މި ސަރުކާރަކުން ހުސް ވާހަކައެއް ނުދައްކާނެ،ކޮންމެ ކަމެއްވެސް ކުރަނީ ނަތީޖާއިން! ރައީސް
3 އޭޕްރީލު 2026 - 13:52

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުސް ވާހަކައެއް ނުދައްކާނެ ކަމަށާއި،.ކޮންމެ ކަމެއްވެސް ކުރަނީ ނަތީޖާއިން ކަމަށާއި، އަދި އެ ނަތީޖާ އޮންނާނީ މިހާރު ދައްކާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިކަން ކުރާ ޕީއެންސީން ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ނިންމުމަށް ބޭއްވި ހިނގާލުމުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ،30.68 މިލިއަން ޑޮލަރުގެ ސުކޫކް އެއްކޮށް ދައްކާފައިވާނީ، ދިވެހި މާލިއްޔާގެ އަމިއްލަ ބާރުވެރިކަމުގައި ކަމަށެވެ.

Ad by Hajj Corporation
މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ، އިއްޔެ އެ ފެނިގެންދިޔައީ ޤައުމު ދަރަނީގެ ތުންފަތް މަތީގައި އޮއްވާ އެންމެން ގުޅިގެން ކުރެވުނު އިހްލާސްތެރި ބުރަ މަސައްކަތުގެ ނަތީޖާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ،މިދިޔަ ސަރުކާރުން ނަގާފައިވާ 250 މިލިއަން ޑޮލަރުގެ ބޮންޑުގެ އިތުރުން،މާލީ ގޮތުން އެއްވެސް ފައިދާއެއް ނުވާ ޚަރަދުތަކެއް ކުރުމަށް ނަގާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކު ނަގާފައިވަނީ އެ ދެއްކޭނެ ގޮތުގެ އެއްވެސް ޕްލޭނެއް ނެތިކަމަށާއި، އެކަމާ މެދު އެބޭފުޅުންގެ އެއްވެސް ހިޔާލެއް ފިކުރެއް ނެއް ކަމަށެވެ.
މީގެ 2 އަހަރު ކުރިން ސަރުކާރާ ހަވާލުވީއިރު ބައިނަލްއަޤުވާމީ އިދާރާތަކުންވެސް ބުނަމުންދިޔައީ ރާއްޖޭގެ މާލީ ހާލަތު އޮތީ ނާޒުކު ހާލަތެއްގައިކަމަށާއި،އެހެންކަމުން ސަރުކާރުން އެންމެ ފުރަތަމަވެސް އިސްކަމެއްދިނީ އިޤްތިޞާދުގައި ހުރި މައްސަލަތައް ހައްލުކުރުމަށްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބުރާސްފަތި ދުވަހު ސުކޫކު ދައްކާ ނިންމާލީ އެއްވެސް ފައިސާއެއް ޗާޕުނުކޮށް، ޤައުމު ދަރުވާނުލާ، މުވައްޒަފުންގެ ޢިނާޔަތްތައް އުނި ނުކޮށް ރިކޯޑު މިންވަރަކަށް ރާއްޖޭގެ ރިޒާވް އިތުރުކުރަމުންކަމަށެވެ.

.jpg&w=3840&q=75)
