logo
Bank of Maldives

Bank of Maldives

ޚަބަރު

ލާމަރުކަޒީ ނިޒާމު ބާރުވެރިކުރުމަށް ރައީސް މުޢިއްްޒުގެ ސަރުކާރުން ކުރިވަރާގައި ގާތަށް ވެސް އެމްޑީޕީން މަސައްކަތެއްނުކުރޭ: ޝުޖާޢު

މުހައްމަދު މޫސާމުހައްމަދު މޫސާ
22 ޖުލައި 2026 - 14:51
ލާމަރުކަޒީ ނިޒާމު ބާރުވެރިކުރުމަށް ރައީސް މުޢިއްްޒުގެ ސަރުކާރުން ކުރިވަރާގައި ގާތަށް ވެސް އެމްޑީޕީން މަސައްކަތެއްނުކުރޭ: ޝުޖާޢު

 

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމުގެ ބާރުވެރިކަން ކަށަވަރު ކުރެއްވުމަށް ކުރެއްވި އަދި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅާ ގާތަށްވެސް އެމްޑީޕީގެ ވެރިކަންތަކުގައި މަސައްކަތް ކުރެވިފައި ނުވާކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝުޖާއު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ. އަލީ ނިޔާޒްގެ ޕޯސްޓުގައި ވަނީ އެމްޑީޕީގެ ގިނަ ކަންބޮޑުވުންތަކަކާއެކު ލާމަރުކަޒީ ކޮމިޓީގެ މެންބަރުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އާ ބައްދަލުކުރަށްވާނެކަމަށް ވިދާޅުވެފައެވެ.

އަލީ ނިޔާޒަށް ރައްދު ދެއްވަމުން ޝުޖާއު ވިދާޅުވީ، ނިޔާޒަކީ 19 ވަނަ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރުގެ ގޮތުގައި ހުންނެވި ބޭފުޅާ ކަމަށާއި، ނަމަވެސް އެމްޑީޕީގެ ސަރުކާރުގައި މުޅި ނިޒާމު ފުޑާލާ، ޤާނޫނުން ދީފައިވާ ބާރުތައް މުށުތެރެއަށް ލައިގެން ވެރިކަން ހިންގަމުން ދިޔައިރު އެކަމާ ދެކޮޅަށް އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާ ކަމަށެވެ.

"ރައީސް ޑރ. މުޢިއްޒު މިނިޒާމުގެ ބާރުވެރިކަން ކަށަވަރު ކުރެއްވުމަށް ކުރެއްވި އަދި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅާ ގާތަށްވެސް ތިބޭފުޅުންގެ ވެރިކަން ތަކުގައި މަސައްކަތް ކުރެވިފައި ނުވޭ!"ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، ކުރީގެ ސަރުކާރުން ލާމަރުކަޒީ ނިޒާމުގެ ބާރުތައް ހިފަހައްޓާފައި އޮތް އިރު، އެ ވާހަކަތައް ކަންފަތްޕުޅާ ހަމައަށް ގެންދިއުމުންވެސް ނިޔާޒު ހުންނެވީ ހަނު ކަމަށެވެ. އެހެންކަމުން މިހާރު ނުކުމެ ލާމަރުކަޒީ ނިޒާމުގެ ވާހަކަ ދެއްކުމަކީ ލަދުވެތި ކަމެއްގެ ގޮތުގައި ޝުޖާއު ސިފަކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީން އުޅެންވީ މުންޑުގެ ބަދަލުގައި ގޯނި އަނދެގެން: ޝުޖާޢުޚަބަރު | 4 ދުވަސް ކުރިންޔާމީންގެ ވާހަކަފުޅުތަކަށް އެމްޑީޕީ އާއި ޖަމީލުމެން ވެސް ޖޯކު ޖަހާ: ޝުޖާއުޚަބަރު | 10 ދުވަސް ކުރިންޑޮލަރުގެ އަގު ތިރިވަނީ ރައީސް މުއިއްޒުގެ ހަރުދަނާ ސިޔާސަތުން: ޝުޖާއުޚަބަރު | 16 ދުވަސް ކުރިންރައީސް މުޢިއްޒަކީ ބޭރުފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކަށް އިޚްތިރާމް ކުރައްވާ ލީޑަރެއް: ޝުޖާޢުޚަބަރު | 18 ދުވަސް ކުރިން