logo
Bank of Maldives

Bank of Maldives

ރިޕޯޓް

އަމީނީ މަގުގައި ދެ މިނިޓް: އެމްޑީޕީގެ ނާގާބިލުކަމުގެ ދިރިހުރި މިސާލެއް, ނޫނެކޭ ބުނަންވީ މިހެންވެ

މުހައްމަދު މޫސާމުހައްމަދު މޫސާ
3 އޭޕްރީލު 2026 - 11:48
އެމްޑީޕީ ސަރުކާރުން ހެދި އަމީނީ މަގު، އެމްޑީޕީގެ ނާގާބިލުކަމުގެ ދިރިހުރި މިސާލއއް
އެމްޑީޕީ ސަރުކާރުން ހެދި އަމީނީ މަގު، އެމްޑީޕީގެ ނާގާބިލުކަމުގެ ދިރިހުރި މިސާލއއް

މާލޭގެ މަގުތަކުގެ ތަރައްގީއާއި އުމްރާނީ ކުރިއެރުމަށް ބަލާއިރު، ފެންނަން އޮތީ ދެ ފިކުރެއްގެ ދެމެދުގައި އޮތް ބޮޑު ތަފާތެކެވެ. އެއް ފަރާތުން ފެންނަނީ ރޭވުންތެރިކަމާއެކު ހަލުވި ދުވެލީގައި މަސައްކަތް ނިންމާ ގާބިލު ވެރިކަމެކެވެ. އަނެއް ފަރާތުން ފެންނަނީ ފަސް އަހަރުގެ ދައުރެއް ނިމިގެން ދިޔައިރުވެސް، އެންމެ މަގެއްގެ މަސައްކަތް ފުރިހަމައަށް ނިންމާނުލެވުނު ނާގާބިލު މަންޒަރެކެވެ.

ތަރައްގީގެ މޭސްތިރިޔާގެ ކާމިޔާބީތައް

Ad by Hajj Corporation

Ad by Hajj Corporation

ޕީޕީއެމްގެ ވެރިކަމުގައި، އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ބެއްލެވުމުގެ ދަށުން މާލެއަށް އައި ތަރައްގީއަކީ ފެންނަން އޮތް ހަގީގަތެކެވެ. އަދި އެމަނިކުފާނުގެ މޭޔަރުކަމުގައި އެތައް ކުރިއެރުމެއް މާލެ އަށް ގެނެސްދެއްވިއެވެ. މާލޭގެ ދެކުނު ފަރާތާއި އިރުމަތީ ފަރާތުގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރެއްވުމާއި، ސިނަމާލެ ބުރިޖު ފަދަ ބިޔަ މަޝްރޫއުތައް ނިންމަވާލެއްވީ އެމަނިކުފާނުގެ މޭސްތިރިކަމުގައެވެ. މީގެ އިތުރުން މާލޭގެ އެތެރޭގެ ގިނަ މަގުތަކެއްގެ ހާލަތު ރަނގަޅުކޮށް، އާންމުންނަށް ފަސޭހަވާނެ ގޮތަށް ބަދަލުކުރެއްވީ އެއްވެސް ޝައްކެއް ނެތް ގާބިލުކަމާ އެކުގައެވެ.

undefined

އެމްޑީޕީ ސަރުކާރުން ހެދި އަމީނީ މަގު، އެމްޑީޕީގެ ނާގާބިލުކަމުގެ ދިރިހުރި މިސާލއއް

 

އެމްޑީޕީގެ ނާގާބިލުކަމާއި އަމީނީ މަގު

އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަމުގައި މާލެ ސަރަހައްދަށް އެދެވޭ އެއްވެސް ބޮޑު މަސައްކަތެއް ކުރެވިފައެއް ނުވެއެވެ. ކުރެވުނު ހަމައެކަނި މަސައްކަތަކީ އަމީނީ މަގު ހެދުމެވެ. ނަމަވެސް އެ މަސައްކަތް ވެސް ނިންމާލެވުނީ ފަސް އަހަރު ދުވަހުގެ ދިގު އިންތިޒާރަކަށް ފަހު، ރިޔާސީ އިންތިޚާބުގެ ވޯޓު ބޯމަތި ވަނިކޮށެވެ. އެންމެ މަގެއް ހެދުނުއިރު ވެސް އޮތީ ހަޑިހާވާފައެވެ. ރައްޔިތުންގެ ޓެކްސްފައިސާ އިސްރާފުކޮށްފައެވެ.

މީގެ މިސާލެއް ދެކިލަން ދެ މިނިޓަށް އިސްކަންދަރު ކޮއްޓާ ހިސާބުން ފެށިގެން ދިރާގާ ހަމައަށް ދުއްވާލަމާ ހިންގަވާށެވެ. ފެންނަނީ އަޑިގުޑަންތަކާއި، ރޫޅިފައިވާ ތަންތަނުގައި އަޅާފައިވާ ޕެޗުތަކެވެ. މިއީ ރައްޔިތުންގެ ޓެކްސް ފައިސާ އިސްރާފުކޮށް، ފެންވަރު ދަށްކޮށް ކުރި މަސައްކަތެއްގެ ދިރިހުރި މިސާލެކެވެ. މަގު ހަދާފައި އޮތީ އަމާ ބުނީތީ ފަރަށް ދާ އުސޫލުންނެވެ.

IMG_8966.jpeg

އެމްޑީޕީން އަމީނީ މަގު ހަދާފައި، ފެންނަނީ ނާގާބިލުކަން

ނޫނެކޭ ބުނަންވީ ވަގުތު

މި ކުޑަ މިސާލުން ވެސް ބުނެ ދެނީ ބޮޑު ވާހަކައެކެވެ. އެމްޑީޕީގެ ކައުންސިލަރުންނަށް ނުވަތަ އެ ފިކުރަށް ވޯޓު ދިނުމަކީ މާލޭގެ ތަރައްގީއަށް އޮތް ހުރަހެއްކަމެވެ. ފަސް އަހަރުން އެންމެ މަގެއްވެސް ރަނގަޅަށް ހަދާނުލެވުނު ބަޔަކަށް މާލޭގެ މުސްތަގުބަލު ހަވާލުކުރުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. ރައްޔިތުންގެ ތަކުލީފުތަކަށް އިޖާބަ ނުދެވޭ، ނާގާބިލު ވެރިންނަށް "ނޫނެކޭ" ބުނަންވީ މިހެންވެއެވެ. ތަރައްގީ ބޭނުންވާ ނަމަ އިޚްތިޔާރު ކުރަންވީ ނަތީޖާ ދައްކާފައިވާ ގާބިލު ޓީމެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައްޔިތުންގެ ވިންދަން ފަސްޖެހުމެއްނެތް ޚިދުމަތްތަކުގެ އައު ބާބެއްރިޕޯޓް | 11 ގަޑިއިރު ކުރިންމެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، އުފެއްދި ވަޒީރުންގެ ޚާއްޞަ ކޮމެޓީއަށް ބަދަލުތަކެއް!ޚަބަރު | ދުވަހެއް ކުރިން "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" އުފައްދަވައިފިޚަބަރު | ދުވަހެއް ކުރިން "ދިވެހިރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް" އުފައްދައިފިޚަބަރު | ދުވަހެއް ކުރިން