logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ ދެކޮޅު ހަދަން އެމްޑީޕީން ފާސްކޮށްފި

ޒިދާން މުޙައްމަދު
20 ފެބްރުއަރީ 2026 - 04:47
އެމްޑީޕީން މީގެކުރިން ބޭއްވި ހިނގާލުމެއްގެ ތެރެއިން: ފޮޓޯ | ހަތާވީސް
އެމްޑީޕީން މީގެކުރިން ބޭއްވި ހިނގާލުމެއްގެ ތެރެއިން: ފޮޓޯ | ހަތާވީސް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތަށް ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހާ ދެކޮޅު ހެދުމަށް އިދިކޮޅު މައި ޕާޓީ - އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމައިފިއެވެ.

ބުރާސްފަތިދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގައި، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވަނީ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ގަރާރެއް ހުށަހަޅުއްވައިފައެވެ. އެ ގަރާރުގައި ފާހަގަކުރެއްވި ބައެއް ނުކުތާ ތަކަކީ:

Ad by Hajj Corporation

Ad by Hajj Corporation

  • ރައްޔިތުންނާ ގުޅުން ހުރި މި ފަދަ މުހިއްމު ކަމެއްގައި އާއްމުގެ ހިޔާލު ނުވަތަ ބަސް ހޯދަން މަޝްވަރާކުރުމަކީ މުހިއްމު ކަމަކަށް ވިއަސް، ގާނޫނުއަސާސީ ބަދަލުކުރަން މަޖިލީހަށް ހުށަހެޅުމުގެ ކުރިން އެއްވެސް ވަރަކަށް މަޝްވަރާނުކުރުން.
  • ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ބިލު ދިރާސާކުރުމާއި އެ ބިލާ މެދު މަޝްވަރާ ކުރަން އެކަށީގެންވާ ވަގުތާއި ފުރުސަތު ދިނުމުގެ ބަދަލުގައި އަވަސް އަރުވާލައިގެން ފާސްކުރަން މަސައްކަތްކޮށްފައިވާތީ ރަނގަޅު ނިޔަތެއް ނެތްކަން.
  • ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ވޯޓު ނަގަން ނިންމާފައިވަނީ ކައުންސިލް އިންތިހާބާއެކު ވިއަސް، ހިޔާލު ނެގުމުގެ ވޯޓަށް އެކަށީގެންވާ މުއްދަތެއް ނެތުން.

މިނުކުތާތައް ބަޔާންކުރައްވައި، މެމްބަރު މީކާއީލް ހުށަހެޅުއްވީ ދެ އިންތިހާބު އެއްކޮށްލުމާ މެދު ހިޔާލު ހޯދުމުގެ ވޯޓަށް އެމްޑީޕީގެ ގައުމީ މަޖިލިހުން ގޮތެއް ނިންމައިދިނުމަށެވެ.

އެ ހުށަހެޅުއްވި ގަރާރަށް އިސްލާހެއް ގެނެސް، ހިޔާލު ހޯދުމުގެ ވޯޓަށް ދެކޮޅު ހެދުމަށް ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވި 48 މެމްބަރުންގެ އިއްތިފާގުން ފާސްކުރިއެވެ.

އޭގެ އިތުރުން، މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހަައްމަދު ރާއީ ހުށަހެޅުއްވި ގަރާރު ވެސް، ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. 

ރާއީ ހުށަހެޅުއްވީ ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން މަގުމަތީގެ ހަރަކާތްތައް ފެށުމާ މެދު ޕާޓީގެ ގޮތެއް ނިންމުމަށެވެ. 

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ކުރިން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ބާއްވާ އިންތިހާބު ވެސް އަންނަ އޭޕްރީލް ހަތަރުވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އިއުލާން ކޮށްފައެވެ. 

އެ ރިފަރެންޑަމް ބާއްވަނީ މި ފަހަރުގެ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާ އެކުގައެވެ. 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަގޫދޫގައި ފުރަތަމަ ފަހަރަށް އެމްޑީޕީއަށް ބޮޑު ނާކާމިޔާބީއެއްޚަބަރު | ދުވަހެއް ކުރިންއަމީނީ މަގުގައި ދެ މިނިޓް: އެމްޑީޕީގެ ނާގާބިލުކަމުގެ ދިރިހުރި މިސާލެއް, ނޫނެކޭ ބުނަންވީ މިހެންވެރިޕޯޓް | 3 ދުވަސް ކުރިންދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަން އެމްޑީޕީ އިން ދެކޮޅު ހަދަނީ ރައީސް ނިންމެވި ކަމަކަށްވާތީ: މަހްލޫފްޚަބަރު | 18 ދުވަސް ކުރިންރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ ދެކޮޅު ހަދަން އެމްޑީޕީން ފާސްކޮށްފިޚަބަރު | 2 މަސް ކުރިން