logo
MPL

MPL

ޚަބަރު

ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަން އެމްޑީޕީ އިން ދެކޮޅު ހަދަނީ ރައީސް ނިންމެވި ކަމަކަށްވާތީ: މަހްލޫފް

މުޙައްމަދު އަފްރާޙް
19 މާރިޗު 2026 - 15:58
ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަން އެމްޑީޕީ އިން ދެކޮޅު ހަދަނީ ރައީސް ނިންމެވި ކަމަކަށްވާތީ: މަހްލޫފް

ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ ގާނޫނީގޮތުން ޑިބޭޓް ކުރަންޖެހޭކަމެއް ނޫން ކަމުގައި ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީއެންސީ އިން ކުރިއަށްގެންދާ ދޮރުންދޮރަށް ހަރަކާތުގައި ވާހަކަދައްކަވަމުންނެވެ. މިއަދު ކުރިއަށް ގެންދިޔައީ މެދުހެންވޭރު ސަރަހައްދުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވި މި ހަރަކާތުގައި މަހްލޫފު ވިދާޅުވީ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ރައްޔިތުންގެ ގާތުގައި އެކިކަންކަމުގައި ފެންނަނުފެންނަ ގޮތް އެހުމުގެ ފުރުސަތު ގާނޫނު އަސާސީން ފަހިކޮށްދޭ ކަމަށެވެ.

މަހްލޫފް ވިދާޅުވީ ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ޖޭޕީ، އަދާލަތު ޕާޓީ އަދި އެމްޑީއޭ ފަދަ ޕާޓީތަކުން ވެސް މިކަން އެންޑޯސްކޮށްފައިވަނީ ދެ އިންތިހާބު އެއްދުވަހު ބޭއްވުމަށް ކަމަށެވެ. އަދި އެގޮތަށް ވިސްނުން ޕާޓީތަކުގެ ތެރެއިން އައީ ވަރަށްބޮޑު ތަޖުރިބާތަކެއްގެ އަލީގައި ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވެސް މިކަމަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައިވާކަން ފާހަގަކުރައްވާ ވިދާޅުވީ އެމަނިކުފާނު އެމްޑީޕީގައި އުޅުނުއިރު ވެސް އެޕާޓީގެ ވިސްނުމަކީ ރިޔާސީ އިންތިހާބާއި ލޯކަލް ކައުންސިލު އިންތިހާބު އަދި ރައްޔިތުންގެ މަޖިލިސް އިންތިހާބު ވެސް އެއްދުވަހެއްގައި ބޭއްވުން ކަމަށް ވިދާޅުވިއެވެ.

މަހްލޫފް އިތުރަށް ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން އެކަމަށް ތާއީދު ނުކުރަނީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވިކަމަކަށްވާތީ، އެކަމަށް ދެކޮޅު ހެދުމުގެ ގޮތުން ކަމަށެވެ. އަދި ރައްޔިތުންނަށާއި ގައުމަށް ވެސް އެންމެ ރަނގަޅު ގޮތަކީ ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުން ކަމަށް އެމްޑީޕީ އަށް ވެސް ރަނގަޅަށް އެނގޭނެ ކަމުގައި ވެސް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަނޑުގެ މައްސަލަ ބަލާ ކޮމިޝަނަށް ބަދަލުތަކެއްޚަބަރު | 11 ގަޑިއިރު ކުރިންކޮޕް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ތުރުކީއަށް ފުރާވަޑައިގެންފިޚަބަރު | 11 ގަޑިއިރު ކުރިންޕާކިސްތާނުގެ އެހީއެކު ގުޅީފަޅުގައި ކްރިކެޓް ސްޓޭޑިއަމް އެއް އަޅަނީޚަބަރު | ދުވަހެއް ކުރިންސިޔާސީ ބޭނުމުގައި އެއްވެސް ސިޔާސީ މީހަކު ހައްޔަރެއް ނުކުރާނެ: ރައީސްޚަބަރު | ދުވަހެއް ކުރިން