ޝާހިދަށް ތުހުމަތުވާ ޖިންސީ ގޯނާގެ މައްސަލަ ފުރިހަމައަށް ތަޙުޤީޤުކޮށް، އަނިޔާ ލިބުނު ފަރާތަށް އިންސާފު ލިބުމަކީ އުންމީދެއް: އަޒާން
2 ނޮވެމްބަރު 2026 - 20:32

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދަށް އަމާޒުވާ މައްސަލަ ފުރިހަމައަށް ތަޙުޤީޤުކޮށް، އަނިޔާ ލިބުނު ފަރާތަށް އިންސާފު ހޯދައިދިނުމަކީ އުންމީދެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާން ވިދާޅުވެއްޖެއެވެ.
ޝާހިދު ހައްޔަރުކުރިކަން ހާމަކޮށް ފުލުހުން ނެރުނު ބަޔާން ހިއްސާކުރައްވަމުން އަޒާން ވިދާޅުވީ، މިއީ ވަރަށް ކަންބޮޑުވާފަދަ ހިތާމަވެރި ޚަބަރެއް ކަމަށެވެ. އަދި އދ. ގެ އާންމު މަޖިލީހުގެ ކުރީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާތީ، ކަމާބެހޭ ފަރާތްތަކުން މި މައްސަލަ ފުރިހަމައަށް ތަޙުޤީޤުކޮށް، އަނިޔާ ލިބުނު ފަރާތަށް އިންސާފު ހޯދައިދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އަޒާން ވިދާޅުވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި ޝާހިދު ހައްޔަރުކޮށްފައިވަނީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިރޭ 9:59 ހާއިރު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

-01.jpg&w=3840&q=75)
