logo
Bank of Maldives

Bank of Maldives

ޚަބަރު

ދެ ޤައުމަށް ފައިދާ ކުރާނެ އެތައް ކަމެއް ކުރެވިދާނެ - ލަންކާ ރައީސް

އަޙްމަދު ޒަލީފް
31 ޖުލައި 2025 - 09:40
ދެ ޤައުމަށް ފައިދާ ކުރާނެ އެތައް ކަމެއް ކުރެވިދާނެ - ލަންކާ ރައީސް

ދެ ޤައުމަށް ފައިދާ ކުރާނެ އެތައް ކަމެއް ކުރެވިދާނެ ކަމަށާއި، އެގޮތުން ދިވެހިރާއްޖެއާއި ލަންކާއާ ގުޅޭ ކަނޑުގެ ސަރަހައްދުގެ މުއްސަނދިކަން ދެ ޤައުމަށް ނަފާވާނެހެން ބޭނުން ކުރުމުގެ ފުރުޞަތު އޮތް ކަމަށް ސްރީލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސެނާޔަކެ ވިދާޅުވެއްޖެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ލަންކާ މޯލްޑިވްސް ބިޒްނަސް ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސްރީލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސެނަޔަކަ ވަނީ 2022 ވަނަ އަހަރު އެ ޤައުމަށް ކުރިމަތިވި އިޤްތިޞާދީ ކާރިސާއިން އަރައިގަތުމަށް ގިނަ ފިޔަވަޅުތަކެއް އަޅައި އެކި ސިޔާސަތުތައް ތަންފީޒުކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވަނީ މި ބަދަލުތަކާއެކު ލަންކާގައި ސިޔާސީ ހަމަޖެހުން ޤާއިމުކުރެވި އިންވެސްޓަރުންނަށް ފަހި މާހައުލެއް ޤާއިމު ކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ ކަނޑުގެ ސަރަހައްދަކީ ޤުުދުރަތީ ވަސީލަތް މުއްސަންދި ސަރަހައްދެއް. އެހެންވީމަ ގުޅިގެން މަސައްކަތް ކުރެވޭނެ. ޙާއްސަކޮށް ކާބޯތަކެތީގެ ދާއިރާގެ ތެރެއިން މަހުގެ އުފެއްދުންތައް ތައްޔާރުކުރުމާއި، އެކުއަކަލްޗަރ ފަދަ ދާއިރާތަކުން. ކަނޑުގެ ވަސީލަތްތަކަށް ހަމަހަމަ ފުރުސަތުތަކެއް އޮތްއިރު، ދެމެހެއްޓެނިވިކަމަށް އިސްކަންދީގެ ދެ ޤައުމުގެ ވިޔަފާރިތައް ގުޅިގެން މަސައްކަތް ކުރެވޭނެ" ސްރީލަންކާގެ ރައީސް ވިދާޅުވިއެވެ.

ސްރީލަންކާގެ ރައީސް ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުފުޅުގެ ތެރެއިން، ސްރީލަންކާ މޯލްޑިވްސް ބިޒްނަސް ކައުންސިލުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔާފަރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު، ވަނީ ރާއްޖެއާއި ލަންކާ ދެމެދު އަހަރެއްގެ މައްޗަށް 162 މިލިޔަން ޑޮލަރުގެ ވިޔަފާރިކުރެވޭކަން ފާހަގަކުރައްވާފައެވެ. އަދި އެކަމުން ދެ ޤައުމުގެ ދެމެދު އޮތް ޒަމާންވީ ގުޅުމާއި ވިޔަފާރީގެ ބަދަހި ގުޅުން ދައްކުވައިދޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އިޤްތިޞާދީ ވަޒީރު ވަނީ ލަންކާގެ އިޤްތިޞާދީ ހާލަތު ބަދަލުކުރުމަށް ރައީސް ޑިސެނަޔަކަ އަޅުއްވާ ފިޔަވަޅުތަކަށް މަރުޙަބާ ދަންނަވާފައެވެ. އަދި މި ފިޔަވަޅުތަކާއެކު، ލަންކާއަކީ ސަރަހައްދުގައި ބަރޯސާވެވޭ ބައިވެރިއެއްކަން ސާބިތުކޮށްދީފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"މީޤާތު އީމާން ފޯވަހި" ގެ ނަމުގައި ހާއްސަ ހަރަކާތްތަކެއް ލަންކާގަޚަބަރު | 2 މަސް ކުރިންރާއްޖޭގެ، 52 ދަނޑުވެރިން ތަމްރީނު ޕްރޮގްރާމަކަށް ލަންކާ އަށް ފުރައިފިޚަބަރު | 2 މަސް ކުރިންސްރީލަންކާގައި ދިވެހި އައިޑެންޓިޓީ ކާޑު ހައްދައިދިނުމުގެ ޚިދުމަތް ފަށައިފިޚަބަރު | 4 މަސް ކުރިންލަންކާގައި އުޅޭ ދިވެހިން އެ ޤައުމުގެ ރައްޔިތުންނަށް އަސާސީ ސާމާނު ހަދިޔާކޮށްފިޚަބަރު | 4 މަސް ކުރިން