logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

"ހޭވައްލާ ތައްޔާރު" ޖަލްސާއަށް ރައީސް ނަޝީދު ވަޑައެއްނުގަނެ!

އައިޝަތު ނަޝާ
6 އޭޕްރީލު 2026 - 16:50
"ހޭވައްލާ ތައްޔާރު" ޖަލްސާއަށް ރައީސް ނަޝީދު ވަޑައެއްނުގަނެ!

ހޮނިހިރު ދުވަހުގެ އިންތިޚާބުން އިދިކޮޅު އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިރޭ ބާއްވާ 'ހޭވައްލާ ތައްޔާރު' ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެފައި ނުވާކަން ހާމަވެއްޖެއެވެ.

އެމްޑީޕީން މިރޭ އާޓީފިޝަލް ބީޗްގައި ކުރިއަށް ގެންދާ ޖަލްސާއަކީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ސިޓީތަކުންނާއި ބައެއް ރަށްރަށުން ލިބުނު ކާމިޔާބީ ފާހަގަ ކުރަން ބާއްވާ ޖަލްސާއެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުން ލިބުނު ކާމިޔާބީއާ ގުޅިގެން އެމްޑީޕީން މިރޭ ބާއްވާ އުފާފާޅުކުރުމުގެ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅުދެއްކެވުމަށް ފުރުސަތު ނުދެއްވުމުގެ ސަބަބުން، އެ ޕާޓީގެ އެތެރެ ވަނީ ހޫނުވެފައެވެ.

މިރޭގެ ޖަލްސާގެ އެޖެންޑާ އެންމެ ފުރަތަމަ ހެދިއިރު އޮތީ ރައީސް ނަޝީދާއި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ އިތުރުން އިންތިޚާބުގައި ގޮނޑި ދިފާއުކުރެއްވި އެ ޕާޓީއަށް ނިސްބަތްވާ ފަސް މޭޔަރުން އަދި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވެސް ވާހަކަދައްކަވާ ގޮތަށެވެ.

ނަމަވެސް ކުއްލި ގޮތަކަށް އެޖެންޑާ ބަދަލުކުރިއިރު ރައީސް ޞާލިޙު އާއި ރައީސް ނަޝީދުގެ ވާހަކަފުޅުދެއްކެވުން އޮތީ އެޖެންޑާއިން ވަކިކޮށްފައިކަން ވަނީ އެނގިފައެވެ. އޭގެ ބަދަލުގައި މިހާރު އެޖެންޑާގައި އޮތީ ފަސް މޭޔަރުންނާއި، ޣަފޫރުގެ އިތުރުން ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަދައްކަވާ ގޮތަށެވެ.

އެއާއެކު، ނަޝީދަށް ވެސް ނާންގަވައި އެ ބަދަލު ގެނައުމުން ޕާޓީގެ އެތެރެ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

އެމްޑީޕީގެ އިސް އެކްޓިވިސްޓަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ މިރޭގެ ޖަލްސާގައި ނަޝީދާއި ފައްޔާޒަށް ފުރުސަތު ނުދޭތީ ޖަލްސާއަށް ދެވެން ނެތް ކަމަށެވެ. ވަކިވެގަތުމަކީ ނިކަމެތި ކަމެއް ކަމަށާއި މިއީ އެންމެން އެކުގައި ކުރި މަސައްކަތެއް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ނަޝީދަށް ވަރަށް ބޮޑަށް ތާއީދުކުރާ މީސްމީޑިއާގެ އެކްޓިވިސްޓު ލޫކަސް ޖަލީލް ބުނީ ނަޝީދަށް ވާހަކަ ދެއްކުމުގެ ފުރުސަތު ނުދޭތީ މިރޭ އެމްޑީޕީގެ ކާމިޔާބު ފާހަގަކުރަން ބާއްވާ ޖަލްސާއަށް ނުދާން ނިންމާފައިވާ ކަމަށެވެ.

އެމްޑީޕީގެ މިރޭގެ ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ހޭވައްލާ ތައްޔާރު" ޖަލްސާއަށް ރައީސް ނަޝީދު ވަޑައެއްނުގަނެ!ޚަބަރު | 2 ގަޑިއިރު ކުރިންމަގޫދޫގައި ފުރަތަމަ ފަހަރަށް އެމްޑީޕީއަށް ބޮޑު ނާކާމިޔާބީއެއްޚަބަރު | ދުވަހެއް ކުރިންއަމީނީ މަގުގައި ދެ މިނިޓް: އެމްޑީޕީގެ ނާގާބިލުކަމުގެ ދިރިހުރި މިސާލެއް, ނޫނެކޭ ބުނަންވީ މިހެންވެރިޕޯޓް | 3 ދުވަސް ކުރިންދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަން އެމްޑީޕީ އިން ދެކޮޅު ހަދަނީ ރައީސް ނިންމެވި ކަމަކަށްވާތީ: މަހްލޫފްޚަބަރު | 18 ދުވަސް ކުރިން