logo
MPL

MPL

ޚަބަރު

ރައީސް މުޢިއްޒަކީ ބޭރުފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކަށް އިޚްތިރާމް ކުރައްވާ ލީޑަރެއް: ޝުޖާޢު

މުހައްމަދު މޫސާމުހައްމަދު މޫސާ
3 ސެޕްޓެމްބަރު 2026 - 14:20
ރައީސް މުޢިއްޒަކީ ބޭރުފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކަށް އިޚްތިރާމް ކުރައްވާ ލީޑަރެއް: ޝުޖާޢު

 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ބޭރުފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކަށް އިޚްތިރާމް ކުރައްވާ ލީޑަރެއް ކަމަށާއި، އެއްވެސް ސަރުކާރަކަށް ހައްލު ހޯއްދަވަން ކެރިވަޑައިނުގަތް ޑޮލަރުގެ މައްސަލައަށް އެމަނިކުފާނު ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއަރ ޑެޕިއުޓީ ލީޑަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝުޖާޢު މިފަދައިން ވިދާޅުވީ މީސްމީޑިއާ މަންސަ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޝުޖާޢު ވިދާޅުވީ ކަޅުބާޒާރު އުފައްދައިގެން ޑޮލަރު ވިއްކަން އެންމެ ބޮޑު ހިތްވަރެއް ދެނީ ޤައުމު ދެކެ ލޯބިނުވާ ސިޔާސީ ވެރިން ކަމަށެވެ. އަދި ދިވެހި ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންނަށް މިކަމުގައި ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހެނީ އެފަދަ ފަރާތްތަކުގެ އަމަލުތަކުގެ ސަބަބުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކަޅުބާޒާރުގައި ހުރި ޑޮލަރުގެ އަގު މިއަދު ހުރީ އިއްޔެ ހުރި އަގުގައި ނޫންކަން ފާހަގަކުރައްވަމުން ޝުޖާޢު ވިދާޅުވީ، މީގެ ކުރިން އެއްވެސް ސަރުކާރަކަށް ހައްލު ހޯއްދަވަން ކެރިވަޑައިނުގަތް މި މައްސަލައަށް ރައީސް ޑރ. މުޢިއްޒު ހައްލު ހޯއްދަވައިދެއްވާނެ ކަމަށެވެ.

މީގެއިތުރުން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި ރައީސް މުޙައްމަދު ނަޝީދަށް ވެސް މިކަން ވާގޮތް ރައީސް މުޢިއްޒު ސާފުކޮށްދެއްވާނީ އަމަލީ ގޮތުން ކުރައްވާ އިޚްލާޞްތެރި މަސައްކަތްޕުޅުން ކަމަށް ޝުޖާޢު ވިދާޅުވިއެވެ. އަދި ކަޅުބާޒާރުގައި ޑޮލަރު ވިއްކުމަށް ހިތްވަރުދޭ އިދިކޮޅު ސިޔާސީ ފަރާތްތަކަށް އިޝާރާތް ކުރައްވަމުން، މި މަސައްކަތުގެ ނަތީޖާއާއެކު ދިވެހި ރައްޔިތުންނަށް އުފާވެރިކަން ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަނޑުގެ މައްސަލަ ބަލާ ކޮމިޝަނަށް ބަދަލުތަކެއްޚަބަރު | 4 ގަޑިއިރު ކުރިންކޮޕް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ތުރުކީއަށް ފުރާވަޑައިގެންފިޚަބަރު | 4 ގަޑިއިރު ކުރިންޕާކިސްތާނުގެ އެހީއެކު ގުޅީފަޅުގައި ކްރިކެޓް ސްޓޭޑިއަމް އެއް އަޅަނީޚަބަރު | 19 ގަޑިއިރު ކުރިންސިޔާސީ ބޭނުމުގައި އެއްވެސް ސިޔާސީ މީހަކު ހައްޔަރެއް ނުކުރާނެ: ރައީސްޚަބަރު | 19 ގަޑިއިރު ކުރިން