logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ސުކޫކް ދައްކާފައިވާނީ ޤައުމު ދަރުވާނުލާ: ރައީސް

އައިޝަތު ނަޝާ
3 އޭޕްރީލު 2026 - 13:22
 ސުކޫކް ދައްކާފައިވާނީ ޤައުމު ދަރުވާނުލާ: ރައީސް

ކުރީ ސަރުކާރުން ނަގާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކް ދައްކާފައިވާނީ، މި ޤައުމު ދަރުވާނުލާ، އަދި ރައްޔިތުންނަށް ލިބޭ އެއްވެސް އިނާޔަތެއް އުނިނުކޮށް، އެއްވެސް ފައިސާ ކޮއްޗެއް ޗާޕްނުކޮށް އަދި ރެކޯޑް އަދަދެއްގެ ޤައުމީ ރިޒާވް އެއް ހާސިލް ކުރުމަށް ފަހު ކަމަށް ރައީސުލޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

 ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީން ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ނިންމުމަށް ބޭއްވި ހިނގާލުމުގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ،މިދިޔަ ސަރުކާރުން ނަގާފައިވާ 250 މިލިއަން ޑޮލަރުގެ ބޮންޑުގެ އިތުރުން،މާލީ ގޮތުން އެއްވެސް ފައިދާއެއް ނުވާ ޚަރަދުތަކެއް ކުރުމަށް ނަގާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކު ނަގާފައިވަނީ އެ ދެއްކޭނެ ގޮތުގެ އެއްވެސް ޕްލޭނެއް ނެތިކަމަށާއި، އެކަމާ މެދު އެބޭފުޅުންގެ އެއްވެސް ހިޔާލެއް ފިކުރެއް ނެއް ކަމަށެވެ.

މީގެ 2 އަހަރު ކުރިން ސަރުކާރާ ހަވާލުވީއިރު ބައިނަލްއަޤުވާމީ އިދާރާތަކުންވެސް ބުނަމުންދިޔައީ ރާއްޖޭގެ މާލީ ހާލަތު އޮތީ ނާޒުކު ހާލަތެއްގައިކަމަށާއި،އެހެންކަމުން ސަރުކާރުން އެންމެ ފުރަތަމަވެސް އިސްކަމެއްދިނީ އިޤްތިޞާދުގައި ހުރި މައްސަލަތައް ހައްލުކުރުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބުރާސްފަތި ދުވަހު ސުކޫކު ދައްކާ ނިންމާލީ އެއްވެސް ފައިސާއެއް ޗާޕުނުކޮށް، ޤައުމު ދަރުވާނުލާ، މުވައްޒަފުންގެ ޢިނާޔަތްތައް އުނި ނުކޮށް ރިކޯޑު މިންވަރަކަށް ރާއްޖޭގެ ރިޒާވް އިތުރުކުރަމުންކަމަށެވެ.

"އަޅުގަނޑުމެން ދަރަނި ދައްކާ ނިންމާލީ ދިވެހި މާލިއްޔާގެ އަމިއްލަ ބާރުވެރިކަމުގައި. އަޅުގަނޑުމެން އަބަދުވެސް މިދައްކަނީ ކޮންވާހަކައެއްތޯ؟ އަޅުގަނޑުމެން ހުސްވާހަކައެއް ނުދައްކާނެ، އަޅުގަނޑުމެން އަންނާނީ ނަތީޖާއާއެކުގައި." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާދަމާ ނަގާ ވޯޓަކީ ޤައުމީ ވިސްނުމެއްގައި ދޭ ވޯޓަކަށް ހަދަންޖެހޭކަމަށެވެ. އަދި މާދަމާ ނަގާ ވޯޓާ ގުޅިގެން މުސްތަޤުބަލުގެ ޖީލުތަކުން ސުވާލުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި ސަރުކާރަކުން ހުސް ވާހަކައެއް ނުދައްކާނެ، ކޮންމެ ކަމެއްވެސް ކުރަނީ ނަތީޖާއިން! ރައީސް ޚަބަރު | ގަޑިއިރެއް ކުރިން ސުކޫކް ދައްކާފައިވާނީ ޤައުމު ދަރުވާނުލާ: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންއަމީނީ މަގުގައި ދެ މިނިޓް: އެމްޑީޕީގެ ނާގާބިލުކަމުގެ ދިރިހުރި މިސާލެއް, ނޫނެކޭ ބުނަންވީ މިހެންވެރިޕޯޓް | 3 ގަޑިއިރު ކުރިންމާލޭ އުސްފަސްގަނޑުގައި ތަރައްޤީކުރި ސްކޭޓް ޕާރކް އެރީނާ ރަސްމީކޮށް ހުޅުވައިފިޚަބަރު | 12 ގަޑިއިރު ކުރިން