logo
Bank of Maldives

Bank of Maldives

ޚަބަރު

ލަންކާގެ ސަލާމަތަށް ނުރައްކާވާ ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކޮށްފި: ރިޕޯޓް

އާމިނަތު ޝަފާ
31 ޖުލައި 2025 - 13:30
ލަންކާގެ ސަލާމަތަށް ނުރައްކާވާ ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކޮށްފި: ރިޕޯޓް

ސްރީ ލަންކާއަށް ސަލާމަތީ ގޮތުން ނުރައްކަލެއް ކުރިމަތިވެދާނެ ބޭރު ގައުމުތަކުގެ ލިސްޓުން، ރާއްޖެ ރަސްމީކޮށް އުނިކޮށްފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ދިވެހި ސަރުކާރާއި، ސްރީލަންކާ ސަރުކާރުން ރަސްމީ ބަޔާނެއް އަދި ނެރެފައެއް ނުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލަންކާއަށް ސަލާމަތީގޮތުން ނުރައްކަލެއް ކުރިމަތިވެދާނެ ބޭރު ގައުމުތަކުގެ ލިސްޓުގައި ދިވެހިރާއްޖެ ހިމެނުނީ 2019 ވަނަ އަހަރު ލަންކާގައި ދިން ހަަމަލާތަކަށް ފަހު، އެ ގައުމުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގެ ތެރެއިންނެވެ.

މި ހަމަލާތަކުގައި 258 މީހުން މަރުވެ، ސްރީލަންކާގެ އެތެރޭގެ ސަލާމަތީ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހުނެވެ. \

2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު ދިން ހަމަލާތަކާ ގުޅުންހުރިކަމަށް ބެލެވޭ 4 ދިވެއްސެއްގެ ނަންވެސް ލަންކާ ފުލުހުން ވަނީ ހާމަކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުން މި ލިސްޓުން ރާއްޖެ އުނިކުރެވުނީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސަނަޔަކަ ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅަށް ފަހުއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލަންކާގައި އުޅޭ ދިވެހިން އެ ޤައުމުގެ ރައްޔިތުންނަށް އަސާސީ ސާމާނު ހަދިޔާކޮށްފިޚަބަރު | 3 ދުވަސް ކުރިންޓެލެތޯން މެދުވެރިކޮށް ދިވެހިންވީ ލާމަސީލު އެހީ ލަންކާއާ ހަވާލުކޮށްފިޚަބަރު | 3 ދުވަސް ކުރިންރާއްޖެއިންވީ އެހީތެރިކަން ފާހަގަކޮށް، ސްރީލަންކާގެ ރައްޔިތުން އެއްވުމެއްް ބާއްވައިފިޚަބަރު | 4 ދުވަސް ކުރިންަދިވެހި ސަރުކާރުން ދިން 50،000 ޑޮލަރު، ލަންކާގެ ސަރުކާރާ ހަވާލުކޮށްފިޚަބަރު | 7 ދުވަސް ކުރިން