logo
Bank of Maldives

Bank of Maldives

ކުޅިވަރު

ގިޔޯކެރެސް އަރުވައިގެން މާބޮޑު ތަފާތެއް ނެތް. އާރސެނަލް ހަމަ އާސެނަލް ގޮތުގައި

އަބްދުﷲ ޣާނިމް
31 ޖުލައި 2025 - 14:21
ގިޔޯކެރެސް އަރުވައިގެން މާބޮޑު ތަފާތެއް ނެތް. އާރސެނަލް ހަމަ އާރސެނަލް ގޮތުގައި

ހޮންގް ކޮންގްގެ ކައި ޓަކް ސްޓޭޑިއަމްގައި ކުޅުނު ތާރީޚީ ނޯތު ލަންޑަން ޑާބީގައި ޓޮޓެންހަމް އާސެނަލް އަތުން 0-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައެވެ. މިއީ އިނގިރޭސިވިލާތުން ބޭރުގައި މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ފަހަރެވެ.

މެޗުގެ ހަމައެކަނި ލަނޑު ޖެހީ ޕަޕެ ސާރ އެވެ. އޭނާ މި ލަނޑު ޖެހީ 40 ޔާޑު ދުރުން ޖެހި ޝޮޓަކުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓޮޓެންހަމްގެ އައު މެނޭޖަރު ތޯމަސް ފްރޭންކްގެ ދަށުން ޓީމުގެ ޑިފެންސް ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާ މި މެޗުން ފެނިގެން ދިޔައެވެ. އާސެނަލްގެ ގިނަ ހަމަލާތައް ހުއްޓުވާލުމުގައި ޓޮޓެންހަމްގެ ޑިފެންސް ވަރަށް ރަނގަޅު މަސައްކަތެއް ކުރިއެވެ.

އާސެނަލްގެ އެންމެ ރަނގަޅު ފުރުސަތު ލިބުނީ މެޗުގެ ފަހު 15 މިނެޓްގައި ކުޅެން ނިކުތް ގިއޯކެރެސް މާޓިން ޒުބިމެންޑީއަށްހޯދައިދިން ފުރުސަތެވެ. ނަމަވެސް މިފުރުސަތު ވަނީ ބޭނުންނުކުރެވި ގޮސްފައެވެ.

އާސެނަލްގެ 'މިސިން ޕީސް' ގެ ގޮތުގައި ގިނަ ބަޔަކު ޤަބޫލުކުރާ ގިޔޯކެރެސްގެ ފުރަތަމަ މެޗުގައި އާސެނަލްގެ އެންމެ ވާދަވެރި ކުލަބާއި ދެކޮޅަށް ނިކުތް ނަތީޖާއާއި ގުޅިގެން ސަޕޯޓަރުން މިހާރުތިބީ ސުވާލުމާކެއްގެ ތެރޭގައެވެ. ދަނޑުމަތީގައި ފެނިގެންދިޔައީ ފާއިތުވެދިޔަ ސީޒަނުވެސް ފެނިގެންދިޔަ ގޯލު ނުޖެހުމުގެ މައްސަލައެވެ. މާބޮޑު ތަފާތެއް ނެތެވެ.

527201617_1401170555143765_4542459181795082790_n.jpg

އާސެނަލްގެ ކޯޗުކަމާ އާޓެޓާ ހަވާލުވެގެން އިނގިރޭސި ލީގު ހޯދަން ކުރި މަސައްކަތުން ވޭތުވެދިޔަ 6 އަހަރުވެފައިވާއިރު، ކޮންމެ އަހަރެއްވެސް ނިންމާލަންޖެހެނީ ޖެހިގެން އަންނަ އަހަރަށް އުއްމީދުކޮށްގެންނެވެ. މިގޮތަށް އާރސެނަލް ލީގު ހޯދުމަށް ހުވަފެން ދެކޭތާ މިހާރު ވަނީ 20 އަހަރުވެފައެވެ. އަދި ޗެންޕިއަންސް ލީގު ހޯދުމަށް ހުވަފެން ދެކޭތާ ކުލަބަށް ވީހާ ދުވަހެއް ވީއެވެ.

ފާއިތުވެދިޔަ 6 އަހަރު 800 މިލިޔަން ޕައުންޑް އަށްވުރެ ބޮޑު އަދަދެއް އާޓެޓާ ހޭދަކޮށްފައިވާއިރު، މިމުއްދަތުގައި އެޓީމަށް ކާމިޔާބުކުރެވިފައިވަނީ ދެ ޝީލްޑާއެކު އެންމެ ތަށްޓެކެވެ. އެހެންކަމުން ގިނަބަޔަކު ޤަބޫލުކުރާގޮތުގައި އަންނަ ސީޒަނުގައި އާސެނަލް ހުސްއަތާ ސީޒަން ނިންމާލަން ޖެހިއްޖެނަމަ އާޓެޓާ ކޯޗުކަމުން ވަކިކުރާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަރުގަދަ އިންޓަމިލާން ބަލިކޮށް އާސެނަލް އިން ޔޫރަޕުގެ ހަމައެކަނި ބަލިނުވާ ޓީމުގެ ރެކޯޑް ކުރިޔަށްކުޅިވަރު | 11 ގަޑިއިރު ކުރިންޗެލްސީ ބަލިކޮށް އާސެނަލް އިނގިރޭސި ލީގުކަޕްގެ ފައިނަލުގެ ޖާގައެއް ހޯދުމާއި ގާތަށްކުޅިވަރު | 7 ދުވަސް ކުރިންއެފްއޭ ކަޕުން ޔުނައިޓެޑް ކަޓައި ސީޒަން ހުސްއަތާ ނިންމާލަނީ، ޗެލްސީ އާއި އާސެނަލް ކުރިއަށްކުޅިވަރު | 10 ދުވަސް ކުރިންހަނިގޮތަކަށް މޮޅުވެ އާސެނަލް އެއްވަނައިގައި ލީޑު ފުޅާކޮށްފިކުޅިވަރު | 17 ދުވަސް ކުރިން