އަގު ތިރިވަނީ ރައީސް މުއިއްޒުގެ ހަރުދަނާ ސިޔާސަތުން: ޝުޖާއުޚަބަރު | 16 ދުވަސް ކުރިންރައީސް މުޢިއްޒަކީ ބޭރުފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކަށް އިޚްތިރާމް ކުރައްވާ ލީޑަރެއް: ޝުޖާޢުޚަބަރު | 18 ދުވަސް ކުރިން