logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީން ކުރިކަމަކީ ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލުން: ޝުޖާޢު

މުހައްމަދު މޫސާމުހައްމަދު މޫސާ
4 އޯގަސްޓު 2025 - 12:53
އެމްޑީޕީން ކުރިކަމަކީ ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލުން: ޝުޖާޢު

ލާމަރުކަޒީ ނިޒާމު އުފެއްދި ކަމަށް ބުނާ އެމްޑީޕީން އެ ނިޒާމުގެ ބާރު ކަނޑުވާލާފައިވާ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ޝުޖާޢު މިހެން ވިދާޅުވީ، ހޯމަ ދުވަހު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުސް ކުރަށްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝުޖާޢު ވިދާޅުވި ގޮތުގައި އެމްޑީޕީން ލާމަރުކަޒީ ނިޒާމު އުފެއްދި ކަމަށް ބުނުން ފިޔަވައި އެ ނިޒާމު ކުރިއެރުވުމަށް އެއްވެސް މަސައްކަތެއް ނުކުރެއެވެ. އޭގެ ބަދަލުގައި މާލޭ ސިޓީ ކައުންސިލަށް ކުންފުނި އުފެއްދުމުގެ ހުއްދަ ނުދިނުމާއި، ޕީޕީއެމްގެ ކައުންސިލްތަކުގެ ލޭންޑް ޔޫސް ޕްލޭންތައް ހިފެހެއްޓުން ފަދަ ކަންކަމުން އެ ނިޒާމުގެ ބާރު ކަނޑުވާލިކަމަށް ޝުޖާޢު ވިދާޅުވިއެވެ.

"މާލޭގެ ބައެއް ބިންތައް ދެއިރު ދެދަޅަ އަށް 24 ގަޑިއިރު ތެރޭގައި ސަރުކާރަށް ނަގަމުން ދިޔަ ދުވަސްވަރެއް ވެސް އަޅުގަނޑުމެން ތަޖުރިބާ ކުރިން. މިއަދު އެހެން ފެނޭތޯ؟ މިއަދު ތަންމިނަށް އެ އޮތީ ބާރުތައް ދީފައި. އެއްވެސް ބިމެއް މައި ސަރުކާރަށް ނެގި ތަން ފެނިގެން ދިޔަތޯ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން،" ޝުޖާޢު ވިދާޅުވިއެވެ.

އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު މާލޭގެ އުސްފަސްގަނޑާއި އިންޑަސްޓްރިއަލް ވިލެޖު ވެސް ކުއްލި ގޮތަކަށް ސަރުކާރުގެ ދަށަށް ބަދަލުކުރި ކަމަށް ޝުޖާޢު ފާހަގަކުރެއްވިއެވެ. އަދި ތިމަންނަމެން އުފަންކުރި ނިޒާމެކޭ ކިޔާފައި މި ނިޒާމުގެ ބާރު ކަނޑުވާލީ އެމްޑީޕީން ކަމަށް ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން މިހާރު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ކައުންސިލްތަކުގެ ބާރުވެރިކަން އިތުރުވާނެ ކަމަށް ޝުޖާޢު ވިދާޅުވިއެވެ.

މި އިސްލާހުތަކުގެ ދަށުން ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގައި މާލީ ކަންކަން ހިންގަންޖެހޭނީ ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށެވެ. އަދި ލޯކަލް އޮތޯރިޓީ ކުންފުނިތަކުން އިގްތިސާދީ ހަރަކާތްތައް ހިންގުމުގައި އަމިއްލަ ފަރާތްތަކުން ކުރަމުންދާ މަސައްކަތެއް ނުކުރުމާއި، 10 މިލިއަން ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމަންޓްތައް ނުކުރުން ފަދަ އައު ޝަރުތުތަކެއް މި އިސްލާހްގައި ވަނީ ހިމަނާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް ޑރ. މުޢިއްޒުގެ ތިންވަނަ ރިޔާސީ ބަޔާން އިއްވެވުން މާދަމާޚަބަރު | 16 ގަޑިއިރު ކުރިންމަޖިލިސް ކައިރީގައި ޕާކްކޮށްފައި ހުރި އުޅަނދުތައް ނެގުމަށް އަންގައިފިޚަބަރު | 17 ގަޑިއިރު ކުރިންރަސްމީ ދަތުރުފުޅެއްގައި މަޖިލީހުގެ ނައިބު ރައީސް ޕާކިސްތާނަށްޚަބަރު | ދުވަހެއް ކުރިންދެ އިންތިޚާބު އެއްކޮށްލުމަށް ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ހޯދަނީޚަބަރު | 6 ދުވަސް ކުރިން