logo
MPL

MPL

ޚަބަރު

ޝުޖާޢު ޝާހިދަށް: މިސަރުކާރުން ޤާނޫނާ ޚިލާފަށް އެއްވެސް ކަމެއް ނުކުރާނެ

މުހައްމަދު މޫސާމުހައްމަދު މޫސާ
5 ޖުލައި 2026 - 19:26
ޝުޖާޢު ޝާހިދަށް: މިސަރުކާރުން ޤާނޫނާ ޚިލާފަށް އެއްވެސް ކަމެއް ނުކުރާނެ

މިސަރުކާރުން ޤާނޫނާ ޚިލާފަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ގްރޫޕްގެ ސީނިއަރ ޑެޕިއުޓީ ލީޑަރ އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާޢު މިފަދައިން ވިދާޅުވީ ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީގެ މަގާމު ގެއްލިއްޖެ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައެޅުމާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ ރައީސް ޢަބުދުﷲ ޝާހިދު، ޝުޖާއު އަލީގެ މަގާމު ގެއްލުނީ އޭނާ އަކީ އެމްޑީޕީ މެންބަރަކަށް ވީތީ އެއްވެސް އިޖުރާއަތެއް ފުރިހަމަނުކޮށް ކަމަށް ވިދާޅުވެ، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝުޖާޢު ވިދާޅުވީ، މިއީ ސިޔާސީ ޕޯސްޓެއް ކަމަށާއި، މިފަދަ ވާހަކައެއް ދެއްކެވުމުގެ ކުރިން ޤާނޫނުގައި މިކަން އޮންނަގޮތް ބައްލަވާލެއްވުން ރަނގަޅު ކަމަށެވެ.

ޝުޖާޢު އިތުރަށް ވިދާޅުވީ، ވ. ތިނަދޫ ކައުންސިލްގެ ރައީސް އެމްޑީޕީއަށް ވަޑައިގެންނެވި ތާރީޚާއި، ޑިމޮކްރެޓްސް އުވާލެއްވި ތާރީޚާއި، ކައުންސިލަރު ހުވާކުރެއްވި ތާރީޚު ރަނގަޅަށް ބައްލަވާލެއްވުން މުހިންމު ކަމަށެވެ.

 "މިކަމުގައި މަނިކުފާނުގެ ހިތްޕުޅުގައި ސުވާލެއް މިޕްރޮސެސް ހިނގާފައިވާ ގޮތާމެދު އުފެދޭ ނަމަ ކައުންސިލަރގެ ހައްޤުގައި ކަންހިނގާފައިވާ ގޮތް ސާފު ކުރުމަށް ކޯޓަށް ވަޑައިގެނެވިދާނެ،" ޝުޖާޢު ވިދާޅުވިއެވެ.

ޝުޖާޢު ވިދާޅުވީ ކަންކަން އެނގި ތިއްބަވައިގެން ހަމަ ކޮންމެ ކަމަކީ ސަރުކާރަށް ފާޑުކިޔުން ކަމަށް ހަދާނަމަ، ދުވަހަކުވެސް ސިޔާސީ ހަމަޖެހުމެއް މިޤައުމަށް ނާންނާނެ ކަމަށެވެ. އަދި މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށް އޭނާ ތަކުރާރު ކުރެއްވިއެވެ.

ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ގެނައި ބަދަލުގެ ދަށުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ކައުންސިލަށް އިންތިހާބުވުމަށް ފަހު، އެ ދައުރުގެ ތެރޭގައި އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ އެ މީހަކު ކައުންސިލަރުކަމުން ވަކިވާނެއެވެ. ޝުޖާއު އަލީ އިންތިހާބުވީ ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެމްޑީޕީއަށް ބަދަލުވެފައެވެ.

އެލްޖީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ޝުޖާއު ބަދަލުވެފައިވާތީ އޭނާ މަގާމުން ވަކިވެފައިވާ ކަމަށް އެ އޮތޯރިޓީގެ ބައްދަލުވުމަކުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ މަގާމު މިހާރު ހުސްވެފައިވާ ކަމަށް ކަނޑައަޅައި، އެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް ވެސް ވަނީ ނިންމާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަމިއްލަ އެދުން އިސްކުރާ ލީޑަރުންނާއި ސާބިތުވެތިބޭ އިޚްލާޞްތެރި ލީޑަރުން ރައްޔިތުންނަށް މިހާރު ވަކިކުރަން އެނގޭނެ: ޝުޖާޢުޚަބަރު | 2 ދުވަސް ކުރިންޕީއެންސީ ނައިބު ރައީސް ކަމަށް ނިމާލް ވާދަ ކުރައްވަނީޚަބަރު | 18 ދުވަސް ކުރިންތިން މަސްތެރޭ ދަރާނެ ކަމަށް ބުނި ގައުމު، ދަރުވާނުލާތީ، 2028 ރައީސް އަށް ދޭންޖެހޭ: އަދުރޭޚަބަރު | 18 ދުވަސް ކުރިން ފީނިފީންޏަށް މުވައްޒަފުން ވެއްދުމުގެ ސަގާފަތް ފެށީ އެމްޑީޕީން ބާރުވެރިކަން ހޯދަން: ޝުޖާއުޚަބަރު | 21 ދުވަސް ކުރިން