logo
MPL

MPL

ޚަބަރު

ޑޮލަރުގެ އަގު ތިރިވަނީ ރައީސް މުއިއްޒުގެ ހަރުދަނާ ސިޔާސަތުން: ޝުޖާއު

މުހައްމަދު މޫސާމުހައްމަދު މޫސާ
5 ސެޕްޓެމްބަރު 2026 - 18:38
ޑޮލަރުގެ އަގު ތިރިވަނީ ރައީސް މުއިއްޒުގެ ހަރުދަނާ ސިޔާސަތުން: ޝުޖާއު

ގައުމަށް ދިމާވެފައިހުރި ބޮޑެތި މައްސަލަތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހައްލުކުރައްވަމުން ގެންދަވަނީ ކެތްތެރިކަމާއި ސާބިތުކަމާއެކުގައި ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން 23 ރުފިޔާއަށް ލިބެމުން އައި ޑޮލަރުގެ އަގު މިހާރު ތިރިވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ އެއް ނައިބުރައީސްކަން ވެސް ކުރަށްވާ ޝުޖާއު މިހެން ވިދާޅުވީ ކޮންގްރެސް ޕާޓީން ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝުޖާއު ވިދާޅުވީ، ޑޮލަރުގެ އަގު ދަށަށް ދަނީ ކެތްތެރިކަމާއެކު ގާނޫނުތަކަށް ބަދަލު ގެނެސް ރައީސް މުއިއްޒު ތަންފީޒު ކުރައްވަމުން ގެންދަވާ ހަރުދަނާ ސިޔާސަތުގެ ސަބަބުން ކަމަށެވެ. އަދި ރައީސް ޑރ. މުއިއްޒު ގެންދަވަނީ ގަސްދުގައި ރޭވިގެން ފުނޑާލާފައި އޮތް އިގްތިސާދެއް ނަގައި ކޮޅަށް ޖައްސަވަމުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

"މިއަދު އަޅުގަނޑުމެން މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް، މަސްވެރިންނާއި ދަނޑުވެރިންނާއި އިގްތިސާދުގައި ހަރަކާތްތެރިވާ ހުރިހާ އެންމެންނަށް ހަމަޖެހިގެން އުޅެވޭނެ ދިރިއުޅުމެއް ގާއިމުކޮށްދެވިއްޖެ، މާލޭގެ މަގުތަކާއި އަތޮޅުތެރޭގެ މަގުތައް އަމާންކުރެވިއްޖެ، ރާއްޖޭގައި އޮތް ބިދޭސީންގެ ވަގު ވިޔަފާރީގެ މައްސަލަ ހައްލުކުރެވިއްޖެ،" މީގެއިތުރުން ޝުޖާއު ވިދާޅުވިއެވެ.

މިއަދު ރާއްޖޭގައި ހަތަރެސްފައިގެ ނިޝާން ނެތް އެއްވެސް ބިދޭސީއަކު ނޫޅޭނެ ކަމަށާއި، މިފަދަ މައްސަލަތައް ހައްލުކުރައްވަމުން ގެންދަވާއިރު ރައްޔިތުން ރައީސަށް އެއްބާރުލުން ދޭންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޕީއެންސީއަށް ފާޑުކިޔަމުން އަންނަނީ ފާޑު ނުކިޔަންޖެހޭ މީހުން ކަމަށް ފާހަގަކުރައްވައި ޝުޖާއު ވިދާޅުވީ، ފުންކޮށް ގައުމާ ދޭތެރޭ ވިސްނައި ކުރިއަށް އޮތް ޕާޓީގެ މަތީ މަޖިލީހުގައި ޕާޓީގެ އޮނިގަނޑު ރަނގަޅަށް އަތުރަންވާނެ ކަމަށެވެ.

ވާހަކަ ނިންމަވާލައްވަމުން ޝުޖާއު ވިދާޅުވީ ޕީއެންސީން މި ގައުމުގައި ކޮށްދޭނީ ރައްޔިތުން އިސްކުރާ ރައްޔިތުންގެ ވެރިކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ކަށަވަރުކޮށްދިނުމަށް ޕާޓީގެ ހުރިހާ މެމްބަރުން އަތާއަތް ގުޅާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީރާގެ ޑެޕިއުޓީ ކޮމިޝަނަރަކު އައްޔަން ކުރުމަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވައިފިޚަބަރު | ދުވަހެއް ކުރިންމެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ނިޔާވި ދިވެހި ދަރިވަރުގެ ޢާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެޚަބަރު | ދުވަހެއް ކުރިންޒުވާން ޖީލަށް މަގު ދެއްކުމުގައި މުދައްރިސުން އަދާކުރަނީ މުހިންމު ދައުރެއް: ރައީސްޚަބަރު | ދުވަހެއް ކުރިންއެޗްއާރްސީއެމްގެ މެންބަރުކަމަށް ޝަމްޢޫން ޙަމީދު ޢައްޔަންކުރައްވައިފިޚަބަރު | 2 ދުވަސް ކުރިން