logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

މަގޫދޫގައި ފުރަތަމަ ފަހަރަށް އެމްޑީޕީއަށް ބޮޑު ނާކާމިޔާބީއެއް

ޒިދާން މުޙައްމަދު
5 އޭޕްރީލު 2026 - 14:01
މަގޫދޫގައި ފުރަތަމަ ފަހަރަށް އެމްޑީޕީއަށް ބޮޑު ނާކާމިޔާބީއެއް

ނ. މަގޫދޫ ކައުންސިލުގެ މެޖޯރިޓީ ފުރަތަމަ ފަހަރަށް އިދިކޮޅު - އެމްޑީޕީއަށް ގެއްލިއްޖެއެވެ.

ދިވެހިރާއްޖޭގައި ފުރަތަމަ ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުން ފެށިގެން މިހާތަނަށް މަގޫދޫ ކައުންސިލުގެ މެޖޯރިޓީ ދަމަހައްޓަމުން އައީ އެމްޑީޕީއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް އެކަން ބަދަލުކޮށްލާ ހޮނިހިރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީ ވަނީ ކައުންސިލުގެ މެޖޯރިޓީ އަތުލައި ސިޔާސީ ކުލަ ބަދަލުކޮށްލާފައެވެ. މިއީ މަގޫދޫ ކައުންސިލުގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލުނު ފުރަތަމަ ފަހަރުކަން މިހާރުގެ ވަގުތީ ނަތީޖާއަށް ބަލާއިރު ކަށަވަރެވެ.

50.57 އިންސައްތައާއެކު ކައުންސިލް މެންބަރުގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ ޕީއެންސީގެ ކެންޑިޑޭޓު އަޤީލް ހުސައިންއެވެ. އަދި 52.63 އިންސައްތައާއެކު ކައުންސިލް އަންހެން މެންބަރުގެ ގޮނޑި ވަނީ ޕީއެންސީގެ މެންބަރު ފާތިމަތު މާޝާ އަބްދުﷲ ކާމިޔާބު ކުރައްވާފައެވެ.

ނަމަވެސް މި ހިނގަމުންދާ ދައުރެކޭ އެއްފަދައިން ކައުންސިލު ރައީސްގެ ގޮނޑި ކާމިޔާބު ކުރައްވާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓެވެ. އެގޮތުން އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ޚާލިދު މި ގޮނޑި ކާމިޔާބު ކުރައްވާފައި ވަނީ 51.92 އިންސައްތަ ވޯޓާ އެކުގައެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ދިވެހި ރާއްޖޭގައި ފުރަތަމަ ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުން ފެށިން މިހާތަނަށް މަގޫދޫ ކައުންސިލު ރައީސްގެ ގޮނޑި ދިފާއު ކުރަމުން އަައީ އެމްޑީޕީއިންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ހޭވައްލާ ތައްޔާރު" ޖަލްސާއަށް ރައީސް ނަޝީދު ވަޑައެއްނުގަނެ!ޚަބަރު | 15 ގަޑިއިރު ކުރިންމަގޫދޫގައި ފުރަތަމަ ފަހަރަށް އެމްޑީޕީއަށް ބޮޑު ނާކާމިޔާބީއެއްޚަބަރު | 2 ދުވަސް ކުރިންއަމީނީ މަގުގައި ދެ މިނިޓް: އެމްޑީޕީގެ ނާގާބިލުކަމުގެ ދިރިހުރި މިސާލެއް, ނޫނެކޭ ބުނަންވީ މިހެންވެރިޕޯޓް | 4 ދުވަސް ކުރިންދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަން އެމްޑީޕީ އިން ދެކޮޅު ހަދަނީ ރައީސް ނިންމެވި ކަމަކަށްވާތީ: މަހްލޫފްޚަބަރު | 19 ދުވަސް ކުރިން