logo
MPL

MPL

ޚަބަރު

ޝުޖާޢު، ހުސައިން ވަހީދަށް: ރައީސަކަށް ޚިޔާނާތްތެރިވި މީހަކު ދައްކާ ވާހަކަ ގަބޫލުކުރާނެ ދިވެއްސަކު ނެތް

މުހައްމަދު މޫސާމުހައްމަދު މޫސާ
28 ޖޫން 2026 - 16:53
ޝުޖާޢު، ހުސައިން ވަހީދަށް: ރައީސަކަށް ޚިޔާނާތްތެރިވި މީހަކު ދައްކާ ވާހަކަ ގަބޫލުކުރާނެ ދިވެއްސަކު ނެތް

ރައީސުލްޖުމްހޫރިއްޔާ އަކު ޔުނީފޯމު އެޅި މުއައްސަސާއެއްގެ ވެރިއަކަށް އައްޔަން ކުރުމުން އެ ރައީސަކަށް ޚިޔާނާތްތެރިވި މީހަކު ދައްކާ ވާހަކަ ގަބޫލުކުރާނެ ދިވެއްސަކު ނެތް ކަމަށް ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ޝުޖާޢު މިހެން ވިދާޅުވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު ފުރުއްވި ޙުސައިން ވަހީދު، ޕީއެންއެފްގެ ޖަލްސާއެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝުޖާޢު ސިފަކުރެއްވި ގޮތުގައި ޙުސައިން ވަހީދު ދައްކަވަނީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެކެވެ.

މިކަމާ ގުޅިގެން ޝުޖާޢު އިތުރަށް ވިދާޅުވީ، ރައީސް ޔާމީންގެ ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި ބޮން ގޮއްވާލި ހާދިސާގެ މައުލޫމާތު ޙުސައިން ވަހީދަށް އެނގިވަޑައިގަންނަވާނެ ކަމަށް ރައީސް ޔާމީން ކުރިން ވިދާޅުވެފައިވާ ކަމަށެވެ. އަދި މިއަދު އެ ރައީސާއެކު ޙުސައިން ވަހީދު ހުންނެވީ އެކަމުން ސަލާމަތްވެގެން ކަމަށްވެސް ޝުޖާޢު ފާހަގަކުރެއްވިއެވެ.

"ސަލާމަތް ވުމަށް ރައީސް ޔާމީނާއެކު ހެދީ ކޮން ޑީލެއްތޯ؟ އެއީ ރިޝްވަތު ކަމަށް ނުބުނެވޭނެތޯ؟ ހުތުރު ވާހަކަ ދެއްކީމާ ހަޑިވާނީ ތިބޭފުޅާ،" ޝުޖާޢު ވިދާޅުވިއެވެ.

ޝުޖާޢު ވަނީ ޔުނީފޯމު އެޅި މުއައްސަސާއެއްގެ އެންމެ އިސްވެރިއަކަށް ހުރެ، ތެދުވެރިކަމާއެކު މަސައްކަތް ނުކުރާ މީހަކު ދައްކާ ވާހަކައަށް ރައްޔިތުން އިތުބާރު ނުކުރާނެ ކަމަށް ވިދާޅުވެ، ޙުސައިން ވަހީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްމާލެ މަޝްރޫއުން ބޯހިޔާވަހިކަން ގެއްލޭ ކަމަށް ދައްކާ ވާހަކައަކީ ބުހުތާނު ދޮގެއް: ޝުޖާއުޚަބަރު | 8 ދުވަސް ކުރިންރަސްމާލޭ މުޅި މަޝްރޫއުއާ ދެކޮޅުވުމަކީ ސިޔާސީވުން، ކަންބޮޑުވުން ހުރިނަމަ މަޝްވަރާކުރެވިދާނެ: ޝުޖާއުޚަބަރު | 13 ދުވަސް ކުރިންރައީސް މުއިއްޒަކީ ގައުމުގެ ހަރުމުދާ ވިއްކަވާނެ ވެރިއެއް ނޫން: ޝުޖާއުޚަބަރު | މަހެއް ކުރިންއެމްޑީޕީން އުޅެންވީ މުންޑުގެ ބަދަލުގައި ގޯނި އަނދެގެން: ޝުޖާޢުޚަބަރު | މަހެއް ކުރިން