logo
ޚަބަރު

މީޑިއާ ބިލު ފާސްކުރި ނަމަވެސް އެމްޑީޕީ ވެރިކަމެއްގައި އުވާލާނެކަމަށް މިހާރު ބުންޏަސް އެ ހަދަނީ ދޮގު: ޝުޖާއު

މުހައްމަދު މޫސާމުހައްމަދު މޫސާ
28 އޯގަސްޓު 2025 - 03:00
މީޑިއާ ބިލު ފާސްކުރި ނަމަވެސް އެމްޑީޕީ ވެރިކަމެއްގައި އުވާލާނެކަމަށް މިހާރު ބުންޏަސް އެ ހަދަނީ ދޮގު: ޝުޖާއު

މީޑިއާ ރެގިއުލޭޓް ކުރުމަށް ކަމަށް ބަޔާންކޮށް ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ފާސްކުރި ނަމަވެސް، އެމްޑީޕީ ވެރިކަމެއްގައި އެބިލު އުވާލާނެކަމަށް އެޕާޓީން މިހާރު ބުންޏަސް އެކަމެއް އެހެން ނުކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިފަދައިން ވިދާޅުވެފައިވަނީ، ދެން އުފެދޭ އެމްޑީޕީގެ ވެރިކަމެއްގައި އެ ބިލު އުވާލާނެކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވުމާ ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެމްބަރު ޝުޖާއު، އޭނާގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އެމްޑީޕީން އެބިލު އުވައެއް ނުލާނެ ކަމަށާއި، އެއީ ހަމައެކަނި ދޮގެއް ކަމަށެވެ. މިފަދައިން ވިދާޅުވުމުގެ ސަބަބު ކަމަށް ޝުޖާއު ވިދާޅުވީ، 18 ވަނަ މަޖިލީހުގެ ދުވަސްވަރު، އެއިރުގެ ޕީޕީއެމްގެ މެޖޯރިޓީއާއެކު، ކޮންމެ ތަނެއްގައި އެއްވެއުޅެ ހިޔާލު ފާޅު ނުކުރެވޭނެ ގޮތަށް ޤާނޫނެއް ފާސްކުރި ކަމަށެވެ.

ޝުޖާއު ފާހަގަކުރެއްވި ގޮތުގައި، އެދުވަހު އެމްޑީޕީ އިދިކޮޅުގައި ތިބެ، އެ ޤާނޫނަކީ ޤާނޫނު އަސާސީއާ ހިލާފު ޤާނޫނެއް ކަމަށް ބުނިކަމަށެވެ. އަދި، އެޕާޓީގެ ތެރެއިން އެއިރުގެ ޕާލިމެންޓަރީ ގްރޫޕް (ޕީޖީ) ލީޑަރ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް (އިބޫ) އާއިކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ މެން ވަރަށް ހަރު އަޑުން އެބޭފުޅުންގެ ސަރުކާރެއްގައި އެ ޤާނޫނު އުވާލާނެ ކަމަށް ވިދާޅުވި ކަމަށް ވެސް ޝުޖާއު ވަނީ ހަނދާންކޮށްދެއްވާފައެވެ.

"ކަންދިމާކުރި ގޮތުން އެ ޤާނޫނަށް އެންމެ ބޮޑަށް ފާޑު ވިދާޅުވި ބޭފުޅާ އަށް ތިބޭފުޅުންގެ ތެރެއިން ވެރިކަން ލިބިވަޑައި ގެންނެވީ. ކިހިނެތްތޯ ކަންވީ؟ އެ ޤާނޫނު އުވައެއްވެސް ނުލެއްވި. އެ ޤާނޫނު ތިބޭފުޅުން ހިއްޕަވައިގެން ތިބެ އަޅުގަނޑުމެން ތިބޭފުޅުން ޖަވާބު ދާރީ ކުރުވަން ކުރި ހުރިހާ މުޒާހަރާތަކެއް ހުއްޓުވީ!" ޝުޖާއު ވިދާޅުވިއެވެ.

މިކަމަށް އިޝާރާތް ކުރައްވައި ޝުޖާއު ވިދާޅުވީ، މި މީޑިއާ ބިލަކީވެސް އެމްޑީޕީން ގެންނަން ބޭނުންފުޅުވާ ޤާނޫނެއް ކަމަށާއި، އެހެންކަމުން އެ ޕާޓީއަށް ދުވަހަކު ކޮޅުން ވެރިކަމަށް އާދެވުނަސް އެ ޤާނޫނު އުވައެއްވެސް ނުލާނެ ކަމަށެވެ. އަދި އެ ޤާނޫނަށް އިސްލާހެއްވެސް ނުކުރާނެ ކަމަށާއި، ހަމަ މިއީ ވަރަށް ރަނގަޅު ޤާނޫނެއްގެ ގޮތުގައި ދެކި އޮތްގޮތަށް ބާއްވާނެ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވަނީ މި ޕޯސްޓް ހުރިހާ ނޫސްވެރިންނަށް ތާރީޚަށް ޓަކައި ސޭވްކޮށްލަދެއްވުމަށް އެދިވަޑައިގެންފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީޑިއާ ބިލު ފާސްކުރި ނަމަވެސް އެމްޑީޕީ ވެރިކަމެއްގައި އުވާލާނެކަމަށް މިހާރު ބުންޏަސް އެ ހަދަނީ ދޮގު: ޝުޖާއުޚަބަރު | 6 ދުވަސް ކުރިންޕާސްޕޯޓު ހިދުމަތް ފެށުމަށް ހުރަސްއެޅީ ނަޝީދު ފަހަތަށް އެރުމުން: ޝިޔާމްޚަބަރު | 12 ދުވަސް ކުރިންޕީއެންސީގެ ލީޑާޝިޕުން މަކުނުދޫ ދާއިރާއަށް ޚަބަރު | 19 ދުވަސް ކުރިންމޫނަށް ރުލެއް އަރުވާނުލާ ޔާމީން ހައްދަނީ އިތުރުފުޅުކަން ރައްޔިތުންނަށް އެނގޭ: ޝުޖާއުޚަބަރު | 20 ދުވަސް ކުރިން