logo
MPL

MPL

ޚަބަރު

އެމްޑީޕީގެ ނިމިދިޔަ ވެރިކަމަކީ މިހާތަނަށް ރެކޯޑު އަދަދަކަށް ދަރަންޏަށް ފައިސާ ނެގި ވެރިކަން: މުހައްމަދު އިސްމާއިލް

މުޙައްމަދު އަފްރާޙް
19 މާރިޗު 2026 - 10:37
އެމްޑީޕީގެ ނިމިދިޔަ ވެރިކަމަކީ މިހާތަނަށް ރެކޯޑު އަދަދަކަށް ދަރަންޏަށް ފައިސާ ނެގި ވެރިކަން: މުހައްމަދު އިސްމާއިލް

އެމްޑީޕީގެ ނިމިދިޔަ ވެރިކަމަކީ މިހާތަނަށް ރެކޯޑު އަދަދަކަށް ދަރަންޏަށް ފައިސާ ނެގި ވެރިކަން ކަމުގައި ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ހދ. ނެއްލައިދޫ ކޮންގްރެސް ޕާާޓީގެ ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުހައްމަދު އިސްމާއިލް ވިދާޅުވީ އެމްޑިޕީ އަށް ފަަސް އަހަރުގެ ދެ ދައުރު ލިބިއްޖެ ކަމަށާއި ރައްޔިތުން ވިސްނަންވީ މި 10 އަހަރުގެ ތެރޭގައި ގައުމަށް ލިބުނީ ކިހާވަރެއްގެ އަނިޔާއެއްތޯ ނުވަތަ ލިބުނީ ކިހާވަރެއްގެ ކުރިއެރުމެއްތޯ ކަމަށެވެ.

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވިގޮތުގައި ސަރުކާރާއި މަޖިލީހުގައި އުޅުނު މީހެއްގެ ހައިސިއްޔަތުން އެކަަމަށް 'އާއެކޭ' އޭނާ ބުނާނެ ކަމަށެވެ. އަދި އެކަމަށް ތާއީދުކޮށް 2022 ވަނަ އަހަރު އެމްޑީޕީގެ ލީޑަރޝިޕުންވެސް ވާހަކަދެއްކި ކަމަށާއި އެހެން ނަމަވެސް މިއަދު ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން ނުވާނެކަމަށް ބުނެ ވާހަކަދައްކަނީ އަމިއްލަ މަންފާއެއް ހާސިލުކުރުމަށް ކަމަށް ވެސް ވިދާޅުވިއެވެ.

މެމްބަރ މުހައއްމަދު އިސްމާއިލް ވަނީ ހަގީގަތް ވަންހަނާވެފައި ތިބި މަދު އާއްމު ރައްޔިތުންތަކެއް އެމްޑީޕީގެ މި މަޅީގައި ޖެހެމުން އަންނާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމްޑީޕީން ފަތުރަމުން އަންނަ ވާހަކަތައް ގަބޫލުކުރުމުގެ ކުރިން އެ ޕާޓީއަށް ކަންކަން ކުރަން ލިބުނު ފުރުސަތުގައި އެ ޕާޓީން ކަންކަން ކުރީ ކިހިނެތްތޯ ރައްޔިތުން އަޅާކިޔަންޖެހޭނެކަން ވަނީ ތަކުރާރުކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެލްޖީއޭ ބޯޑު އިންތިޚާބު: ޕީއެންސީން ބޮޑު ކާމިޔާބީއެއް ހޯދައިފިޚަބަރު | 5 ދުވަސް ކުރިންނިމިދިޔަ ސަރުކާރަށް ވުރެ މި ސަރުކާރުން ކުރި މަސައްކަތް ދިހަ ގުނަ އިތުރުވާނެ: ލަތީފްޚަބަރު | 9 ދުވަސް ކުރިންޓެކްސް ނިޒާމަށް ގެންނަ އިސްލާހާ ދެކޮޅަށް އިދިކޮޅުން ދައްކަނީ އެއްވެސް ހުއްޖަތެއް ނެތް ވާހަކަތަކެއް: ނަސީރުޚަބަރު | 10 ދުވަސް ކުރިންޕީއެންސީގެ ކޮންގްރެސްއާ ޗެލެންޖުކުރަން އުޅެ އެމްޑީޕީން ހޭވީ ބޮޑު ހަޑިއެއްޚަބަރު | މަހެއް ކުރިން