logo
MPL

MPL

ޚަބަރު

އަމިއްލަ އެދުން އިސްކުރާ ލީޑަރުންނާއި، އުޞޫލުތަކުގައި ސާބިތުވެ ތިބޭ އިޚްލާޞްތެރި ލީޑަރުން ރައްޔިތުންނަށް މިހާރު ވަކިކުރަން އެނގޭނެ: ޝުޖާޢު

މުހައްމަދު މޫސާމުހައްމަދު މޫސާ
22 އޯގަސްޓު 2026 - 19:49
އަމިއްލަ އެދުން އިސްކުރާ ލީޑަރުންނާއި ސާބިތުވެތިބޭ އިޚްލާޞްތެރި ލީޑަރުން ރައްޔިތުންނަށް މިހާރު ވަކިކުރަން އެނގޭނެ: ޝުޖާޢު

އަމިއްލަ އެދުން އިސްކުރާ ލީޑަރުންނާއި، އުޞޫލުތަކުގައި ސާބިތުވެ ތިބޭ އިޚްލާޞްތެރި ލީޑަރުން މިހާރު ރައްޔިތުންނަށް ވަކިކުރަން އެނގޭނެކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާޢު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، އެމްޑީޕީގެ މާލެ، އައްޑޫ އަދި ތިނަދޫ ސިޓީގެ މޭޔަރުންނާއެކު ރައީސް ޔާމީން ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކުރައްވަމުން ޝުޖާޢު ވިދާޅުވީ، ބިނާކުރަނިވި ފިކުރުގެ ލީޑަރަކަށް ވުމުގެ ޚާއްޞަ ޝަރުތަކީ އެމްޑީޕީގެ ލީޑަރުންނާއެކު ސިޔާސީ އެއްދާން ނުކުރުން ކަމަށާއި، މި ވާހަކަ އެންމެ އަޑުހަރުކޮށް އިއްވެވީ ރައީސް ޔާމީން ކަމަށެވެ. އަދި ރައީސް މައުމޫނާއި ޕާޓީގެ ސަޕޯޓަރުން ދުރުކުރުމަށް ރައީސް ޔާމީން އެންމެ ބޮޑަށް ބޭނުންކުރެއްވި ހަތިޔާރަކީވެސް ރައީސް މައުމޫން އެމްޑީޕީގެ ލީޑަރުންނާއެކު ސިޔާސީ މަސައްކަތް ކުރެއްވި ކަމުގެ ވާހަކަ ކަމަށް ޝުޖާޢު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝުޖާޢު އިތުރަށް ވިދާޅުވީ، ރައީސް ޔާމީން ޖަލުގައި އޮންނެވި ދުވަސްވަރުވެސް އަދި މިހާރުވެސް އެ ބޭފުޅުން އެމްޑީޕީގެ ލީޑަރުންނާއެކު ސިޔާސީ ގޮތުން ގުޅިވަޑައިގެންފައި ނުވާނެ ކަމަށެވެ. ނަމަވެސް، މިއަދު ފެންނަނީ އެ ވާހަކަތައް ހަރުއަޑުން ދެއްކެވި ރައީސް، މުންޑެއް އަޅުއްވައިގެން އެމްޑީޕީގެ އިސް ލީޑަރުންނާއެކު ހިނިވަރުނަކުރައްވާ މަންޒަރު ކަމަށް ޝުޖާޢު ވިދާޅުވިއެވެ.

 

View post on Twitter

 

މީގެއިތުރުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު އެމްޑީޕީ ސަރުކާރުގެ ރަސްމީ ހަފްލާތަކަށް ދަޢުވަތު އެރުވި ނަމަވެސް، އޭރުގެ ޕާޓީގެ ލީޑަރަށް ދެމުންދިޔަ ސިޔާސީ އަނިޔާއާއި ތަފާތުކުރުންތަކާ ދެކޮޅަށް އެމަނިކުފާނު ސާބިތުވެ ހުންނެވި ކަމަށް ޝުޖާޢު ފާހަގަކުރެއްވިއެވެ. އަދި ފަސޭހަ ގޮތް އޮތް ނަމަވެސް ރައީސް މުޢިއްޒު އިސްކުރެއްވީ ޤަބޫލުކުރެއްވި އުޞޫލުތައް ނެގެހެއްޓުން ކަމަށްވެސް ވިދާޅުވިއެވެ.

ޝުޖާޢުގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ، އެ ބޭފުޅުން ތިއްބެވީ ރައީސް މުޢިއްޒާއެކު އޭރުވެސް އަދި މިއަދުވެސް ޤަބޫލުކުރާ އުޞޫލުތަކުގައި ސާބިތުވެގެން ކަމަށާއި، މިހާރު ރައްޔިތުންނަށް އަމިއްލަ އެދުން އިސްކުރާ ލީޑަރުންނާއި އިޚްލާޞްތެރިކަމާއެކު އުޞޫލުތަކުގައި ދެމިތިބޭ ލީޑަރުން ވަރަށް ސާފުކޮށް އެނގޭނެ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްމާލެ މަޝްރޫއުން ބޯހިޔާވަހިކަން ގެއްލޭ ކަމަށް ދައްކާ ވާހަކައަކީ ބުހުތާނު ދޮގެއް: ޝުޖާއުޚަބަރު | 7 ދުވަސް ކުރިންރަސްމާލޭ މުޅި މަޝްރޫއުއާ ދެކޮޅުވުމަކީ ސިޔާސީވުން، ކަންބޮޑުވުން ހުރިނަމަ މަޝްވަރާކުރެވިދާނެ: ޝުޖާއުޚަބަރު | 12 ދުވަސް ކުރިންޔާމީން މަސައްކަތް ކުރައްވަނީ ރައީސް މުޢިއްޒަށް އޮތް ހަސަދަވެރިކަމެއްގެ ސަބަބުން ތަރައްޤީ ހުއްޓުވަން: ފަލާޙްޚަބަރު | މަހެއް ކުރިންރައީސް މުއިއްޒަކީ ގައުމުގެ ހަރުމުދާ ވިއްކަވާނެ ވެރިއެއް ނޫން: ޝުޖާއުޚަބަރު | މަހެއް ކުރިން